Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

އެކުވެރި ޤައުމު ތަކުގެ ބައްދަލުވުމަށް ހުކުރު ދުވަހު ޒެލެންސްކީ އިނގިރޭސިވިލާތަށް

ސްލޮވޭނިއާގައި އޮތް ނޫސްވެރިންގެ ބައްވަލުވުމެއްގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ދާނީ ބައެއް ބައިވެރިން ސީދާ ހާޒިރުވެގެން ކަމަށާއި، އަނެއް ބައި މެމްބަރުން ބައިވެރި ވާނީ އޮންލައިންކޮށް ކަމަށެވެ.

ފްރާންސާއި ބްރިޓެން ގުޅިގެން އުފެއްދި ކޮލިޝަން އޮފް ދަ ވިލިންގ ގެ މައިގަނޑު މަޤްސަދަކީ ޔުކްރެއިންއަށް ދެވޭނެ އަސްކަރީ އެހީތެރިކަން ކަނޑައެޅުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2025 | އަންގާރަ 10:08
ޔުކްރެއިިންގެ ރައީސް ޒެލެންސްކީ، ފްރާންސްގެ ރައީސް މެކްރޮން އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ޔުކްރެއިިންގެ ރައީސް ޒެލެންސްކީ، ފްރާންސްގެ ރައީސް މެކްރޮން އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

ރަޝިޔާ އިން ޔުކްރެއިންގައި ހިންގަމުން އަންނަ ހަނގުރާމައާ ދެކޮޅަށް، އެކުވެރި ޤައުމު ތަކުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި އެވެ.

މިކަން ހާމަ ކުރައްވާފައި ވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެވެ. މެކްރޮން ވިދާޅުވެފައިވާ ގޮތުގައި، ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ލަންޑަންގައި އޮންނަ "ކޯލިޝަން އޮފް ދަ ވިލިން" ގެ ބައްދަލުވުމުގައި ޒެލެންސްކީ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި ބައްދަލުވުމަކީ ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަަށް ހިންގަމުން އަންނަ ހަނގުރާމައިގައި ޔުކްރެއިން އަށް ލިބޭ އެހީތެރިކަން އިތުރު ކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމަކަށް ވާނެ އެވެ. މީގެ ކުރިން ވެސް މި ކޯލިޝަންގެ ބައްދަލުވުންތައް ވަނީ ބާއްވައިފަ އެވެ.

ސްލޮވޭނިއާގައި އޮތް ނޫސްވެރިންގެ ބައްވަލުވުމެއްގައި ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ، އެ ބައްދަލުވުން ކުރިއަށް ދާނީ ބައެއް ބައިވެރިން ސީދާ ހާޒިރުވެގެން ކަމަށާއި، އަނެއް ބައި މެމްބަރުން ބައިވެރި ވާނީ އޮންލައިންކޮށް ކަމަށެވެ. "ކޯލިޝަން އޮފް ދަ ވިލިން" ގެ ނަމުގައި އުފައްދާފައިވާ މި ކޯލިޝަން އަކީ ފްރާންސް އާއި އިނގިރޭސިވިލާތް ގުޅިގެން މިއަހަރުގެ ފެބްރުވަރީ މަހު އުފެއްދި އިއްތިހާދެކެވެ.

މި އިއްތިހާދުގެ މައިގަނޑު މަޤްޞަދަކީ ޔުކްރެއިން އަށް ދެވޭނެ އަސްކަރީ އެހީތެރިކަން ކަނޑަ އެޅުމާއި، މުސްތަޤުބަލު ގައި ހަނގުރާމަ ހުއްޓުމަކަށް އައުމަށް ފަހު، ރަޝިޔާ އިން އަލުން ހަމަލާ ދިނުން ހުއްޓުވުމަށް ކުރެވި ދާނެ ކަންކަން ރޭވުމެވެ. މިކަމާ ގުޅޭ ގޮތުން ފާއިތުވި މަސް ތަކުގައި ތަފާތު ފެންވަރު ތަކުގައި މަޝްވަރާތައް ކުރެވިފައިވެ އެވެ.

މީގެ އިތުރުން، ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ ފާއިތުވި ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވުނު ބައްދަލުވުން ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ސިފަ ކުރައްވާފައި އެވެ. އެ ބައްދަލުވުމުގައި އައު ވައިގެ ދިފާއީ ނިޒާމުތައް ހޯދުމާ ގުޅޭ ގޮތުން ކުރި އެރުންތަކެއް ލިބިފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓާސް

ކޮލިޝަން އޮފް ދަ ވިލިންގއެމަނުއަލް މެކްރޯންވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު