Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް-ޔުކްރެއިން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

އެންމެ ފަހުން ޒެލެންސްކީ ފްރާންސް އަށް ވަޑައިގެންފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ނޮވެމްބަރު މަހުގެ ތެރޭގައި ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަނެއްކާ ވެސް ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވާއިރު، އެކަމުން ދައްކުވައި ދެނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގާތް އަދި ވަރުގަދަ ކުޅުން ކަމަށް މާހިރުން ފާހަގަ ކުރެ އެވެ.

ޒެލެންސްކީ އާއި މެކްރޯން ބައްދަލުކުރައްވައި އަދުލު އިންސާފުގެ މަތީން ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމުގެ ޝަރުތުތައް މަޝްވަރާކުރައްވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2025 | އާދީއްތަ 13:55
ފްރާންސްގެ ރައީސް މެކްރޮން އަދި ޔުކެރްއިންގެ ރައީސް ޒެލެންސްކީ

ފްރާންސްގެ ރައީސް މެކްރޮން އަދި ޔުކެރްއިންގެ ރައީސް ޒެލެންސްކީ

ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ، ހޯމަ ދުވަހު ފްރާންސް އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފްރާންސްގެ ރިޔާސީ ގަނޑުވަރުން ހާމަ ކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ޒެލެންސްކީ ފްރާންސްގެ ވެރި ރަށް ޕެރިހަށް ވަޑައިގަންނަވާނެ އެވެ. އަދި އެ ދަތުރުފުޅުގައި ޒެލެންސްކީ އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ، 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ދަމުން އަންނަ ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ އެންމެ ދަތި ސިޔާސީ އަދި ހަނގުރާމައިގެ ބިރުވެރި ކަމުގެ ޙާލަތުގެ ތެރޭގައި އޮއްވާ އެވެ.

ޒެލެންސްކީ އާއި މެކްރޮންގެ ބައްދަލުވުމުގައި ދެ ރައީސުން ވެސް، ހަނގުރާމައިގެ ދެމެހެއްޓެނިވި ސުލްޙަވެރި ކަމެއް ހޯދުމަށް މަޝްވަރާ ކުރައްވާނެ އެވެ. އެ މަޝްވަރާ ތަކުގައި އެމެރިކާގެ ފަރާތުން ހުށަހަޅާފައިވާ ސުލްޙައިގެ ޕްލޭން އާއި، ޖެނީވާގައި ކުރިއަށް ދިޔަ މަޝްވަރާތަކާ ގުޅޭ ގޮތުން ވެސް ދެ ރައީސުން ވާހަކަ ދައްކަވާނެ އެވެ.

އެންމެ ފަހުން ޒެލެންސްކީ ފްރާންސް އަށް ވަޑައިގެންފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ނޮވެމްބަރު މަހުގެ ތެރޭގައި ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަނެއްކާ ވެސް ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވާއިރު، އެކަމުން ދައްކުވައި ދެނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ގާތް އަދި ވަރުގަދަ ކުޅުން ކަމަށް މާހިރުން ފާހަގަ ކުރެ އެވެ.

ޔުކްރެއިންއާ ދެކޮޅަށް ރަޝިޔާ އިން ހިންގަމުން އަންނަ ހަނގުރާމަ އަށް ތިން އަހަރު ވެފައިވާއިރު، މި ހަނގުރާމައިގެ ސަބަބުން ޔުކްރެއިން އަށް ވަނީ ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފަ އެވެ. ހަނގުރާމައިގެ ޙަރަކާތްތައް ދެމެހެއްޓުމަށް ބޭނުންވާ ހަތިޔާރާއި، އަދި އިޤްތިޞާދީ އެހީތެރިކަން ދެމެހެއްޓުމަށް ޔުކްރެއިން އިން މަސައްކަތް ކުރަމުން ދަނީ ބައިނަލްއަޤުވާމީ ބައިވެރިންގެ އެއްބާރުލުން ހޯދުމަށެވެ،

ފްރާންސް އަށް ޒެލެންސްކީ ވަޑައިގަންނަވާއިރު، މި ދަތުރުފުޅުގައި ފްރާންސް އިން ޔުކްރެއިން ދެމުން އަންނަ ހަތިޔާރާއި، އިޤްތިޞާދީ އެހީތެރިކަން ދެމެހެއްޓުމާާއި އަދި ސުލްޙައިގެ މަޝްވަރާ ތަކުގައި ޔުކްރެއިންގެ ހައްގުތައް ރައްކާތެރި ކުުރުމުގެ ގޮތްތަކަށް ވެސް މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މި ބައްދަލު ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަޤުވާމީ ސަރަހައްދުގައި ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ސިޔާސީ ޙައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ވަގުތެއްގަ އެވެ. ޔޫރަޕިއަން ޔޫނިއަން އާއި އެމެރިކާ އިން ޔުކްރެއިން އަށް ދެމުން އަންނަ އެހީތެރިކަން ދެމެހެއްޓުމަކީ ޒެލެންސްކީގެ އެންމެ މުހިންމު އަމާޒުގެ ގޮތުގައި ފާހަގަ ކުރެވެ އެވެ.

ފްރާންސް އަކީ ވެސް ޔުކްރެއިން އަށް ވަރަށް ބޮޑު އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެމުން އަންނަ ޤައުމަކަށްވާއިރު، ފްރާންސްގެ ރައީސް މެކްރޮން އަކީ ޔުކްރެއިންގެ ދިފާއުގައި ވަރަށް ގަދަ އަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. ރަޝިޔާއާ ދެކޮޅަށް ވާހަކަ ދައްކަވައި، އަދި ހަނގުރާމަ ނިންމުމުގައި ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދޭން ޖެހޭ ކަމަށް މެކްރޮން އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މަސްދަރު: ރޮއިޓާސް

ފްރާންސްސުލްހައިގެ މަޝްވަރާތައްއެމަނުއަލް މެކްރޯންވުލެޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަފްރާންސް-ޔުކްރޭން

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު