Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

އިސްތިއުފާ ދެއްވިތާ ހަތަރު ދުވަސް ފަހުން، ލެކޯނޫ އަލުން ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވައިފި

އުމުރުން 39 އަހަރުގެ ލެކޯނޫ ދެ ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވިއިރު، އޭނާ އަށް ހަވާލު ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް. އެއާއެކު ހޯމަ ދުވަހު، އަންނަ އަހަރުގެ ބަޖެޓު ލެކޯނޫ ހުށަހަޅުއްވާނެ.

ފްރާންސްގެ ރައީސް މެކްރޯން ވަނީ ސެބަސްޓިއަން ލެކޯނު އަލުން ބޮޑުވަޒީރުގެ މަޤާމަށް އައްޔަންކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2025 | އާދީއްތަ 04:17
ފްރާންސްގެ ބޮޑު ވަޒީރު ކަމަށް ދެ ވަނަ ފަހަރަށް އައްޔަން ކުރެއްވި ސެބަސްޓިއަން ލެކޯނޫ

ފްރާންސްގެ ބޮޑު ވަޒީރު ކަމަށް ދެ ވަނަ ފަހަރަށް އައްޔަން ކުރެއްވި ސެބަސްޓިއަން ލެކޯނޫ

ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ސެބަސްޓިއަން ލެކޯނޫ، އިސްތިއުފާ ދެއްވިތާ ހަތަރު ދުވަސް ފަހުން އަނެއްކާ ވެސް ފްރާންސްގެ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ލެކޯނޫ ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އޭގެ ދެ ދުވަސް ފަހުން މެކްރޮން ވަނީ ލެކޯނޫގެ އިސްތިއުފާ ޤަބޫލު ކުރައްވައިފަ އެވެ. އެއާއެކު ފްރާންސްގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، މެކްރޮން އައު ބޮޑު ވަޒީރެއް އައްޔަން ކުރައްވާނެ ކަމަށް ބެލެވިފައި ވަނިކޮށް، ހޮނިހިރު ދުވަހު ވަނީ އަނެއްކާ ވެސް ލެކޯނޫ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވައިފި އެވެ.

އުމުރުން 39 އަހަރުގެ ލެކޯނޫ ދެ ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވިއިރު، އޭނާ އަށް ހަވާލު ކޮށްފައިވާ އެންމެ ބޮޑު މަސައްކަތަކީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމުގެ މަސައްކަތެވެ. އެއާއެކު ހޯމަ ދުވަހު، އަންނަ އަހަރުގެ ބަޖެޓު ލެކޯނޫ ހުށަހަޅުއްވާނެ އެވެ. މިއީ އެތައް ދުވަސް ތަކެއް ވަންދެން ފްރާންސްގައި އޮތް ސިޔާސީ ހަލަބޮލިކަން ހުއްޓުމަކަށް ގެނައުމާއި، ފްރާންސްގެ ދަރަނީގެ މައްސަލަ ޙައްލު ކުރުމަށް އަޅާ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް މާހިރުން ބުނެ އެވެ.

ދެ ވަނަ ފަހަރަށް ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ލެކޯނޫ ވިދާޅުވެފައި ވަނީ، ފްރާންސްގެ ރައީސް އޭނާއާ ހަވާލު ކޮށްފައިވާ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރާނެ ކަމަށެވެ. އަދި ސަރުކާރު ކުރިއަށް ގެންދިޔުމާއި، ފްރާންސްގެ މުސްތަޤުބަލުގެ އެއްވެސް ހުރަހަކަށް، ނުވަތަަ މައްސަލަ އަކަށް އޭނާ ނުވާނެ ކަމަށް ލެކޯނޫ ވަނީ ވިދާޅުވެފަ އެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޕާޓީ ތަކުގެ މެދުގައި ދެބަސް ނުވާނެ ސަރުކާރެއް އެކުލަވާލާނެ ކަމަށެވެ.

ފްރާންސްގެ ރައީސް މެކްރޮންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރައްވައި، އަދި މެކްރޮންއާ ގާތް ގުޅުމެއް އޮންނަ ލެކޯނޫ ދެ ވަނަ ފަހަރަށް ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވުމާ އެކު، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ކަނާއަތު ފިޔައިގެ ނެޝަނަލް ރެލީ ޕާޓީގެ ލީޑަރު ޖޯޑަން ބާޑެލާ ވަނީ، ދެ ވަނަ ފަހަަރަށް ބޮޑު ވަޒީރު ކަމަށް ލެކޯނޫ އައްޔަން ކުރެއްވުމަކީ ވަރަށް ހެއްވާ އަދި މަޖާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ސިޔާސީ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ފްރާންސްގައި އުފެދިގެން އުޅޭ ސިޔާސީ ހަލަބޮލި ކަމަކީ، ރައީސް މެކްރޮންގެ ނިންމެވުމެއްގެ ސަބަބުން އުފެދިގެން އުޅޭ ޙާލަތެކެވެ. އެގޮތުން މިދިޔަ އަހަރު ޤާނޫނު ހަދާ މަޖިލިސް އުވާލަން ނިންމި ނިންމުމަކީ އެކަމުގެ ފެށުން ކަމަށް ބުނެފައިވެ އެވެ. އޭގެ ފަހުން ބޭއްވި އިންތިޚާބުގައި އެއްވެސް ޕާޓީ އަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވެ އެވެ.

މީގެ އިތުރުން ފްރާންސްގެ ދަރަނި އިންތިހާ އަށް މައްޗަށް ގޮސްފައިވާއިރު، ޔޫރަޕިއަން ޔޫނިއަން އިން ފްރާންސް އަށް ބާރު އަަޅަމުން ދަނީ އެ ޤައުމުގެ ދަރަނި އަދި ޑެފިސިޓް ކުޑަ ކުރުމަށެވެ. އެ ޙާލަތުގައި ފްރާންސް އޮތްއިރު، ލެކޯނޫގެ ކުރިން ބޮޑު ވަޒީރު ކަމުގައި ތިއްބެވި ދެ ބޭފުޅުން ވެސް މަގާމުން ދުރަށް ދާން ޖެހުނީ ދަރަންޏާއި، ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަދި ބަޖެޓުގެ މައްސަލައިގަ އެވެ.

ލެކޯނޫ ވިދާޅުވެފައި ވަނީ މިއަހަރު ނިމުމުގެ ކުރިން ފްރާންސްގެ ބަޖެޓު ފާސް ކުރުމަށް ވީހާ ވެސް ގިނަ މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އަދި ވިދާޅުވެފައި ވަނީ ދައުލަތުގެ މާލިއްޔަތު ރަނގަޅު ކުރުމަކީ، މުސްތަޤުބަލަށް ޓަކައި އިސްކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.

ފްރާންސްގެ ރައީސް ކަމުގެ ފުރަތަމަ ދައުރަށް މެކްރޮން އިންތިޚާބުވެ ވަޑައިގެންފައި ވަނީ 2017 ވަނަ އަހަރު އެވެ. މިއީ އޭގެ ފަހުން ފްރާންސްގެ އެތެރޭގެ ސިޔާސީ މަޝްރަހު އަދި ޤައުމުގެ އިޤްތިޞާދު އެންމެ ބޮަޑަށް ދަށްވެފައިވާ ޙާލަތެވެ. މިހާރު ފްރާންސްގެ ރައީސް ކަމުގެ ދެ ވަނަ ދައުރު ފުރުއްވަމުން އަންނަ މެކްރޮން، ދެ ވަނަ ދައުރަކަށް އިންތިޚާބު ވެފައި ވަނީ 2022 ވަނަ އަހަރު އެވެ.

ސަރުކާރުގެ ޙާލަތު ދަށްވެފައިވާއިރު، މެކްރޮން އަށް ވެސް ވަނީ ފާޑު ކިޔުންތައް އަމާޒުވެ، އެތެރޭގެ ޕްރެޝަރު ބޮޑުވެފަ އެވެ. ބޮޑު ވަޒީރު ކަމުގެ މަގާމުން ލެކޯނޫ އިސްތިއުފާ ދެއްވި ފަހުން، އާންމުންނާ މުޚާތަބު ކުރައްވައި މެކްރޮން އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަން ވެސް ފާހަގަ ކުރެވެ އެވެ.

މަސްދަރު: އޭއެފްޕީ

ފްރާންސްއެމަނުއަލް މެކްރޯންސެބަސްޓިއަން ލުކޮނޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު