Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑްކަޕް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ޖަރުމަނުން ވަނީ މެޗުގެ ފުރަތަމަ ހާފުން ފެށިގެން މޮޅުކުޅުމެއް ދައްކާފަ އެވެ.

ޖަރުމަނުން ސްލޮވޭކިޔާއާ ދެކޮޅަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްގެން ވޯލްޑްކަޕްގެ ޖާގަ ހޯދީ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 18 ނޮވެމްބަރު 2025 | އަންގާރަ 17:45
ޖަރުމަނުން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފަ

ޖަރުމަނުން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ވެސް ކާމިޔާބުކޮށްފަ

ފުޓްބޯޅައިގެ ތާރީހުގައި ހަތަރު ފަހަރު ވޯލްޑްކަޕް މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނުން، އަންނަ އަހަރު އުތުރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ޖާގައެއް ހޯދައިފި އެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ހޯމަ ދުވަހުގެ ރޭ ސްލޮވޭކިޔާއާ ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްގެން ޖަރުމަނުން ވަނީ މި ޖާގަ ކަށަވަރުކޮށްފަ އެވެ.

2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވާ ޖަރުމަނުން ވަނީ މެޗުގެ ފުރަތަމަ ހާފުން ފެށިގެން މޮޅުކުޅުމެއް ދައްކާފަ އެވެ. މެޗުގެ 18 ވަނަ މިނިޓުގައި ނިކް ވޮލްޓެމޭޑް ވަނީ ލަނޑެއް ޖަހާ ޖަރުމަނަށް ކުރި ހޯދައިދީފަ އެވެ. މި ލަނޑާއެކު ވޮލްޓެމޭޑް ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހާފަ އެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނިޓުގައި ގޮރެޓްޒްކާ ދިން ޕާހަކުން ނަބްރީ ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ލެރޯއި ސާނޭ ވަނީ އިތުރު ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ރިޑްލް ބާކޫ އާއި އަސާން ވެޑާއޮގޯ ކުޅެން އެރުވާފަ އެވެ. ބާކޫ އާއި ވެޑާއޮގޯ ވަނީ މެޗުގައި ޖަރުމަނުން ޖެހި ފަސްވަނަ ލަނޑާއި ހަވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ޖަރުމަނުން މި މެޗު ކާމިޔާބު ކުރުމާއެކު އެ ޓީމަށް ވަނީ ގްރޫޕް އޭގައި ކުޅުނު ހަ މެޗުން ޖުމްލަ 15 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް ސްލޮވޭކިޔާއަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް އަދި ވޯލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ޔޫރަޕްގެ ޕްލޭއޮފް މެޗުތަކުން މޮޅުވެގެން ސްލޮވޭކިޔާއަށް އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވޯލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

އަންނަ އަހަރުގެ ވޯލްޑްކަޕް އޮންނާނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. މިއީ ތިން ގައުމެއްގައި ވޯލްޑްކަޕް ބާއްވާ ފުރަތަމަ ފަހަރެވެ.

ޖަރުމަނުފީފާ ވޯލްޑް ކަޕް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު