Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑްކަޕް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އިޓަލީ އަށް ވޯލްޑްކަޕަށް ކޮލިފައިވުމަށް ދަތިކަން ކުރިމަތިވެފައި ވާއިރު 2018 ގައި ސްވިޑަން އަދި 2022 ގައި ނޯތު މެސެޑޯނިއާ ކައިރިން ބަލިވެ ދެ ވޯލްޑްކަޕަށް ވެސް ނުކުޅެވުނު. ޕްލޭއޮފް ސެމީ ފައިނަލްގެ މެޗުތައް ބާއްވާނީ މާޗު މަހުގެ 26 ވަނަ ދުވަހު. އަދި ޕްލޭއޮފް ފައިނަލްގެ މެޗުތައް ބާއްވާނީ މާޗު 31 ވަނަ ދުވަހު މި މެޗުތަކުން ޔޫރަޕުން ވޯލްޑްކަޕަށް ދާ ފަހު ހަތަރު ޓީމު ކަނޑައަޅާނެ.

އިޓަލީ އަށް ވޯލްޑްކަޕަށް ކޮލިފައިވުމަށް ދަތިކަން ކުރިމަތިވެފައިވާއިރު 2018 ގައި ސްވިޑަންއާއި 2022 ގައި ނޯތު މެސެޑޯނިއާ ކައިރިން ބަލިވެ ދެ ވޯލްޑްކަޕަށް ވެސް ނުކުޅެވުނު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 13:16
ޕްލޭ އޮފް މެޗުތައް ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުމުގެ ތެރެއިން

ޕްލޭ އޮފް މެޗުތައް ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުމުގެ ތެރެއިން

ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިޓަލީ އަށް އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ދަތިކަމެއް ކުރިމަތިވެއްޖެ އެވެ. ޔޫރަޕްގެ ކޮލިފިކޭޝަން ޕްލޭއޮފް ބުރުގައި ކުޅެން ޖެހޭ ފުރަތަމަ މެޗުގައި އިޓަލީ އަށް ކުޅެން ޖެހިފައިވަނީ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ.

އެންމެ ފަހުން ބޭއްވި ދެ ވޯލްޑްކަޕަށް ވެސް އިޓަލީ ކޮލިފައިނުވި އިރު، މި ފަހަރު ވެސް އެ ޓީމަށް ކުޅެން ޖެހިފައިވަނީ ޕްލޭއޮފް މަރުހަލާގަ އެވެ.

2018 ވަނަ އަހަރު ރަޝިއާ ގައި ބޭއްވި ވޯލްޑްކަޕް ގެ ކޮލިފިކޭޝަން ޕްލޭއޮފް ގައި އިޓަލީ ބަލިވީ ސްވިޑެން އަތުން 1-0 އިންނެވެ. އެއީ އިޓަލީގެ ފުޓްބޯޅައިގެ ތާރީހުގައި ވަރަށް ދެރަވާ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވުނު ދުވަހެކެވެ. އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ކޮލިފިކޭޝަން ޕްލޭއޮފް ގައި އިޓަލީ އަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވި އެވެ. އެ ފަހަރު އިޓަލީ ބަލިވީ ނޯތު މެސެޑޯނިއާ ކައިރިން 1-0 އިންނެވެ.

މި ފަހަރުގެ ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުން ޔޫރަޕުން 12 ޓީމެއް ވޯލްޑްކަޕަށް ސީދާ ކޮލިފައި ވެފައިވާއިރު، ބާކީ ހުރި ހަތަރު ޖާގައަށް ޕްލޭއޮފްގައި 16 ޓީމެއް ވާދަކުރާނެ އެވެ. ޕްލޭއޮފް ސެމީ ފައިނަލާއި ފައިނަލުގައި ކޮންމެ ޓީމެއް ވެސް ކުޅޭނީ އެއް ލެގުގެ މެޗުތަކެކެވެ.

ޕްލޭއޮފް ސެމީ ފައިނަލްގެ މެޗުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި އިޓަލީ ހިމެނެ އެވެ. އިޓަލީ އާއި ނޮދަން އަޔަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގައި ކުޅެން ޖެހޭނީ ވޭލްސް އާއި ބޮސްނިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. މި ހަތަރު ޓީމުގެ ތެރެއިން ފައިނަލުން މޮޅުވާ ޓީމަކަށް ވޯލްޑްކަޕަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޔުކްރޭން، ސްވިޑަން، ޕޮލޭންޑް އަދި އަލްބޭނިޔާ އެވެ. ޔުކްރޭން އާއި ސްވިޑަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ނިކުންނާނީ ޕޮލޭންޑް އާއި އަލްބޭނިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ. ގްރޫޕް ސީގައި ހިމެނެނީ ތުރުކީ، ރުމޭނިއާ، ސްލޮވޭކިޔާ އަދި ކޮސޯވޯ އެވެ. ތުރުކީ އާއި ރުމޭނިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނީ ސްލޮވޭކިޔާ އާއި ކޮސޯވޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ގްރޫޕް ޑީގައި ހިމެނެނީ ޑެންމާކް، ނޯތު މެސެޑޯނިޔާ، ޗެކް ރިޕަބްލިކް އަދި އަޔަރލޭންޑެވެ. ޑެންމާކް އާއި ނޯތު މެސެޑޯނިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ނިކުންނާނީ ޗެކް ރިޕަބްލިކް އާއި އަޔަރލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

ޕްލޭއޮފް ސެމީ ފައިނަލްގެ މެޗުތައް ބާއްވާނީ މާޗު މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ޕްލޭއޮފް ފައިނަލްގެ މެޗުތައް ބާއްވާނީ މާޗު 31 ވަނަ ދުވަހު އެވެ. މި ދެ ދުވަހުގައި ޔޫރަޕުން ވޯލްޑްކަޕަށް ދާ ފަހު ހަތަރު ޓީމު ކަނޑައަޅާނެ އެވެ.

އިޓަލީފީފާ ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު