Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

ނެދަލޭންޑްސް އިން މެޗަކުން ބަލިނުވެ 20 ޕޮއިންޓާއެކު 2026 ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމާ އެކު ވޯލްޑްކަޕްގެ ތިން ފައިނަލް ކުޅެފައިވާ ނެދަލޭންޑްސް ގެ ޓީމަށްވަނީ ބޮޑު ހިތްވަރެއް ލިބިފައި.

ނެދަލޭންޑްސް އިން ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އަށް މެޗުން ބަލިނުވެ 20 ޕޮއިންޓާއެކު އެއްވަނަ ހޯދައި ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 12:56
ނެދަލޭންޑްސް 2026 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ވެފައިވަނީ ކޮލިފަައިން ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ

ނެދަލޭންޑްސް 2026 ވަނަ އަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ވެފައިވަނީ ކޮލިފަައިން ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ

މެޗަކުން ބަލިނުވެ އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑްކަޕަށް ނެދަލޭންޑްސް ކޮލިފައިވެއްޖެ އެވެ.

ކޮލިފައިންގެ ފަހު މެޗުގައި ހޯމަ ދުވަހުގެ ރޭ ލިތުއޭނިޔާ އާއި ދެކޮޅަށް ކުޅުނު މެޗު ނެދަލޭންޑްސް ކަމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖީގައި ކުޅުނު މި މެޗުން ނެދަލޭންޑްސް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 8 މެޗުން ޖުމްލަ 20 ޕޮއިންޓާއެކު އެއްވަނަ މަގާމް ލިބިފަ އެވެ. ކޮލިފައިންގެ ދެ މެޗުން ޖަރުމަނު އެއްވަރު ވެފައިވާއިރު ހަ މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ.

މި ގްރޫޕްގައި ދެވަނައިގައި އޮތް ޕޮލެންޑަށް 17 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ޖެހޭނީ ވޯލްޑްކަޕަށް ކޮލިފައިވުމަށް ޕްލޭއޮފް މެޗުތަކެއް ކުޅުމަށެވެ.

ނެދަލޭންޑްސްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުގައި ނެދަލޭންޑްސް އިން ވަނީ ފެށުނީއްސުރެ ވަރުގަދަ ކުޅުމެއް ދައްކާފަ އެވެ. މެޗުގެ 16 ވަނަ މިނިޓުގައި ނެދަލޭންޑްސް އިން ވަނީ ލަނޑު ޖަހާ ކުރި ހޯދާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ތިޖާނީ ރޭންޑާރސް އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ނެދަލޭންޑްސް އަށް 1-0 އިން ކުރީގައި އޮވެގެންނެވެ. މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 13 ވަނަ މިނިޓުގައި ނެދަލޭންޑްސް އަށް ލިބުނު ޕެނަލްޓީއަކުން ކޯޑީ ގެކްޕޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނެދަލޭންޑްސް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓުގައި ޓޮޓްނަމް ހޮޓްސްޕަރގެ ޒަވީ ސައިމަންސް ކާމިޔާބުކޮށްދިންތާ ދެ މިނިޓު ފަހުން ޑޮންޔެލް މަލޭން ވަނީ އިތުރުން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.

މި ގްރޫޕްގައި ހިމެނޭ ޕޮލެންޑް އިން ވަނީ މޯލްޓާ އާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.

ނެދަލޭންޑްސް އަކީ ފުޓްބޯޅައިގެ ތާރީހުގައި ވަރަށް ވަރުގަދަ ޓީމެކެވެ. އެ ޓީމުން ވަނީ ވޯލްޑްކަޕް ގައި ތިން ފަހަރު ފައިނަލް ކުޅެފަ އެވެ. ނަމަވެސް ވޯލްޑްކަޕް ކާމިޔާބުކުރުމުގެ ފުރުސަތު އަދި އެ ޓީމަށް ނުލިބެ އެވެ. 2026 ވަނަ އަހަރުގެ ވޯލްޑްކަޕަކީ ނެދަލޭންޑްސް އަށް އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތެއް ކަމަށް ބެލެވެ އެވެ.

ނެދަރލެންޑްްސްފީފާ ވޯލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

06 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު