Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނުގައި ހުރި އިރު، ޕޯޗުގަލް އިން އަރްމީނިއާ އަތުން 9-1 ގެ ތާރީހީ ބޮޑު ނަތީޖާއެއް ހޯދައި ވޯލްޑްކަޕް 2026 އަށް ކޮލިފައި ވެއްޖެ އެވެ. ބްރޫނޯ ފެނާންޑޭސް އާއި ޖޮއާއޯ ނެވޭސް ގައުމީ ޓީމަށް ފުރަތަމަ ފަހަރަށް ހެޓްރިކް ހެދި މި މެޗުގައި ޕޯޗުގަލް ވަނީ ފުރިހަމަ ކުޅުމެއް ދައްކައި ގްރޫޕްގެ އެއް ވަނަ ކަށަވަރު ކޮށްފަ އެވެ.

ރޮނާލްޑޯ ސަސްޕެންޝަނުގައި ހުރި އިރު ޕޯޗުގަލް އިން އަރްމީނިއާ 9-1 އިން ބަލިކޮށް ވޯލްޑްކަޕް 2026 އަށް ކޮލިފައިވެއްޖެ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2025 | ހޯމަ 11:56
މެޗުގައި ގޯލު ޖެހުމަށްފަހު ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް އުފާ ފާޅުކުރަނީ

މެޗުގައި ގޯލު ޖެހުމަށްފަހު ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭސް އުފާ ފާޅުކުރަނީ

ވާރލްޑް ކަޕް 2026 ގެ ކޮލިފިކޭޝަން ގްރޫޕް އެފްގެ ފަހު މެޗުގައި ޕޯޗުގަލް އިން އަރްމީނިއާ އަތުން ތާރީހީ ނަތީޖާއެއް ހޯދައި، އަންނަ އަހަރު އުތުރު އެމެރިކާގައި ބާއްވާ ވާރލްޑް ކަޕުން ޖާގަ ކަށަވަރު ކޮށްފި އެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނުގައި ހުރި އިރު، ޕޯޗުގަލް އިން އަރްމީނިއާ ބަލިކުރީ 9-1 ގެ ބޮޑު ތަފާތަކުންނެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗަކީ ޕޯޗުގަލް އަށް ވަރަށް މުހިންމު މެޗަކަށް ވީ އިރު، މީގެ ތިން ދުވަސް ކުރިން ޕޯޗުގަލް ވަނީ އަޔަލެންޑް އަތުން 2-0 އިން ބަލިވެފަ އެވެ. އެ މެޗުގައި ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކުމުން، އަރްމީނިއާ މެޗުގައި އޭނާ ނުކުޅެވުނެވެ. ނަމަވެސް ޓީމުގެ ކެޕްޓަން ނެތި ކުޅުނު މި މެޗުގައި ޕޯޗުގަލް އިން ދެއްކީ ފުރިހަމަ ކުޅުމެކެވެ.

މި މެޗުގައި ޕޯޗުގަލްގެ ލަނޑުތައް ޖެހި ބްރޫނޯ ފެނާންޑޭސް އާއި ޖޮއާއޯ ނެވޭސް، ކޮންމެ ކުޅުންތެރިއަކު ހެޓްރިކެއް ހެދިއެވެ. މީގެ އިތުރުން ރެނާޓޯ ވެއިގާ، ގޮންޒާލޯ ރާމޯސް އަދި ފްރާންސިސްކޯ ކޮންސެސާއޯ ވެސް ލަނޑު ޖަހައިފައިވެ އެވެ. އަރްމީނިއާގެ ހަމައެކަނި ލަނޑު ޖެހީ އެޑުއާޑް ސްޕޭޓްސިޔަން އެވެ.

މި މެޗުގައި ނެވޭސް އާއި ބްރޫނޯ ހެދި ހެޓްރިކްތަކަކީ، ގައުމީ ޓީމަށް އެ ކުޅުންތެރިން ހެދި ފުރަތަމަ ހެޓްރިކެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ މި މެޗުގައި ވަރަށް ފުރިހަމަ ކުޅުމެއް ދައްކައި، ޕޯޗުގަލް އަށް ވޯލްޑްކަޕަށް ދިއުމުގެ ޖާގަ ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

ޕޯޗުގަލް އިން ގްރޫޕް އެފްގެ އެއް ވަނަ ހޯދީ ކުޅުނު ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕުން ޕްލޭއޮފްގެ ޖާގަ ހޯދީ އަޔަލެންޑް އެވެ. އަޔަލެންޑް އިން ރޭ ހަންގޭރީ ބަލިކުރީ 3-2 އިން ފޯރިގަދަ މެޗަކުންނެވެ. ހަންގޭރީން އަމިއްލަ ދަނޑުގައި ލީޑުގައި އޮއްވައި، އަޔަލެންޑުން ފަހަތުން އަރައި މޮޅުވީ ފަހު ވަގުތު ދެ ގޯލު ޖަހައިގެންނެވެ.

ޕޯޗުގަލްގެ އިތުރުން ޔޫރަޕުން އަންނަ އަހަރުގެ ވާރލްޑްކަޕަށް ކޮލިފައި ވެފައިވަނީ، އިންގްލެންޑް، ފްރާންސް، ކްރޮއޭޝިއާ އަދި ނޯވޭ އެވެ.

ޕޯޗުގަލްފީފާ ވޯލްޑް ކަޕްވޯލްޑް ކަޕް ކޮލިފައިން

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
 ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ކްރޮއޭޝިއާ 2026 ގެ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު