Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ވެލާ މެރުމުގެ މައްސަލަ

ވެލާ ހިމާޔަތްކޮށްފައި: ނަމަވެސް ވެލާ މަހުގެ ބޭނުމުގައި އިހާނެތިކޮށް މަރާއިރު ފިޔަވަޅެއް ނޭޅޭ

ވެލައާއި ކަހަނބު ހިމާޔަތްކޮށްފައި ވީނަމަވެސް އެތަކެތި އެކި ބޭނުންތަކަށް މަރާ މައްސަލަ އަދިވެސް ފެންމަތިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2022 | ބުރާސްފަތި 12:09
ވެލާ މެރުމުގެ މައްސަލަ މިހާރުވެސް ފެންމަތިވޭ

ވެލާ މެރުމުގެ މައްސަލަ މިހާރުވެސް ފެންމަތިވޭ

މިދިޔަ ހަފުތާގައި އިންސްޓަގްރާމް ފީޑް ހާވަމުން ދަނިކޮށް ފެނުނު މަންޒަރެއްގެ ވާހަކައެވެ. ރާއްޖޭގެ ޑައިވިންގ ކޮމިއުނިޓީގެ ގިނަ ބަޔަކު ދަންނަ ނަމުން ނަމަ ހަމްޓީ ނުވަތަ "ސަންފާގެ ދިޔެ" އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓާއެކު އެތައް ބަޔަކަށް ލިބުނީ ހިތްދަތިކަމެވެ. ޚާއްސަކޮށް މޫދާއި ފަޅުތަކަށް ލޯބިކުރާ، ދިރުންތައް ހިމާޔަތްކުރަން ބޭނުންވާ އެތައް ބަޔަކަށް އެ މަންޒަރު ވެގެން ދިޔައީ ބަލަންވެސް އުނދަނގޫ މަންޒަރަކަށެވެ.

އެއީ މީގެ 4 ވަރަކަށް ދުވަސް ކުރިއެވެ. ހަމްޓީގެ އެ ޕޯސްޓަކީ އޭނާއާއި އެކުވެރިން މަޑިވަރަށް ދިޔައިރު އެތަނުން ފެނުނު މަންޒަރުތަކުގެ ވާހަކަ ހިއްސާކޮށް ކުރި ޕޯސްޓެކެވެ. އެ ޕޯސްޓުން ފެނުނީ ވެލާ މަހުގެ ބޭނުމުގައި ވެލާ މަރާލާފައި އޮތް މަންޒަރެވެ. މޫދާއި ފަޅުތަކުގެ ރީތި ފެށި ފަޅުވިލުވައިދޭ ދިރުންތަކަށް ވަކިން ޚާއްސަ ލޯތްބެއް އޮތް ބަޔަކަށް ޑައިވަރުން ވުމާއެކު އެ މަންޒަރު ވެގެން ދިޔައީ އެ ފަރާތްތަކަށް ހިތްދަތިކަމާއި މާޔޫސްކަން ގެނުވި މަންޒަރަކަށެވެ. އޭރުވެސް އެ ވެލާގެ ވިންދު ހުއްޓެވެ. އަދި ލޮލުން ކަރުނަ ފާއްދައެވެ.

ޒަމާންތަކެއް ކުރިއަށް ޖެހިލާއިރު ވެލައާއި ކަހަނބަކީ ރާއްޖޭގައި އާންމުކޮށް ހިފައި އެކި ބޭނުންތަކަށް ބޭނުންކުރަމުން އައި އެއްޗެކެވެ. ވެލާ ބިސް ނަގައިގެން ކާބޯތަކެތި ތައްޔާރުކުރުމުގެ އިތުރުން އޭގެ މަސް އެކި ގޮތްގޮތަށް ރޯފިލުވައިގެން ކެއުމަށް ބޭނުންކޮށް އުޅުނެވެ. އަދި އޮޑިދޯނިފަހަރުގެ ލަކުޑިގަނޑުގެ ރައްކަލަށްޓަކައި އޭގެ ތެޔޮ ބޭނުންކުރުމަކީވެސް އޭރު އާއްމު ކަމެކެވެ. ހަމައެހެންމެ ކަހަނބުވެސް ބޭނުންކުރަނީ ވެލައިން ކުރަމުން އައި ބޭނުންތައް ކުރުމަށެވެ. އަދި ކަހަނބުގެ ތޮށިގަނޑުގެ ބޭރު ފަށަލަ ނުވަތަ ކަހަނބު ފަތަކީވެސް އެކި ބާވަތުގެ އުފެއްދުންތައް އުފައްދަން ބޭނުން ކުރަމުން އައި މަގުބޫލު އެއްޗެކެވެ.

އެ ޕޯސްޓުގެ ތިރީގައިވާ ކޮމެންޓްތަކަށް ބަލައިލުމުން، މިކަމާ ދެކޮޅުހަދާ އެތައް ބަޔަކު ތިބިކަން އެނގެއެވެ. އަދި އެފަދަ ކަންކަން ހުއްޓުވަން ބާރުއަޅާކަންވެސް އެނގެއެވެ. އެފަދަ ގިނަ މީހުން ގަބޫލުކުރާގޮތުގައި މިއީ ނާތަހުޒީބު އަމަލެކެވެ. ވެލާ މަސްކޮޅެއްގެ ބޭނުމުގައި މިފަދަ ދިރުންތަކަށް ގެއްލުން ދިނުމަކީ މުޅި ވެއްޓަށް ދެވޭ އަނިޔާއެކެވެ.

އެކަމަކު މިއަދު މިއީ އެދުވަހެއް ނޫނެވެ. ވެލާ އާއިލާގެ ބާވަތްތަކަކީ ދުނިޔޭގައިވެސް މަދު އެއްޗަކަށް ވުމާއި، ތިމާވެށީގެ ރައްޔާތެރިކަމަށްޓަކައި މުހިންމު އެއްޗަކަށް ވެލާ ވުމުން، ރާއްޖޭގެ ސަރަހައްދުން ވެލާ ހިފުމާއި މެރުމަކީ ގާނޫނީގޮތުން މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ޝައުގުވެރިކަމާއެކު ބަލާ އެކައްޗަކީވެސް ވެލާ ކަހަނބުކަން ފާހަގަކޮށްލެވެއެވެ.

ކަންމިހެން ހުރުމާއެކު، މިއީ ދިވެހިންގެ ރައުސުލްމާލުގެ ތެރެއިން ހިމެނޭ އެއްޗެކޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވެލައާއި ކަހަނބު ހިފުމަކީ މަނާކަމެއް ކަަމަށް ލިޔެފައި ބޭއްވުމަކުން ނުފުދެއެވެ. ވެލައާއި ކަހަނބު މިގޮތަށް ރަހުމުކުޑަ ގޮތްގޮތަށް މަރަމުންދާއިރު، މަދުން ނޫނީ އިދާރާއަކަށް ރިޕޯޓްކޮށްލާނެ މީހަކު ނުވެއެވެ. ގިނަ ފަހަރު މިފަދަ ކަމެއް ފެންމަތިވުމުން ސޯޝަލް މީޑިއާގައި ހާސަރުތަކެއް ދަމާލާފައި ނިންމާލަނީއެވެ. ފިޔަވަޅު އެޅެނީ ވަރަށް މަދު ފަހަރެއްގައެވެ.

ވެލާ އެންވަޔަރަމަންޓް މިނިސްޓްރީއީޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025

އަހަރުތަކުން މިއަދު

4 ޖެނުއަރީ
 ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް
20251 އަހަރު ކުރިން
ދުނިޔެ

ރަޝިއާ ގައި ހުންނެވި ބައްޝާރު އަލް-އަސަދު އަވަހާރަ ކޮށްލަން ވިހަލައިފި: ރިޕޯޓް

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟
20242 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ޓްވީޓް ހިފައިގެން ހައްގު ހޯދަން ދިއުމަކީ އެމަނިކުފާނުގެ ހައިބަތު ކުޑަވާނެ ކަމެއް؟

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

މެސީގެ ތަސްވީރާއެކު އާޖެންޓީނާ ޕެސޯއަށް، މޫނުމަތީ އަގަށްވުރެ ބޮޑު މާލީ ފައިދާއެއް!

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ
20224 އަހަރު ކުރިން
ދުނިޔެ

ގޭސް ނުލިބިގެން ކޮލަމްބޯގެ މަޝްހޫރު ފައިވް ސްޓާރ ހޮޓެލްތަކުގައި ކެއްކުމަށް ދަރު ބޭނުންކުރަނީ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟
20215 އަހަރު ކުރިން
ދުނިޔެ

ބިލިއަނަރ ޖެކް މާ ވީނުވީއެއް ނޭނގި ގެއްލިއްޖެ!؟

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް
20197 އަހަރު ކުރިން
ރާއްޖެ

އާއިލާތައް ބަނގުރޫޓްވުމުގެ އެއްއަސާސަކީ މައިންބަފައިން ހިތުގައި ޖެއްސުން: އިލްޔާސް

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟
20188 އަހަރު ކުރިން
ރިޕޯޓު

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު