Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ހަނގާ ކުރުން

އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟

މިކަމުގައި ބެލެނިވެރިން ބޭނުންވަނީ އިންސާފެވެ. ފޮރުވުމެއް ނެތި އެކަމުގައި ބައިވެރިވި ކުދިންގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2024 | ބުދަ 07:32
ބުލީ ކުރުން ހުއްޓާލުމާ ގުޅޭ ރިޕްރެޒެންޓޭޝަނަލް ފޮޓޯއެއް

ބުލީ ކުރުން ހުއްޓާލުމާ ގުޅޭ ރިޕްރެޒެންޓޭޝަނަލް ފޮޓޯއެއް

ޖުލައި މަހުގެ 11 ވަނަ ދުވަހު އއ އަތޮޅު ރަށެއްގެ ސްކޫލުގެ ގްރޭޑް 6،7،8 އަދި 9 ގެ ފިރިހެން ދަރިވަރުން ވަނީ ސްކައުޓް ކޭމްޕަކަށް ގޮސްފައެވެ. ގިނަ އަދަދެއްގެ ދަރިވަރުންނާއެކު ކޭމްޕް ނިންމާލުމަށްފަހު އެނބުރި ރަށަށް އައީ ޖުލައި 13 ވަނަ ދުވަހުއެވެ.

މި ކޭމްޕުގެ ތޭރޭގައި އެރަށު ދަރިވަރުންތަކެއް ވަނީ އެހެން ދަރިވަރުންތަކަކަށް އިންތިހާއަށް ހަނގާކޮށް، ހަނގާ ކުރުމުގެ ތެރެއިން ޖިންސީ ގޯނާވެސް ކޮށްފައެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު ވަނީ އެ ޙާދިސާގައި އަނިޔާ ލިބުނު ދަރިވަރުންތަކެއްގެ ތަޖުރިބާ ރާއްޖެއެމްވީއަށް ކިޔާދީފައެވެ. އެގޮތުން އެކަން ހިނގާފައިވަނީ ދަރިވަރުން ކޭމްޕުގައި ނިދާފައި ތިއްބައެވެ.

ދަރިވަރުން ނިދާފައި ތިބީ ގްރޫޕުތަކަކަށް ބަހާލައިގެން އެކި ކޭމްޕުތަކުގައެވެ. އެގޮތުން ނިދާފައި ތިއްބައި ހަމަ ކޭމްޕުގައި ބައިވެރިވި ދަރިވަރުންތަކެއް ވަނީ އެހެން ދަރިވަރުންތަކެއް ތިބި ޓެންޓަކަށް ވަދެ އެކުދިންނަށް ހަނގާކޮށްފައެވެ.

އެކަމުގައި ބައިވެރިވި ކުދިން ވަނީ އަނިޔާ ލިބުނު ކުދިން ޓެންޓުގައި ނިދާފައި ތިއްބައި ގޮވާ ހޭލައްވައިގެން، އެކި ކަހަލަ މަލާމާތާއި ފުރައްސާރަ ކޮށްފައެވެ.

އަދި އެކުދިންގެ ސޯޓު ގަދަކަމުން ބާލައި، ބޭއަދަބީ ބަސްތައް ބޭނުންކޮށްގެން ހަނގާކޮށް، އެކުދިންނަށް ޖިސްމާނީ އަނިޔާވެސް ކޮށްފައިވެއެވެ.

އަދި އެކުދިންގެ މުޅި ގައިގައި ތެޔޮ އުނގުޅައި، އެތައް ގޮތަކުން އެ ކުދިންނަށް ޖެއްސުމާއި އަނިޔާ ކޮށްފައިވެއެވެ. އޭގެ ތެރެއިން ބައެއް ކުދިން މިހާރު ތިބީ ނަފްސާނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

އެހެންނަމަވެސް މި ހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް ޓީޗަރަކަށްވެސް އަދި އެހެން މީހަކަށްވެސް އެކަން ރޭކާނުލާތީ ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޭމްޕު ނިންމައި އެނބުރި ރަށަށް ދިޔައިރުވެސް މިފަދަ ބޮޑު ކަމެއް ހިނގާ ދިޔަކަމެއް އެއްވެސް ބަޔަކަށް ނޭނގެއެވެ. ނަމަވެސް އޭގެ ތެރެއިން އަނިޔާވި ބައެއް ދަރިވަރުންގެ އުޅުމަށް އައި ބަދަލުތަކާއި، ދޭދޭ މީހުންގެ ތެރޭގައި ދެކެވުނު ވާހަކަތަކާއެކު އެންމެ ފަހުން މި މައްސަލަ މި ވަނީ ފެންމަތިވެފައެވެ.

އަނިޔާ ލިބުނު ބައެއް ކުދިންގެ ޖިންސީ ގުނަވަން ދުޅަވެ، ނަފްސާނީ ގޮތުން ބޮޑު ބިރުވެރިކަމަކާ ކުރިމަތިލަމުންދާކަމަށްވެސް އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރާއްޖެއެމްވީއަށް ކިޔާދިނެވެ. އެގޮތުން އެފަދަ ކަމެއް ހިނގިކަން ބައެއްގެ ކައިރީގައި ކިޔާދީފިނަމަ، އަނިޔާކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

 އަނިޔާ ލިބުނު ކުދިންގެ ތެރޭގައި ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރުންވެސް ހިމެނެއެވެ.

މިހާރު މި މައްސަލަ ފެންމަތިވުމުން ޖެންޑަރ މިނިސްޓްރީއާއި ސްކޫލުގެ ސަމާލުކަމަށްވެސް ވަނީ އެކަން އައިސްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިކަމާ ގުޅިގެން މިހާރު އެކި މީހުންގެ ބަޔާން ނެގުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

އަދި އެކަމުގައި އެރަށު ޓީޗަރުންގެ ދަރިންވެސް ބައިވެރިވެފައިވާތީ އެ ކުދިންގެ ނަންތައް ފޮރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ބައެއް ބެލެނިވެރިން ކިޔާދިނެވެ.

މިކަމުގައި ބެލެނިވެރިން ބޭނުންވަނީ އިންސާފެވެ. ފޮރުވުމެއް ނެތި އެކަމުގައި ބައިވެރިވި ކުދިންގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އަދި، ވަކި މީހެއްގެ ދަރިއަކަށްވީތީ ކަންކަން ނުފޮރުވައި، އިންސާފުން މި މައްސަލަ ބެލުމަކީ ބެލެނިވެރިން އެދޭ އެދުމެކެވެ.

އއ އަތޮޅު ކައުންސިލްމޯލްޑިވްސް ޕޮލިސް ސަރވިސްޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު