Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރުކުރުން

ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލާގައި މިނިސްޓަރު ތާރިގު ޖަވާބެއް ނުދެއްވި

އީޕީއޭއިން އެ މައްސަލަ ބެލުމަށްފަހު އަންގަންޖެހޭ އެއްޗެއް އަންގާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އެޕްރީލު 2025 | ބުދަ 11:55
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް

ގަވާއިދާ ހިލާފަށް ވިލާ ފައުންޑޭޝަންގެ ޗެއަރމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގިނަ އަދަދެއްގެ ރުށް އދ. މާމިގިލީން ބޭރު ކުރާ މައްސަލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމްގެ ބެއްލެވުމުގެ ދަށުން ހިންގަވާ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މައުލޫމާތު ސާފުކުރުމަށް މިނިސްޓަރު ތާރިގު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ކުރި ސުވާލަކަށް މިނިސްޓަރު ތާރިގު ވިދާޅުވީ އީޕީއޭއިން އެމައްސަލަ ބަލަމުންދާ ކަމަށް ނޫސްވެރިޔާ ވެސް ފާހަގަކޮށްފައިވާ ކަމަށާއި، އީޕީއޭއިން އެ މައްސަލަ ބެލުމަށްފަހު އަންގަންޖެހޭ އެއްޗެއް އަންގާނެ ކަމަށެވެ.

މިނިސްޓަރު ތާރިގު ވިދާޅުވީ މިފަދަ މައްސަލަތައް ބަލަމުންދަނީ އީޕީއޭއިން ކަމަށެވެ.

މިހާރު އީޕީއޭއިން ބަލަމުން ގެންދާ ވާހަކަ ތިޔަ ވިދާޅުވަނީ. އެހެންވީމަ އީޕީއޭއިން ބަލާނެ. އީޕީއޭއިން އެ ނިންމާ ނިންމުން އެއީ ކޮން ނިންމުމެއްތޯ ބަލާފައި އީޕީއޭއިން އެކަންތައްތައް ބަލާފައި މޮނީޓަރ ކުރާން އޮންނަ އިންސްޓިއުޝަންއަކީ އީޕިއޭ. އަޅުގަނޑަށް ހީވަނީ އެކަންތައް ބަލާފައި އޭގެ އައުޓްކަމް އަންގާނެ އިނގޭތޯ ހުރިހާ ބޭފުޅުންނަށް ވެސް.
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ތާރިގު އިބްރާހީމް

މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލާގަައި އެރަށުގެ ކައުންސިލުން ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

ރާއްޖެއެމްވީއަށް މާމިގިލީ ކައުންސިލުން ބުނީ މެމްބަރު ގާސިމްގެ އެހީތެރިކަމާ އެކު ފުލުހުންގެ މަރުކަޒެއް ބިނާ ކުރުމަށް ބިމެއް ހަވާލުކޮށްފައިވާ ކަމަށާއި، އެސަރަހައްދުގައި ހުރި ގިނަ އަދަދެއްގެ ރުށްތައް ނަގައި ރަށުން ބޭރު ކުރަމުންދާ ކަމަށެވެ. އަދި ސީއެސްއާރްގެ ދަށުން މަސައްކަތް ކުރާ ބައެއް ބިންތަކުން ވެސް ރުށް ނަގަމުންދާ ކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް ރުށް އެހެން ބޭރު ނުކުރެވޭނެ ކަމަށާއި، އެ ބިމުގައި ހުރި ރުށްތައް ގެންދަން ޖެހޭނީ ރަށުގެ އެހެން ދިމާލަކަށް ކަމަށް ކައުންސިލުން ބުނެއެވެ. އަދި ގާނޫނުން ވެސް އެގޮތަށް އަމަލު ކުރުމަށް ޖާގަ ނުދޭނެ ކަމަށާއި، 10 ރުށަކަށް ވުރެ ގިނަ ރުށްތައް ގެންދާނަމަ، އީއައިއޭ ހަދަންޖެހޭއިރު، އެމަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އަދި މި ކަމުގައި ކައުންސިލްއާ ވެސް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ މާމިގިލީން ރުށް ގެންދާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު