Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެންވަޔަރަމަންޓް މިނިސްޓްރީ

ސަރުކާރުގައި ކަތުރުފަނި އަޅާއިރުވެސް ތިޔަ ހުންނަވަނީ ކީއްވެތޯއެވެ.

ދާދި މިދާކަށް ދުވަހައި ހަމައަށް ހަމަ ރަނގަޅަށް ހިނގަމުންދިޔަ ސަރުކާރުގެ އިދާރާތަކުގެ އިދާރީ ހިންގުމަށް މިއަދު ކުރިމަތިވެފައި އޮތް ނިކަމެތި ހާލަތެއެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 21 މެއި 2025 | ބުދަ 12:39
ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުަހައްމަދު މުއިއްޒު

ނޫސްތަކުގެ ސުރުހީތަކަށް ބަލާލުމުން ބަޔަކު ހައިރާން ވާހާ ވަރުވެއެވެ. އަޅުގަނޑުމެންގެ ފަހުރުވެރި މި ދިވެހިރާއްޖޭގައި ކަންކަން ހިނގަމުންމިދާ ގޮތާއި މެދު ވިސްނާލުމުން ލަނދުން ބޯހަލާކުވާހާވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުން ޝަކުވާ ކުރަނީ މުޅި މިނިސްޓްރީގައި ކަތުރު ފަނި އަޅައިގެންނެއެވެ. އޮފީސް ނިންމާފައި ގެއަށްދާއިރު ހެދުމުގަޔާއި ބުރުގާގައިވެސް ހުންނަ ކަތުރުފަނި ގެއަށްވެސް ދާތީއެވެ. އަނދާހުލިވެގެން ބަދަލުކުރި ދެ މިނިސްޓްރީގެ މުވައްޒަފުން ޝަކުވާކުރަނީ އަދިވެސް އެމީހުންނަށް މަސައްކަތްކުރާނެ ސިސްޓަމެއް ނުލިބިގެންނެއެވެ. އަމިއްލަ ލެޕްޓޮޕް ހިފައިގެންގޮސް އޮފީހުގައި އޮފީސް މަސައްކަތް ކުރަން ޖެހޭތީއެވެ. އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގެ މުވައްޒަފުން މަސައްކަތް ކުރާނެ ތަނެއް ނެތި ގޭގައި މަސައްކަތްކުރަނީއެވެ. ބްރޯޑްކޮމްގެ މުވައްޒަފުން އޮފީހުގައި މަސައްކަތްކުރާނެ މާހައުލެއް ނެތިގެން މަސައްކަތް ހުއްޓާފައި ގެއަށްދަނީއެވެ. މައުލޫމާތު ނުލިބިގެން ހުށަހަޅާއަޅާ އާރްޓިއައި ތަކަށް ޖަވާބު ނުދީގެން ނޭވާއަކު ދެކޮޅު ރައީސް އޮފީސް އައިކޮމްއަށް ހާޒިރުކުރަނީ އެވެ. މިހާރުގެ ހައުސިން މިނިސްޓްރީގެ މުވައްޒަފުން އުޅެނީ ކުރީގެ އެނދި ހައުސިން މިނިސްޓްރީގައި ހުރި ފާއިސާގެ ހިސާބުތަކާއި ގުޅޭ ލިޔެކިޔުން ނުލިބިގެންނެއެވެ.

މިއީ ހައްތަހާވެސް ނޫސްތަކުން ފެންނަން ހުރި ސުރުހީތަކެއެވެ. ދާދި މިދާކަށް ދުވަހައި ހަމައަށް ހަމަ ރަނގަޅަށް ހިނގަމުންދިޔަ ސަރުކާރުގެ އިދާރާތަކުގެ އިދާރީ ހިންގުމަށް މިއަދު ކުރިމަތިވެފައި އޮތް ނިކަމެތި ހާލަތެއެވެ.

ނަމަވެސް މިއިން އެއްވެސް ކަމެއް ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ ހެނެއް ހިޔެއް ނުވެއެވެ. ޖަލްސާތަކާއި ރަސްމިއްޔާތު ތަކުގައި ރައީސް އުޅުއްވަނީ އަވަދި ނެތިއެވެ. ރައީސްގެ ޖަލްސާތަކާއި ރަސްމިއްޔާތުތައް ފަޅު ފިލުވައި ދިނުމުގައި ވަޒީރުން އުޅުއްވަނީ ނޭވާ ނޭފަތުން ނުލެވިގެންނެއެވެ. ގައުމަކާއި ގައުމެކެވެ. ސަރުކާރަކާއި ސަރުކާރެކެއެވެ. އަގުބޮޑު ކޯޓުތައް ތުރުކުރައްވައިގެން ޕޯޑިއަމްތައް ކައިރީގައި ހުންނަވައިގެން ބާއިސާ ކެނޑުއްވުން ނޫން ކަމެއް ރައީސް ކުރައްވާތީ އެއް ނުފެނެއެވެ. މަޝްރޫއުތަކުގެ އަދަދު ހަތްސަތޭކައިން އަށްސަތޭކައިން އިއުލާންކުރައްވަމުން ގެންދަވާއިރު، ދެއަހަރު ތެރޭގައި ފެއްޓެވެނު ހަމައެންމެ ކަމެއްވެސް ނެތެއެވެ.

މިހާ ހިސާބުން އުދެފޭ ސުވާލަކީ މިގައުމުގައި މިއޮތީ ސަރުކާރެއްތޯއެވެ. ރައީސް ކަމުގެ މަގާމަށް މީހަކު ހޮވައިގެން މިއުޅެނީ ކީއްކުރަންތޯއެވެ. ރައްޔިތުންގެ ޓެކްސް ފާއިސާއިން މުސާރަދީ ކާންބޯންދީ އުޅޭނެ ތަންދީ ސެކިއުރިޓީ ދީ ފުޓްސެލް ކުޅޭނެ ދަނޑުދީ، ޕިކްނިކް ދާނެ ރަށްދީ، ފަތާނެ ފަތާ ފެންގަނޑުދީ، އިއްޒަތާއި ޝަރަފާއި ދީގެން މީހަކަށް ރައީސުލްޖުމްހޫރިއްޔާ ކިޔައިގެން މިގެންގުޅެނީ ކޮން ބޭނުމަކުތޯއެވެ. އޮފީހެއްގެ މުވައްޒަފަކަށް މަސައްކަތެއް ކުރެވޭނެ ގޮތެއް މަސައްކަތެއް ކުރެވޭނެ މާހައުލެއް ނެތި، މުޅި ސަރުކާރު ފުނޑު ފުނޑުވެ މުޅި ނިޒާމް ކުދި ކުދިވެ ގައުމު އެފުށް މިފުށަށްޖެހި ހަލާކުވެދާއިރު، މިއިން އެއްވެސް ކަމެއް އެނގިވަޑައިނުގަންވާ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި މީހަކު ބަހައްޓައިގެން މިތިބެނީ ކީއްކުރަންތޯއެވެ.

ޤަބޫލުފުޅުކުރައްވާށެއެވެ. އުނދުޅިއަށް ދަނޑި ލައްވަނީވެސް ބޭނުންކުރާ މީހާއަށް ފަސޭހައަކަށެއެވެ. އަތައް ވެދާނެ ހޫނަކުން ސަލާމަތްވުމަށެއެވެ. ހަމަ ބީދައިން އެތައް ހަރަދެއްކޮށްގެން ގައުމުގައި ރައީސަކު ބަހައްޓަނީވެސް ރައްޔިތަކަށް ކޮންމެވެސް ވަރެއްގެ ޙިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައެވެ. އެކަމަކު މިއިން ހަމަ އެއްވެސް ކަމެއް ކޮށްނުދެއްވޭ ނަމަ ތިޔަ ހުންނަވަނީ ކީއްކުރައްވަންތޯއެވެ. ރައްޔިތުންނަށް ހައްދަވަން ތިޔަ އުޅުއްވަނީ ކިހިނެއްތޯއެވެ. ގައުމު ތިޔަ ގެންދަވަނީ ކޮން ދިމާލަކަށްތޯއެވެ. މަނިކުފާނަށް ތާއީދުކޮށް ވޯޓްލާ، ވެރިކަމަށް ގެނައުން އެއީ ދިވެހިންނަށް ކުރެވުނު ކުށެއްތޯއެވެ. އެއީ ކުށެއް ނަމަ، ތިޔަ ދެއްވަނީ އެކަމުގެ އަދަބުތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

މި ގައުމަކީ ތިޔަ ބޭފުޅުންގެ ޣަނީމާ މުދާގަނޑެއް ނޫނެވެ.

04 ނޮވެމްބަރު 2017
ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

ތިޔަ ޖޯކު ޖެހުނީ ފުއާދަކަށް ނޫން! ލަދެއް ނުގަނޭތަ؟

28 އޮކްޓޯބަރު 2017
ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

ރައީސް ވަޙީދަކީ ޕަޕެޓެއް، އަދީބަކީ ހަތިޔާރު، ތިޔަވެވުނީ އިޢުތިރާފު، ދެން އަތް ޖަހާ!

17 އޮކްޓޯބަރު 2017
ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

ގެރި މަރުވާއިރު ވެސް އަޅުގަނޑާއި ތިޔަބޭފުޅާ އަތްއުރާލައިގެން...

07 އޮކްޓޯބަރު 2017
ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

ޝައިހް ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟

23 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު