Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެންވަރަންމަންޓް މިނިސްޓްރީ

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

ސަރުކާރުގެ ބޮޑު މިނިސްޓްރީ އެއްގެ އެތަކެއް މުވައްޒަފުންނަށް އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ފޯރުކޮށް ނުދީ މަސައްކަތް ކުރުވަމުން ގެންދާއިރު އަދި ސަރުކާރުން އަމަލު ކުރުން ލާޒިމުވާ ކަމާ ބެހޭ ގާނޫނޫ ހުރި އިރު ސަރުކާރުން ކަން ކުރަމުން މިދަނީ ޤާނޫނުގައި ބަޔާންކޮށް މަސައްކަތްތެރިންނަށް ޔަޤީން ކޮށްދީފައިވާ ޙައްޤުތަކާ މުޅިން ޚިލާފަށެވެ.

ރާއްޖެ އެމްވީ | 2 ޖޫން 2025 | ހޯމަ 12:56
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ގެންގޮސް ލާފައިވާ ދަރުބާރުގޭ ފާށަނާ މާލަމުގެ ތެރޭގައި އޮފީހުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ގެންގޮސް ލާފައިވާ ދަރުބާރުގޭ ފާށަނާ މާލަމުގެ ތެރޭގައި އޮފީހުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާ މާހަލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށް އެތައް މުވައްޒަފުންނެއް ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީގައި ރޯވެ، އެ އަލިފާން ގަޑު ކޮންޓްރޯލު ނުކުރެވިގެން ގޮސް ޖެހިގެން ހުރި އެންވަރަންމަންޓް މިނިސްޓްރީ ހިނގަމުން އައި ގްރީން ބިލްޑިން ގައި ރޯވެ އަނދާ ހުލިވުމުން އެ މިނިސްޓްރީގެ މުވައްޒަފުން ގެންގޮސް ލީ ދަރުބާރުގޭ ފާށަނާ މަލާމަށެވެ.

ވަގުތީ އިންތިޒާމެއްގެ ދަށުން ކުރެވުނު ކަމެއް ކަމަށް ފެނުނު ނަމަވެސް މަހަކަށް ފަހު މަހެއް ފާއިތުވަމުން ގޮސް މިހާރު މިއީ "ވަގުތީ ދާއިމީ" ބާވަތުގެ ކަމެއްގެ ގޮތުގައި މުވައްޒަފުންނަށް ބެލެން ފަށައިފިއެވެ.

ވަގުތީ ތަނެއްގައި ފާއިތުވާ ކޮންމެ ދުވަހަކާ އެކު އުފުލަން ޖެހޭ ތަކުލީފުތައް އިތުރުވެ، މުވައްޒަފުންގެ ކެތްތެރިކަން ކޮޅުންލައި، އެންމެ ފަހުން މުވައްޒަފުންގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަނެއް ވެސް ސަރުކާރަށް ވަނީ ހުށަހަޅާފައެވެ. އެ ޕެޓިޝަނުގައި މުވައްޒަފުން ތިބި ހާލު ބަޔާން ކުރަމުން "އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ތިބީ ބިކަވެފައި" ކަމަށް ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގައެވެ. ހާދިސާ އަށް ފަސް މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އަދިވެސް މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ސަރުކާރަށް ހޯދައި ނުދެވުނެވެ.

ގްރީން ބިލްޑިންގ އެނދުމުން އެތަނުގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް ލިބު ގެއްލުންތައް ވަރަށް ބޮޑެވެ. ނަފްސާނީ ގޮތުން ކުރި އަސަރުގެ އިތުރުން އެތައް މުވައްޒަފެއްގެ އަގު ބޮޑު އެތައް އެއްޗެއް ވެސް އަލިފާނުގައި އަނދައިގެން ދިޔައީއެވެ.

"އާންމު ކޮށް އަލިފާނުގެ ހާދިސާ ފަދަ ކާރިސާ ތަކުގައި ހަލާކުވެދާ އެއްޗެއްޗަށް ބަދަލު ދިނުމުގެ ކޮންމެވެސް އިންތިޒާމެއް އޮވޭ، މިހާދިސާގައި މުވައްޒަފުންގެ އަގުބޮޑު އެތައް އެއްޗެއް އަނދައިގެން ދިޔައިރު ބަދަލު ދޭނެ ވާހަކަ ދައްކާފައި މިހާރު އެއްވެސް ކަމެއް ނުހިނގާ؛" ހިތްހަމަ ނުޖެހިފައި ހުރި މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މިކަންކަން މިހެން ވެފައި ވަނިކޮށް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖރީ ގެ ނަމުގައި ހިނގަމުން އައި މިނިސްޓްރީ ވެސް އުވާލީއެވެ. އެ މިނިސްޓްރީ އުވާލުމަށްފަހު ޓޫރިޒަމް އާ ގުޅުވާލައިގެން އުފެއްދި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ އެކު މުވައްޒަފުންނާ އެކު ދަރުބާރުގޭގައި އިންނެވި މިނިސްޓަރުވެސް ޕާމަނަންޓް ސެކްރެޓަރީ ވެސް "ގެއްލިއްޖެ" އެވެ.

"އެންމެ ބޮޑު އެއް މައްސަލަ އަކީ މިއީ، މިނިސްޓަރު ވެސް ޕީއެސް ވެސް މިހާރު އެ ތިއްބަވަނީ ޓޫރިޒަމް މިނިސްޓްރީ ހިނގި އިމާރާތުގައި، އެތަންތަން މާ ފުރިހަމަ، އެހެން ވީމާ އެބޭފުޅުންނަކަށް އިހުސާސެއް ނުވާނެ މިތާ މުވައްޒަފުން ތިބި ހާލެއް، އިހުސާސު ނުވާ ކަމެއްގައި ކިހިނެއްތޯ އެހާ ވަރުން އުޅުއްވޭނީ؛" މައްސަލަތަކާ ބެހޭ ގޮތުން ވާހަކަ ދެއްކި އެހެން މުވައްޒަފަކު ބުންޏެވެ.

އެބޭފުޅުންނަށް މާރަނގަޅު މަސައްކަތުގެ މާހަލެއް ލިބިވަޑައިތުމުން ދަރުބާރުގެ އިން އެންވަޔަރަންމަންޓް މުވައްޒަފުން ދޫކޮށްލުމަށް ފަހު ވެލާނާގޭ މާ އަރާމު ކޮޓަރި ކޮޅަކަށް ބަދަލު ވެވަޑައިގަތީ ކަަމަށް މުވައްޒަފުން ދެކެއެވެ.

ފާށަނާ މާލަމުގެ ދިގު މޭޒު ޖަހައިގެން، ފައިބުޑުގައި ނަރުރޯލު ކޭއްތޭ ގޮތައް ތޮއްޖެހިގެން ގާތްގަނޑަކަށް 150 އެއްހާ މުވައްޒަފުން ދަރުބާރުގޭ ގައި މަސައްކަތް ކުރެއެވެ.

އެތަނަކީ އޮފީހެއް ހިންގަން ފަރުމާ ކޮށްފައިވާ ތަނެއް ނޫނެވެ. އެއް ގޮތަކަށް ވެސް އޮފީހަކަށް އެކަށީގެންވާ ތަނެއް ނޫނެވެ.

ދަރުބާރުގެ އަކީ މަރާމާތު ކޮށް ބަލަހައްޓަމުން އަންނަ ތަނެއް ކަމުގައި ވިޔަސް ދުވަސްވެ ބާވެފައިވާ އިމާރާތެކެވެ. ކަތުރުފަންޏާއި ފަންގަހުގެ އުނދަގޫ މުވައްޒަފުންނަށް ދަނީ ކުރަމުންނެވެ.

މުވައްޒަފަކު ބުނި ގޮތުގައި "ގަޔަށް ވެސް، ގެންގުޅޭ އެއްޗެއްސަށް ވެސް ކަތުރުފަނި އެޅެއެވެ. އޮފީހުން ގެއަށް ވެސް މިހާރު ކަތުރުފަނި ވާސިލު ވެއްޖެއެވެ."

އިމާރާތުގައި އެހާ ބޮޑަށް ކަތުރުފަނި އަޅާފައި ވާ އިރު، ސީލިންގ ބޮލަށް ވެއްޓުމުގެ ބިރު އޮތް ކަމަށް ވެސް މުވައްޒަފުން ދެކެއެވެ.

ވަރަށް އަދައިގެ ގޮތަކަށް ކަންކަން ކޮށްލުމަށްފަހު މުވައްޒަފުންތަކެއް ދަރުބާރުގެ އަށް ގެންދިޔަތާ މިހާރު އެތައް މަސްތަކެއް ފާއިތު ވުމުން އެތަނުގެ ވަގުތީ އިންތިޒާމުތަކުގެ މުއްދަތު ހަމަވެ އޭގެ އުނދަގޫތައް މުވައްޒަފުންނަށް ދަނީ ކުރަމުންނެވެ.

މުވައްޒަފުންގެ ފަރާތުން ދާދި ފަހުން ހުށަހެޅ ޕެޓިޝަނުގައި ވެސް "އިށީނދެ ތިބުމަށް ބޭނުންކުރާ ގޮޑިތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ގޮނޑި ބިންދައިގެން ދިއުމުގެ އެކިއެކި ހާދިސާ ހިނގުމުގެ ސަބަބުން މުވައްޒަފުންނަށް ވަނީ އެކިކަހަލަ އަނިޔާ ދަނީ ލިބެމުން؛" ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން "މަސައްކަތް ކުރުމަށް ބޭނުންކުރާ މޭޒަކީ އެންމެ އެކަށޭނެ ފެންވަރުގައި ހުރި މޭޒުތަކަކަށް ނުވާތީވެ، މުވައްޒަފުންގެ އަތާއި، ކޮނޑު އަދި އުނަގަނޑަށް އެކިކަހަލަ ގެއްލުންލިބޭ ކަމުގެ ޝަކުވާ" ގިނަ ވަމުންދާ ކަމަށް ވެއެވެ.

މުވައްޒަފުން މަސައްކަތް ކުރަން ހަދާފައިވާ ދިގު މޭޒު ތަކުގެ މަތީގައި އަޅާފައި ވަނީ ތަރުފާއްޔެވެ. އެ ތަރަފާލުގަނޑު ހިފެހެއްޓުމަށް ޖަހާފައިވާ ސްޓޭޕްލްތައް ނެއްޓި މުވައްޒަފުންގެ ގަޔަށް ހެރުމުގެ މައްސަލަތައް ވެސް ދަނީ ކުރިމަތިވަމުންނެވެ.

ދަރުބާރުގޭ ގައި މުވައްޒަފަކު ކަރުދާސް ފޮށިގަނޑެއްގެ މަތީގައި ލެޕްޓޮޕް ބަހައްޓައިގެން މަސައްކަތް ކުރަނީ - އެތައް މުވައްޒަފުން މަސައްކަތް ކުރަނީ އަމިއްލަ ލެޕްޓޮޕްގައި
ދަރުބާރުގޭ ގައި މުވައްޒަފަކު ކަރުދާސް ފޮށިގަނޑެއްގެ މަތީގައި ލެޕްޓޮޕް ބަހައްޓައިގެން މަސައްކަތް ކުރަނީ - އެތައް މުވައްޒަފުން މަސައްކަތް ކުރަނީ އަމިއްލަ ލެޕްޓޮޕްގައި

އެތައް މަސްތަކެއް ވެގެން ދިޔަ އިރު އަދި ވެސް މުވައްޒަފުންނަށް މަސައްކަތް ކުރާނެ ކޮމްޕިއުޓަރު ހަމައެއް ނުކޮށްދެވުނެވެ. އެނގިފައިވާ ގޮތުގައި ބައެއް މުވައްޒަފުން މަސައްކަތް ކުރަމުންދަނީ އަމިއްލަ ތަކެތީގައެވެ. އަދި އެ ތަކެތި ހަލާކުވުމުން ހޯދަން ޖެހެނީވެސް އަމިއްލަ ޚަރަދުގައެވެ.

ހުޅުވިފައިވާ މާހައުލެއްގައި ދިގު މޭޒު ދޮށުގައި އެންމެން އެއް ސަފަކަށް މަސައްކަތް ކުރާ ގޮތައް އޮތުމުން ތަނުގައި އަޑުގަދަ ވުމާއި، މަސައްކަތައް ސަމާލު ކަން ނުދެވުމާއި، ބައްދަލުވުންތައް ބޭއްވޭނެ ގޮތެއް ނެތުން ފަދަ ކަންކަން ދިމާވާތީ އުފެއްދުންތެރިކަން ދައްވާ ކަމަށް މުވައްޒަފުން ބުނެއެވެ. އަނެއްކޮޅުން ތޮއްޖެހިގެން ތިބެން ޖެހުމުން މަޝްރޫއުތައް ހިންގަން ބޭނުންވާ މުވައްޒަފުން ނެގޭނެ ގޮތެއް ނެތް ކަމަށާއި ތިބި މުވައްޒަފުންނަށް މަސައްކަތް ބުރަވެ ކަންކަން ގޯހުން ގޯހުންދާ ކަމަށް މުވައްޒަފުން ވަނީ ބުނެފައެވެ.

މުވައްޒަފުން ދެކޭ ގޮތުގައި އޮފީހުގެ ގޮތުގައި ތިބި ތަނަކީ އެއްވެސް ރައްކައުތެރި ކަމެއް ސަލާމަތެއް އޮތް ތަނެއްވެސް ނޫނެވެ. އަގު ބޮޑެތި ތަކެތި ރައްކައު ކުރެވޭނެ ގޮތެއް ވެސް ނޯވެއެވެ. މިހާރުވެސް ބައެއް ތަކެތި ގެއްލިގެން އެކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ.

މިހާލުގައި ސަރުކާރުގެ ބޮޑު މިނިސްޓްރީ އެއްގެ އެތަކެއް މުވައްޒަފުން ބައިތިއްބައިގެން މަސައްކަތް ކުރުވާ އިރު، ސަރުކާރުން އަމަލު ކުރުން ލާޒިމުވާ ކަމާ ބެހޭ ގާނޫނޫ އެބަހުއްޓެވެ. ގާނޫނަށް ބަލާއިރު ސަރުކާރުން ކަން ކުރަމުން މިދަނީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން މަސައްކަތްތެރިންނަށް ގާނޫނުން ޔަޤީން ކޮށްދީފައިވާ ޙައްޤުތަކާ މުޅިން ޚިލާފަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަހުޖަނުންގެ ކުރިމަތީގައި ނަޝީދު ދިފާއު ކުރެއްވީ ރިސޯޓު މުވައްޒަފުން!

މަހުޖަނުންގެ ކުރިމަތީގައި ނަޝީދު ދިފާއު ކުރެއްވީ ރިސޯޓު މުވައްޒަފުން!

30 ޖުލައި 2019
ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

02 މެއި 2019
ސަރުކާރުގެ މުވައްޒަފުން ބިރު ފަހަނައަޅާ ނިކުންނަންވީ ވަގުތަކީ މިއީ

ސަރުކާރުގެ މުވައްޒަފުން ބިރު ފަހަނައަޅާ ނިކުންނަންވީ ވަގުތަކީ މިއީ

03 ސެޕްޓެމްބަރު 2018
ބިރެއް ނެތި މުވައްޒަފުން ބޮޑު ފަޅިއަށް!

ބިރެއް ނެތި މުވައްޒަފުން ބޮޑު ފަޅިއަށް!

02 ސެޕްޓެމްބަރު 2018
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

17 ޖުލައި 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު