Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ސިއްހީ ހާލަތު

ޕީޕީއެމްގެ ޕީޖީ ގުރޫޕުން އަދީބުގެ އާއިލާ އަށް އަދިވެސް ޖަވާބެއް ނުދޭ

26 ޖޫން 2017 | ހޯމަ 07:18

އަދީބުގެ އެތެރެހަށީގައި ސިސްޓެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 26 ޖޫން 2017 | ހޯމަ 07:18
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ދަށްވަމުންދާތީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ބައްދަލުކުރުމަށް އާއިލާގެ ފަރާތުން ހުށަހަޅާފައި ވީނަވެސް ޕީޕީއެމް ޕީޖީ ގުރޫޕުން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް އަދީބުގެ ގާނޫނީ ވަކީލް ވިދާޅުވެއްޖެއެވެ.

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ މިހާތަނަށް އެއްވެސް ޖަވާބެއް ޕީޕީއެމް ޕީޖީ ގުރޫޕުން ދީފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ސިރާޖް ވިދާޅުވީ އިތުރު ސިޓީއެއް ނުފޮނުވައި މިވަގުތު މަޑުކުރަނީ ޕީޕީއެމް ޕީޖީ ގުރޫޕަށް ވަގުތު ދިނުމުގެ ގޮތުން ކަމަށާއި އަދި ޗުއްޓީ ނިމުމުން ދެ ވަނަ ސިޓީއެއް ފޮނުވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ.

މި ސިޓީއާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނު ވިދާޅުވީ "އަދީބުގެ އާއިލާއަށް ޖަވާބު ދޭނީ ލިޔުމުން،" ކަމަށެވެ.

އަދީބުގެ މަންމަ، ޝަހީމާ މުހައްމަދު، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް އައިއިރު އެމަނިކުފާނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް ހުރުމާއި ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ ގްލޮކޮމާޖެހިފައިވާ ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އަދީބުގެ މަންމަގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިކަމާ ގުޅިގެން އާއިލާއިން މިހާރު ވާނީ އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބޭސްފަރުވާގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް މިހުރިހާ ކަމެއް ގެނެސްފަ އެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނޭ ކަމަށް އަންގަވާފައެއް ނުވެ އެވެ،" ސިޓީގައިވެ އެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ދިވެހިރާއްޖެއިން ފަރުވާ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ މަންމަ ވިދާޅުވެފައިވެ އެވެ. ޑޮކްޓަރުން މިގޮތަށް ލަފާދެއްވާފައިވާ ކަން އެނގޭނެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުރި ނަމަވެސް އެއްވެސް ލިޔުމެއް އާއިލާއަށް ދޫކޮށްފައި ނެތް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބުގެ ސިއްހީ ހާލަތު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާ ހިއްސާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އަދީބުގެ މަންމަ އާއި ބައްޕަ އަދި އަނބިކަނބަލުން މަރިޔަމް ނަސްވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވީމާ އަޅުގަނޑުގެ ދަރިފުޅާ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނާ އޮތް ނުހަނު ގާތް ގުޅުމަށް ބައްލަވައި މި ބައްދަލުވުން ހަމަޖައްދަވައި އަޅުގަނޑުމެންގެ ކަންބޮޑޫވުންތައް ހިއްސާކޮށްލެވުމަށް ފުރުސަތު ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް