Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް އެތެރޭގެ ކޯޅުން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017 | އަންގާރަ 17:40

ޕްރައިމަރީ ބާއްވަނީ އަސާސީ ގަވައިދާ ހިލާފަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 17 ޖެނުއަރީ 2017 | އަންގާރަ 17:40
ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ އޮފީސް

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުއް ޤައްޔޫމްގެ އޮފީސް

ޕީޕީއެމްގެ ޕްރިމަރީތައް ބޭއްވޭނީ ހަމައެކަނި އެ ޕާޓީގެ އިންތިހާބީ ކޮމެޓީއަށް ކަމަށާއި، ލޯކަލް ކައުންސިލް އިންތިހާބުގެ ޕީޕީއެމް ޕްރައިމަރީ ބޭއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން އިއުލާންކޮށްފައިވަނީ، އެ ޕާޓިގެ އަސާސީ ގަވައިދާއި ހިލާފަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމްގެ އޮފީހުން އެމަނިކުފާނު އާންމު ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން، ޕީޕީއެމް ނަމުގައި ލޯކަލް ކައުންސިލުން އިންތިޚާބަށް ކުރިމަތިލާން ފުރުސަތުހުޅުވައި، އަދި ޕްރައިމަރީގެ އިންތިޚާބު މިމަހު 27 ގައި ބޭއްވުމަށް ނިންމަވާފައިވާކަން މީޑިއާއިން މައުލޫމާތު ލިބިފައިވާކަމަށެވެ. ނަމަވެސް އެ ނިންމެވުން ތަކަކީ ޕާޓީގެ އިންތިޚާބު ކޮމިޓީގެ އެއްވެސް މަޝްވަރާއަކާނުލާ ނިންމަވާފައިވާ ނިންމުންތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ރައީސް މައުމޫނު ވަނީ، އެ ޕާޓީގެ އަސާސީ ޤަވައިދުގެ 72 ވަނަ މާއްދާގެ (ހ) ފާހަގަކޮށްފަ އެވެ. އެ މާއްދާގައި ބުނެފައިވަނީ، ޕާޓީގެ އެތެރޭގައި ބާއްވާ އެންމެހާ އިންތިޚާބުތަށް ހިންގައި ބަލަހައްޓާނީ ޕާޓީގެ އިންތިޚާބު ކޮމިޓީ އިން ކަމަށެވެ. އަދި ޕާޓީ ގެ ޤައުމީ އިންތިޚާބުތަކުގައި ޕީޕީއެމް ތަމްޞީލުކުރުމާބެހޭ ޤަވާއިދު ގެ 3 ވަނަ މާއްދާ ގެ (ހ) ގައި، ޤައުމީ އިންތިޚާބުތަކުގައި ވާދަކުރާނެ ޕީޕީއެމް ގެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގެ އިންތިޚާބީ ވިލަރެސްވެރިޔާއަކީ ޕީޕީއެމްގެ އިންތިޚާބު ކޮމިޓީގެ ރައީސް ކަމަށް ބުނެފައިވާކަން ރައީސް މައުމޫނުގެ ފެކްޝަނުން ނެރުނު އެމަނިކުފާނު ނެރުއްވި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އިންތިޚާބީ އެންމެހާ ކަންކަން ވިލަރެސްކުރާނެ މައި މުއައްސަސާއަކީ ޕާޓީގެ އިންތިޚާބު ކޮމިޓީކަމަށް އަސާސީ ގަވައިދުގައި ބުނެފައިވާ ކަމަށެވެ. އަދި ޕާޓީގެ އިންތިޚާބު ކޮމިޓީ އަކީ ޕާޓިގެ އެންމެ ފަހުން ބޭއްވި ޤައުމީ ޖަލްސާއިން އިންތިޚާބު ކޮށްފައިވާ ކޮމިޓީއެއް ކަމަށާއި، އެހެންކަމުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން އަސާސީ ޤަވައިދާއި އެއްގޮތަށް ކުރިޔަށް ގެންދާނީ އެ ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ރައީސް މައުމޫނުގެ ފެކްޝަނުން އެ މަނިކުފާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނު ވިދާޅުވީ، ޕްރައިމަރީއެއް ކުރިއަށް ގެންދެވޭނީ ހަމަ އެކަނި ޕީޕީއެމް ގެ އިންތިޚާބު ކޮމިޓީއަށް ކަމަށެވެ. އެހެންބަޔަކު ޕާޓީގެ ނަމުގައި ޕްރައިމެރީއެއް ބާއްވާފިނަމަ އެކަން ވާނީ ޕާޓީގެ އިންތިޚާބު ތަކާބެހޭ ޤަވައިދާ ޚިލާފު ކަމެއް ކަމަށް ބަޔާނުގައި ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ. އަދި ޕާޓީގެ މެންބަރުން ވާދަކުރަން ވާނީ ޕާޓީގެ އިންތިޚާބު ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ޕާޓީގެ އިންތިޚާބު ގައި ކަމަށާއި، ޕާޓީގެ އަސާސީ ޤަވައިދާ ޚިލާފަށް އެކަން އެގޮތަށް އެކުރަނީ ވަކި ބަޔަކަށް މަންފާ ތަކެއް ހޯދައި ދިނުމަށް ކަމަށް ދެކެމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ޕާޓީގެ ހިންގާ ޤަވައިދާއި އަސާސީ ޤަވައިދާ ހިލާފަށް ބާއްވާ އިންތިޚާބު ތަކަކީ ސައްޙަ އިންތިޚާބެއް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބު ގައި ޕާޓީ ނަމުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން މިކަމަށް ސަމާލުވުމަށާއި، ޕާޓީގެ އަސާސީ ޤަވައިދާއި ޚިލާފަށް ޢަމަލު ކުރަށްވާ ފަރާތް ތަކުން އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ކުރައްވާކަމަށް ރައީސް މައުމޫނުގެ ބަޔާނުގައި ވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާނެކަން އިއުލާންކޮށްފަ އެވެ.

ޕީޕީއެމްގެ އާ އޮފީސް، ހ. ހުރަފާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް އާދިއްތަ ދުވަހު ވިދާޅުވީ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން 64 ދާއިރާގެ ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށެވެ. މާލެ އާއި އަތޮޅުތަކުގައި ޕްރައިމަރީ އޮންނައިރު، ތައްޔާރީތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް