Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީޕީއެމް

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

މިއަދު 34 ރަށެއްގައި ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2017 | ހުކުރު 01:08
ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް

ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް

ލޯކަލް ކައުންސިލް އިންތިހާބްގައި ޕީޕީއެމްގެ ޓިކެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިއަދު މެންދުރު ފަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ އިންތިހާބާ ބެހޭ ކޮމެޓީން ބުނީ ހުކުރު ދުވަހު 34 ރަށެއްގައި ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދާނެ ކަމަށެވެ.

ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން 6:00 އަށެވެ.

މާލޭގެ ފަސް ސަރަހައްދެއްގައި ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު އަތޮޅުތަކަށް ހާއްސަކޮށްގެން 12 ވޯޓެއް ބަހައްޓާނެ ކަމަށް އިންތިހާބާ ބެހޭ ކޮމެޓީން ބުނެ އެވެ. ވަކި ވަކި ރަށްތަކުގައި 17 ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަން ވޯޓް ލުމުގެ އިންތިޒާމް ދަރުބާރުގޭގައި ހަމަޖެހިފައިވާނެ ކަމަށް ވެސް އެ ކޮމެޓީން ބުންޏެއެވެ.

ޕްރައިމަރީގައި ވޯޓް ލެވޭނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 15 ކުރިން ޕީޕީއެމްގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ. ޕްރައިމަރީގެ ކަންކަން ބެލެހެއްޓުމަށް ވޯޓްލާ ދާއިރާތަކުން ފޯކަލް ޕޮއިންޓް ތަކެއް ވެސް ވަނީ އެކުލަވާލާފައެވެ.

ޕީޕީއެމްގެ ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދަނީ އެޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ. ޕީޕީއެމްގެ އެތެރޭގައި ކޯޅުން ބޮޑުވެ ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމުން ތައްޔާރުނުވެވޭ ކަމަށް ބުނެ ސިވިލް ކޯޓަށް ރައީސް ޔާމީންގެ ފެކްޝަނުން ހުށައެޅި މައްސަލައާއި ގުޅިގެން އެކޯޓުން ވަނީ އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަނުންގެ މައްޗަށް އަމުރުކޮށްފައެވެ. އިކެލްޝަން ކޮމިޝަނުން އޭޕްރިލް މަހުގެ 8 ވަނަ ދުވަހު އިންތިހާބު ބާއްވާނެކަން އިއުލާންކޮށްފައިވާއިރު ރައީސް މައުމޫންގެ ފެކްޝަނުން ދަނީ އެކޮމިޝަންގެ އިންސާފްވެރިކަމާއި މެދު ސުވާލު އުފައްދަމުނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު