Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގަމު ރީޖަނަލް ހޮސްޕިޓަލް

ގަމު ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމްކޮށްގެން، ޕަބްލިކް ހެލްތާ ގުޅޭ ކޮންފަރެންސެއް ބާއްވަނީ

3 ޑިސެމްބަރު 2022 | ހޮނިހިރު 11:35

މިއީ ގަމު ރީޖަނަލް ހޮސްޕިޓަލުން އަމިއްލައަށް އިންތިޒާމްކުރާ ކޮންފަރެންސެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 ޑިސެމްބަރު 2022 | ހޮނިހިރު 11:35
ގަމު ރީޖަނަލް ހޮސްޕިޓަލް

ގަމު ރީޖަނަލް ހޮސްޕިޓަލް

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން އިންތިޒާމުކޮށްގެން, ޕަބްލިކް ހެލްތު ދާއިރާއާ ގުޅޭ ކޮންފަރެންސެއް ބާއްވަން ނިންމައިފިއެވެ.

ޕަބްލިކް ހެލްތު ދާއިރާގެ ގިނަ ބަޔަކު ބައިވެރިވާގޮތަށް ކުރިއަށްގެންދާ މި ކޮންފަރެންސް އޮންނާނީ 25 ޖެނުއަރީ 2023ން 29 ޖެނުއަރީ 2023އަށެވެ.

Advertisement - newsAdvertisement

ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ސިޔާމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ، މި ކޮންފަރެންސަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ޕަބްލިކް ހެލްތު ދާއިރާއަށް ދޭ އިސްކަން ފާހަގަކޮށް، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެ ހޮސްޕިޓަލުން އަމިއްލައަށް އިސްނަގައިގެން ބާއްވާ ކޮންފަރެންސެއް ކަމަށެވެ. މި ކޮންފަރެންސް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާގޮތަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހޭހަން"ގެ ނަމުގައި ބާއްވާ މި ކޮންފަރެންސުގައި ލ އަތޮޅުގެ ހުރިހާ ހެލްތު ސެންޓަރުތަކުންނާއި، ކައުންސިލާއި، ރީޖަނަލް ހޮސްޕިޓަލްތަކާއި، ބައެއް އަތޮޅު ހޮސްޕިޓަލްތަކާއި ޕަބްލިކް ހެލްތު ދާއިރާގެ ޕްރައިވެޓް ބައެއް ތަންތަނުންވެސް ބައިވެރިވާނެއެވެ. އެގޮތުން، މި ކޮންފަރެންސްގައި 120-150 އާ ދެމެދުގެ އަދަދަކަށް، ޕަބްލިކް ހެލްތު ދާއިރާގެ ފަރާތްތަކުން ބައިވެރިވާނެކަމަށް އެ ހޮސްޕިޓަލުން ލަފާކުރެއެވެ.

ސިޔާމް ވިދާޅުވިގޮތުގައި، މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ލ އަތޮޅުގައި ގައިންގަޔަށް ނާރާ ބަލި ހުރި މިންވަރު ދެނެގަނެ އެ އަދަދުތައް މަދުކުރުމަށް މަސައްކަތްކުރުމެވެ. ފުރަތަމަ ކޮންފަރެންސްގައި ގަމު ހޮސްޕިޓަލުން ކަރުދާހެއް ހުށަހަޅާއިރު، ކޮންމެ އަހަރަކު އަދަދުތައް ދަށަށްދާވަރު ދެނެގަނެ އެކަމާ ގުޅޭގޮތުން ކޮންފަރެންސްގައި މައުލޫމާތު ހިއްސާކުރާނެއެވެ.

ޕަބްލިކް ހެލްތުގެ ދާއިރާގެ ގިނަ ބަޔަކު އެއްވާ މި ކޮންފަރެންސް ގައުމީ ފެންވަރުގައި ކުރިއަށްގެންދިއުމަށް، ކުރިއަށް އޮތް އަހަރުތަކުގައި އެހެން ހޮސްޕިޓަލުތަކުންވެސް ކަރުދާސްތައް ހުށަހެޅުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން އެދެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
08 އެޕްރީލު 2017

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

08 އެޕްރީލު 2017
ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!
15 މާރިޗު 2017

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު
08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
11 ފެބުރުއަރީ 2017

ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި

11 ފެބުރުއަރީ 2017
ލ. ގަމު ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާ މާލެ ގެނެސްފި
10 ފެބުރުއަރީ 2017

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް