Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްވަންއެންވަން

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 މާރިޗު 2017 | ބުދަ 17:07
 ތާޖުއްދީންގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް

ތާޖުއްދީންގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރައީސް ނަޝީދު ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެތުރެމުންދާ ބަލިމަޑުކަމުގެ އަވަސް މައުލޫމާތު ރައްޔިތުންނާ ހަަމައަށް ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެ މަނިކުފާނު ވިދާޅުވީ، ގިނަ މީހުން އެއްތަނަކަށް ތޮއްޖެއްސުމަކީ، ކޮނެވޭ އަނދަވަޅެއްކަމަށެވެ. މާލޭއާއި އަތޮޅުތެރޭގައި ހަލުވިކަމާއިއެކު، މިހާރު ފެތުރެމުންދާ އެޗްވަންއެންވަން އާއި ގުޅިގެން ގިނަ ބަަޔަކަށް މި ބަލި ފެތުރިދާނެކަމުގެ ބިރު އޮތްކަމަށް ސިއްހީ އިދާރާތަކުން ހާމަކޮށްފައި ވާއިރު، ގިނަ ބަޔަކު އެއްތަނެއްގައި ތޮއްޖެހިފައި އޮތުމަކީ މި ބަލި އިންތިހާއަށް ފެތުރުމަށް ހުޅުވިގެންދާ ދޮރެއްކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ބަލީގެ މައުލޫމާތު އަވަސް މިނެއްގައި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭކަމަށް ރައީސް ނަޝީދުވެސް ވިދާޅުވެފައި ވާއިރު، އެޗްއަންއެންވަންއާ ގުޅޭ ގޮތުން ސަރުކާރުން ހާމަކުރި މައުލޫމާތު ވަނީ ފަހުން ބަދަލުކޮށްފަ އެވެ. އެންމެ ފަހުން ބޭއްވި ޕްރެސްގައި އެޗްވަންއެންވަން ނުވަތަ ނުރައްކާތެރި ސްވައިން ފްލޫ ބަލީގައި މިހާތަނަށް އެކަކު ވަނީ މަރުވެފައިވާ ކަމަށް ހާމަކޮށްފައެވެ.

ރޯގާ ފެތުރެމުންދާ މިންވަރަށް ބަލައި ނުރައްކާ ބޮޑުވެ، އެލާޓް ލެވަލް 3 ހެލްތް މިނިސްޓްރީން ހޯމަދުވެހުގެ ރޭ ވަނީ ވަނީ އިއުލާނުކޮށްފައެވެ.

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

ހެލްތުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރިޔާޒް ހުށަހެޅުއްވި މައްސަލަ ބެލުމަށް ކޮމެޓީން ނިންމައިފި

24 އޯގަސްޓު 2017
 ހެލްތުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރިޔާޒް ހުށަހެޅުއްވި މައްސަލަ ބެލުމަށް ކޮމެޓީން ނިންމައިފި
29 ޖުލައި 2017

ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި

29 ޖުލައި 2017
ސާކް ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ހަ ވަނަ ބައްދަލުވުން ފަށައިފި
14 ޖޫން 2017

ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ

14 ޖޫން 2017
ކުރިއާ އަޅާބަލާއިރު ލޭހަދިޔާކުރުމަށް ސަމާލުކަންދޭ މިންވަރު އިތުރު: ހެލްތު މިނިސްޓަރ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު