Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުއްޖަކު މަރުވުން

ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިން ކުއްޖަކު މާލެ ގެންނަނިކޮށް ފްލައިޓްގައި މަރުވި މައްސަލަ ބަލަނީ!

އާއިލާއިން ބުނީ ކުއްޖާ މަރުވީ ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލުން ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 13:30
ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ހޮސްޕިޓަލް

ހދ. ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލުން ކުޑަ ކުއްޖަކު މަރުވި ކަމަށްބުނާ މައްސަލައެއް ފެންމަތިވެ، އެމައްސަލަ ހެލްތު މިނިސްޓްރީ ބަލަން ފަށާފައިވާ ކަމުގެ މައުލޫމާތު މިވަނީ ލިބިފަ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ބުނާ މިމައްސަލާގައި މަރުވެފައި ވަނީ ހދ. ކުމުންދޫ އަރާއިރު، އާދަމް އާސިފް ހަސަން، 4އ.، އެވެ.

Advertisement - newsAdvertisement

މަރުވި ކުއްޖާގެ މަންމަ ހދ. ކުމުންދޫ އަރާއިރު، އައިމިނަތު އާދަމް އާއި ކުޅުދުއްފުށި ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހީމް ވަހީދުގެ އިތުރުން މަރުވި ކުއްޖާގެ އާއިލާއާ ގާތްގުޅުމެއް އަހުމަދު އަޔާން އާއި ޒިޔާދު ހަސަން ކިޔާ ދެމީހަކު ވެސް ވަނީ "ރާއްޖެއެމްވީ"އަށް މައުލޫމާތު ދީފަ އެވެ.

ކުއްޖާގެ މަންމަ އައިމިނަތު އާދަމްގެ ބަސް:

އާސިފްގެ މަންމަ ބުނި ގޮތުގައި އާސިފަކީ ތެލެސީމިއާ އަދި ބްލަޑް ކެންސަރު ފަދަ ބޮޑު ބަޔަކަށް މީގެ ކުރިން ފަރުވާދެމުންދިޔަ ކުއްޖެއް ނޫނެވެ. ނަމަވެސް ކުޅުދުއްފުށި ހޮސްޕިޓަލުގެ ޕްރިސްކްރިޕްޝަންގައި ވަނީ އާސިފަކީ ތެލެސީމިއާ ކުއްޖެއްގެ އިތުރުން ބްލަޑް ކެންސަރު ހުރިމަށް ބުނެ ސުވާލު އުފައްދާފަ އެވެ.

އާމިނަތު ބުނީ މިހާރު ރާއްޖޭގައި އުޅޭ ރޯގާ އާއި އަދި އާސިފް ހުންވައްތަރުވެގެން އާސިފް ދައްކާލުމަށް މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކުޅުދުއްފުއްޓަށް ގޮސް، ކުޅުދުއްފުށި ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. ހޮސްޕިޓަލަށް ދެއްކުމުން ޓެސްޓެއް ވެސް ހެދުމެއް ނެތި އާސިފަށް ވަރަށް ގިނަ ބޭސްތަކެއް ދިން ކަމަށް އާމިނަތު ބުންޏެވެ.

އާމިނަތު ބުނީ އަނބުރާ ރަށަށް ގޮސް އެރޭ އާސިފަށް ކާންދިނުމަށް ފަހު ބޭސް ވެސް ދީ ނިންދެވި ކަމަށެވެ. ނަމަވެސް އެރޭ ދަންވަރު އާސިފަށް އުނދަގޫތަކެއް ވެގެން ތެދުވި ކަމަށާއި އާސިފް ކޮންމެވެސް ވަރަކަށް ރީނދޫވެފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އެހެންކަމުން އާސިފް ކުމުންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އަދި އެތަނުން ދެވެންހުރި ފަރުވާއެއް ދިނުމަށްފަހު ދޫކޮށްލި ކަމަށް އާމިނަތު ބުންޏެވެ.

އާމިނަތު ބުނީ އަންގާރަ ދުވަހު ފެރީން އަނެއްކާ ވެސް ކުޅުދުއްފުއްޓަށް އާސިފް ގޮވައިގެން ދިޔަ ކަމަށެވެ. ކުޅުދުއްފުށި ހޮސްޕިޓަލްގައި އެޑްމިޓް ކުރިއިރު ވެސް އާސިފްގެ ހާލު ސީރިއަސް ނޫން ކަމަށާއި ކައި، ވާހަކަ ދައްކާ ހެދި ކަމަށް އާސިމްގެ މަންމަ އައިމިނަތު ބުނެއެވެ.

އާމިނަތު ބުނީ ހޮސްޕިޓަލު ތެރޭގައި ރޯގާ އުޅޭ ކަމަށް އެ ހޮސްޕިޓަލުން ބުނެ، އައިސީޔޫގައި ބާއްވައިގެން ފަރުވާ ދިނުމަށް ބުނުމުން އެކަމަށް އެއްބަސްވެ، ދެން ފަރުވާ ދެމުންދިޔައީ ކުޅުދުއްފުށި ހޮސްޕިޓަލުގެ އައިސީޔޫން ކަމަށާއި އޭގެ ފަހުން ދަރިފުޅު މާލެ ގެންދަން ހދ. ހަނިމާދޫއަށް ފުރަންދެން ދަރިފުޅު ފެނިފައި ނުވާ ކަމަށެވެ. ދަރިފުޅު ދައްކާލަން އެދުމުން ވެސް އެދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށް އާސިފްގެ މަންމަ އައިމިނަތު ބުނެއެވެ.

އާމިނަތު ބުނީ އައިސީޔޫއަށް ވެއްދުމަށް ފަހު ލޭ އުޅުމަށް އޯ ޕޮޒިޓިވް ލޭ ބޭނުންވާ ވާހަކަ ބުނުމުން ފަސް މީހުން ގެނެސް ކްރޮސްމެޗް ހެދުމުން ވެސް ދިމާ ނުވާ ކަމަށް ބުނެ އެމީހުން ފޮނުވާލި ކަމަށެވެ. އަދި ފަހުން މާލެ ގެންދިއުމަށް ހޮސްޕިޓަލުން ބުނި ކަމަށާއި އެހެންކަމުން ވީހާ ވެސް އަވަހަކަށް މާލެ ގެންދިއުމަށް އެދިފައިވާނެ ކަމަށް އާމިނަތު ބުންޏެވެ. އަދި އިރުކޮޅެއް ފަހުން އާސަންދަ ހަމަޖެހިފައިވާ ކަމަށް ބުނި ކަމަށާއި ނަމަވެސް ފްލައިޓް އަދި ހަމަނުޖެހޭ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް އާމިނަތު ބުންޏެވެ.

އާމިނަތު ބުނީ ހޮސްޕިޓަލުން ކަމެއް ސިއްރު ކުރަން އުޅޭކަން އެނގުމުން އަންގާރަ ދުވަހުގެ ރޭ ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހީމް ވަހީދާ ބައްދަލުކޮށް، ކަންކަން ހިނގަމުންދާ ގޮތް ކިޔައިދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އެއްވެސް މައުލޫމާތެއް ނުދީ ދަރިފުޅު ވެސް ދައްކާފައި ނުވާ ކަމަށް އައިމިނަތު ބުންޏެވެ.

އާމިނަތު ބުނީ ބުދަ ދުވަހުގެ ރޭ 19:25 ގައި ހަނިމާދޫ އެއާރޕޯޓުން މާލެ އަންނަ ފްލައިޓުން ޖާގަ ލިބިގެން، އެ ފްލައިޓަށް އެރުވުމަށް ކުޅުދުއްފުށި ހޮސްޕިޓަލްގެ އައިސީޔޫއިން ކުއްޖާ ނެރެފައިވަނީ 17:30 ގައި ކަމަށެވެ.

އެގޮތުން ސީއެމްބިއުލެންސް ގެންދިޔަ އިރު އޮކްސިޖަން ފުޅި ހުރީ ހުސްވާން ކައިރިވެފައި ކަމަށާއި ސީއެމްބިއުލާންސްގައި ހުރި އޮކްސިޖަން ފުޅި ވެސް ހުރީ ހަލާކުވެފަ ކަމަށެވެ. އެހެންކަމުން އަނެއްކާ އިތުރު އޮކްސިޖަން ފުޅިއެއް ގެނައި ކަމަށް އައިމިނަތު ބުންޏެވެ.

އާމިނަތު ބުނީ އެކުއްޖާއާއެކު ކުޅުދުއްފުށި ހޮސްޕިޓަލުން ބޭރު ނަރުހެއް ފޮނުވި ކަމަށެވެ. އަދި ހަނިމާދޫ އެއާރޕޯޓުން 19:25 ގައި ފްލައިޓް މާލެ އަންނަ ފުރުމަށް ފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ކުއްޖާގެ ވިންދު ހުއްޓުމާ ގުޅިގެން އަނބުރާ ހަނިމާދޫ އެއާރޕޯޓަށް ޖެއްސި ކަމަށެވެ. އަދި އެކުއްޖާ ފްލައިޓުން ބާލައި ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ކުއްޖާ މަރުވެފައިވަނީ ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކަމަށް ވެސް އާމިނަތު ބުންޏެއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހީމް ވަހީދުގެ ބަސް:

އާސިފްގެ މަރުގެ މައްސަލާގައި ވަހީދު ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ވަހީދު ވިދާޅުވީ އެމައްސަލައާ ގުޅުންހުރި ލިޔެކިއުންތައް ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަން މިނިސްޓްރީގެ ސަމާލުކަން ގެނައީ ޝައްކުކުރެވޭ ކަންތައްތަކެއް ހިނގާފައި ވާތީ އެކަން ހެލްތު މިނިސްޓްރީއަށް ރިޕޯޓް ކުރުމުގެ ގޮތުން ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އާސިފް މަރުވުމުގައި ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް އެނގޭނީ ހެލްތު މިނިސްޓްރީން އެމައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށް ވާތީ އޭގެ ކުރިން ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހެލްތް މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ކުއްޖާގެ އާއިލާ އިން ދެކޭ ގޮތުގައި މި މައްސަލާގައި ކުޅުދުއްފުށި ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑެވެ. އަދި އެކަށީގެންވާ ވަރަށް މައުލޫމާތު އާއިލާ އަށް ފޯރުކޮށްދީފައި ނުވާ ކަމަށް ވެސް އާއިލާ އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު