Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އާސަންދަގެ ހިދުމަތް

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

އާސަންދަގެ ހިދުމަތް ބުރާސްފަތި ދުވަހުގެ ރޭ 12:00 އިން ފެށިގެންދެމުންގެންދާ ކަމަށް ސަރުކާރުން ހާމަކުރޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 މެއި 2017 | ހުކުރު 07:49
އޭޑީކޭ ހޮސްޕިޓަލް - ހޮސްޕިޓަލުން ވަނީ އަނެއްކާވެސް އާސަންދަގެ ހިދުމަތް ދިނުމަށް ނިންމައިފަ

އޭޑީކޭ ހޮސްޕިޓަލް - ހޮސްޕިޓަލުން ވަނީ އަނެއްކާވެސް އާސަންދަގެ ހިދުމަތް ދިނުމަށް ނިންމައިފަ

ކުއްލިގޮތަކަށް، އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުލިބޭގޮތަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، ނިމުމަކަށް ގެނައި، އާސަންދަގެ ހިދުމަތް އަނެއްކާވެސް އޭޑިކޭ ހޮސްޕިޓަލުންދޭން ފަށައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާސަންދަގެ ހިދުމަތް އަލުން ފެށުމަށް، އާސަންދަ ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ 12:00 އިން ފެށިގެން އާސަންދަގެ ހިދުމަތް ހޮސްޕިޓަލުން ދެމުންގެންދާކަމަށް، އެ ހޮސްޕިޓަލުން ބުނެ އެވެ.

Advertisement - newsAdvertisement

ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުދިނުމަށް ސަރުކާރުން ނިންމާފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިއުލާންކުރަމުންދަނިކޮށް، މި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭރުގައި އިއުލާންކުރަމުންގެންދިޔަ ނަތީޖާތައް ދައްކަމުންދިޔަގޮތުން ސަރުކާރު އޮތީ، އިންތިހާބުގައި ބޮޑު ތަފާތަކުން ބަލިވެފަ އެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކޮށްފައިވަނީ އޭގެ 24 ގަޑިއިރު ފަހުންނެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި، ސަރުކަރުގެ 100 އިންސައްތަ ހިއްސާ އޮންނަ އާސަންދަ ކުންފުނިން، އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުދިނުމަށް ނިންމީ، ސަރުކާރާ އެއްވެސް މަޝްވަރާކުރުމެއް ނެތި އެވެ. އަދި އެ ނިންމުމުގައި ސަރުކާރުގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް ނޯންނާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުންނުދާތީ، ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި އިސްރާފު އުޅޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ދަނީ ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އާސަންދަ ނިޒާމަކީ ހަރަދު ބޮޑު ނިޒާމެއްކަމަށް ރައީސް އޮފީހުން ހާމަކުރިއިރު، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންދޭން ފެށި އާސަންދައިގެ ނިޒާމަކީ، ކަމުދާ އެއްޗެއް ނޫންކަމަށް ބުނެ، "ހުސްނުވާ އާސަންދަ" ނަމަށް، ނަން ބަދަލުކޮށް، ޕޮލިސީ އަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު