Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޕެނަލްޓީގައި އަދިވެސް މިކްނިއޭވިޗްގެ 1 ނަންބަރަކީ ލެވަންޑޯސްކީ

މެކްސިކޯ މެޗުގައި ލެވަންޑޯސްކީގެ ޕެނަލްޓީ ކާމިޔާބުނުވެ، މެޗު އެެއްވަރުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ނޮވެމްބަރު 2022 | ހޮނިހިރު 02:27
ޕޮލޭންޑުގެ ކޯޗު މިކްނިއޭވިޗް

ޕޮލޭންޑުގެ ކޯޗު މިކްނިއޭވިޗް

ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ އަދިވެސް އެއް ނަންބަރު ކުޅުންތެރިޔަކީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ކަމަށް، ޕޮލޭންޑުގެ ކޯޗު ޗެސްލޯ މިކްނިއޭވިޗް ބުނެފިއެވެ.

މިކްނިއޭވިޗް މިހެން ބުނީ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުންނެވެ. މުބާރާތުގައި ޕޮލޭންޑުގެ ފުރަތަމަ މެޗުގައި މެކްސިކޯ އަތުން އެއްވަރުވީ ލެވަންޑޯސްކީގެ ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ. ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ މެކްސިކޯގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

ޕްރެސްގައި ވާހަކަ ދައްކަމުން މިކްނިއޭވިޗް ބުނީ، އެ މެޗަށްފަހު އޭނާ ވަކިވަކިން ކޮންމެ ކުޅުންތެރިޔަކާ ވާހަކަދެއްކިކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ޕެނަލްޓީއެއް ލިބިއްޖެ ނަމަ ޖަހާނީ ލެވަންޑޯސްކީ ކަމަށެވެ. ފޯވާޑެއްގެ ހައިސިއްޔަތުން ޕެނަލްޓީ ޖަހާނެތޯ ނޫންތޯ ނިންމާނީ ލެވަންޑޯސްކީ އަމިއްލައަށް ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނީ އެހެން ކުޅުންތެރިޔަކަށް ފުރުސަތު ދޭނީތޯވެސް ނިންމާނީ ލެވަންޑޯސްކީ ކަމަށާއި، ނަމަވެސް ލެވަންޑޯސްކީ ފެންނަނީ ލަނޑު ޖެހުމަށް ވަރަށް ތައްޔާރަށް ހުރި މަންޒަރު ކަމަށެވެ.

އޭނާ ބުނީ ސައޫދީ މެޗަކީ ކިހާ މުހިންމު މެޗެއް ކަަމާއި، މުޅި މެޗުގެ މާނަ ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. ޓީމު އޮތީ ހަމަޖެހިގެން ޕްރެޝަރެއް ނެތި ކަމަށެވެ. މީގެ އިތުރުން، މެޗަށް ފޯކަސްކޮށްގެން ތިބިކަން ފާހަގަ ކުރަމުން އޭނާ ބުނީ، ކޯޗިންގ ސްޓާފުންނާއި ކުޅުންތެރިން ވަރަށް ރަނގަޅަށް މެޗު އެނަލިސިސް ހަދާފައިވާނެ ކަމަށެވެ. އޭނާ ބުނީ ކޮންމެ ޓީމަކީވެސް ވަރުގަދަ ޓީމެއްކަން ނަތިޖާއިން ހާމަވާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މިކްނިއޭވިޗް ބުނީ، އޭނާ ބްރެޒިލްގެ މެޗު ވަރަށް ރަނގަޅަށް ބެލި ކަމަށެވެ. މެޗުގެ ކުރިން ފޭވަރިޓުންނަކީ ބްރެޒިލް ކަމަށާއި، ނަމަވެސް ސާބިއާ އަތުން މޮޅުވުން ވެގެންދިޔައީ ބްރެޒިލަށް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އޭނާ ބުނީ އެންމެ މުހިންމު ނަތީޖާއާއި، ލިބޭ ނަތީޖާތަކުގެ މައްޗަށް އެމީހުން ވާހަކަ ދައްކާ ކަމަށެވެ. އަދި މޮޅުވާ ބަޔަކަށް ތާރީޚުން ޖާގަ ލިބޭނެ ކަމަށާއި، ޕޮލޭންޑުގެ މަގުސަދަކީ އެ ޖާގަ ހޯދުން ކަމަށެވެ.

ޕޮލޭންޑުން ސައޫދީއާ ދެކޮޅަށް ކުޅޭނީ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން 18:00ގައެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2017

ވެރާޓީ ހޯދުމަށް ބަޔާން އިން ކުރާ މަސައްކަތް އަދިވެސް ހުއްޓައެއްނުލާ!

17 ޖޫން 2017
ވެރާޓީ ހޯދުމަށް ބަޔާން އިން ކުރާ މަސައްކަތް އަދިވެސް ހުއްޓައެއްނުލާ!
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
10 މެއި 2017

ޕެނަލްޓީގައި ވީކޭ ބަލިކޮށް ކުޑަ ހެންވޭރު ފައިނަލަށް

10 މެއި 2017
ޕެނަލްޓީގައި ވީކޭ ބަލިކޮށް ކުޑަ ހެންވޭރު ފައިނަލަށް
05 މެއި 2017

ނިއުގެ 16 އަހަރާއި 19 އަހަރުން ދަށުގެ ސެލެކްޝަން އަށް ބޮޑު ތަރުހީބެއް، އަދިވެސް ބައިވެރިވެވޭނެ

05 މެއި 2017
ނިއުގެ 16 އަހަރާއި 19 އަހަރުން ދަށުގެ ސެލެކްޝަން އަށް ބޮޑު ތަރުހީބެއް، އަދިވެސް ބައިވެރިވެވޭނެ
14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
26 ފެބުރުއަރީ 2017

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

26 ފެބުރުއަރީ 2017
ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު