Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެންޓޯނިއޯ ކޮންޓޭ

ލީގް ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރެވޭ، 29 ޕޮއިންޓް އަދި ބޭނުން: ކޮންޓޭ

ކުރިޔަށް އޮތް 13 މެޗުން 29 ޕޮއިންޓް ބޭނުން: ކޮންޓޭ

ލީވާން އަލީ
ލީވާން އަލީ | 26 ފެބުރުއަރީ 2017 | އާދީއްތަ 10:22
ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިދާނެކަމަށް އަދިވެސް ގަބޫލް ނުކުރާ ކަމަށާއި، އެކަން ކަށަވަރުކުރުމަށް އަދިވެސް އިތުރު 29 ޕޮއިންޓް ބޭނުންވާ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ސްވަންސީ އަތުން 1-3 ގެ ނަތީޖާއިން ޗެލްސީ މޮޅުވި މެޗަށްފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުނީ 11 ޕޮއިންޓްގެ ލީޑަކާއެކު ޗެލްސީ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް ނަމަވެސް އެއީ ވިސްނަން ޖެހޭ ކަމެއް ނޫން ކަމަށާއި، އަދިވެސް އިތުރަށް ޗެލްސީން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ޗެލްސީއާ މި ސީޒަނަށް އަލަށް ހަވާލުވި ކޮންޓޭ ބުނީ ލީގު ކަށަވަރު ކުރުމަށް އޭނާ ބޭނުންވަނީ ކުރިޔަށް އޮތް 13 މެޗުން 29 ޕޮއިންޓް ބޭނުންވާ ކަމަށާއި، އެކަމަށް މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. ސްވަންސީ އާއި ޗެލްސީ ބައްދަލުކުރި މެޗަށް އަލިއަޅުވާލަމުން ކޮންޓޭ ބުނީ މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ޗެލްސީ ކަމަށާއި، ސްވަންސީ އަށް މެޗުގައި ރަނގަޅު ކުޅުން ދެއްކުމުގެ ފުރުސަތުވެސް އެޓީމުން ނުދޭ ކަމަށެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީ މިވީތަނަށް 32 މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ އޭގެ ތެރެއިން 25 މެޗުން މޮޅުވެފައެވެ. ބާކީ ތިން މެޗުން އެޓީމު އެއްވަރުވިއިރު، އަނެއް ހަތަރު މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އިޓަލީ ގައުމީ ޓީމަށްވެސް ކުރިން ކުޅުނު މިހާރު 47 އަހަރުގެ ކޮންޓޭ ވަނީ އޭނާ ފުޓުބޯޅަ ކުޅުނު ދުވަސްވަރު އިޓަލީގެ ބައެއް ކްލަބްތަކަށް ކުޅެފައެވެ. އެގޮތުން އޭނާ ވަނީ އިޓަލީގެ ޗެމްޕިއަން ޔުވަންޓަސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ

14 މާރިޗު 2017
ޗެލްސީގެ އެއް ނަންބަރަކީ އަދިވެސް އަހަރެން: މޮރީނިއޯ
12 މާރިޗު 2017

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

12 މާރިޗު 2017
ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ
01 މާރިޗު 2017

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!
18 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް

18 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ބަންގަލަދޭޝް ލީގް ޗެމްޕިއަން ބަލިކޮށް ޓީސީއަށް އުންމީދީ ފެށުމެއް
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު