Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާކޯ ވެރާޓީ

ވެރާޓީ ހޯދުމަށް ބަޔާން އިން ކުރާ މަސައްކަތް އަދިވެސް ހުއްޓައެއްނުލާ!

ވެރާޓީ ވަނީ ޕީއެސްޖީގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައި

ލީވާން އަލީ
ލީވާން އަލީ | 17 ޖޫން 2017 | ހޮނިހިރު 14:04
ޕީއެސްޖީއަށް ކުޅެމުން އަންނަ މާކޯ ވެރާޓީ

ޕީއެސްޖީއަށް ކުޅެމުން އަންނަ މާކޯ ވެރާޓީ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މިޑްފިލްޑަރު މާކޯ ވެރާޓީ ހޯދުމުގެ މަސައްކަތް އަދިވެސް ބަޔާން މިއުނިކުން ހުއްޓާނުލާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބިލްޑް އިން ބުނީ ވެރާޓީ ހޯދުމަށް ބަޔާން އިން އަންނަނީ މަސައްކަތްކުރަމުން ކަމަށާއި، އެގޮތުން ވަރަށް އަވަހަށް އޭނާއަށް އެ ކްލަބުން ބިޑްކުރާނެ ކަމަށެވެ.

ބާސެލޯނާ އަދި ލިޔޯން އިންވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ވެރާޓީ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ބައެއް ކްލަބްތައްވެސް ހިމެނެއެވެ.

އެހެންނަމަވެސް ޕީއެސްޖީގެ ކޯޗު ކާލޯ އެންޗޮލޮޓީ ވެރާޓީ ވިއްކާލަން ބޭނުންނުވާކަމަށާއި، ދިގު މުއްދަތެއްގައި ކްލަބުގައި ވެރާޓީ ބަހައްޓަން އެންޗޮލޮޓީ ބޭނުންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕީއެސްޖީއާ 2012 ވަނަ އަހަރު ގުޅުނު ވެރާޓީ ވަނީ އެ ކްލަބުގައި 2020 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން ނިންމާފައެވެ. އެގޮތުން އެގޮތުން ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަމުން ވެރާޓީ ބުނީ މީގެ ހަތަރު އަހަރު ކުރިން އޭނާ ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކަމަށާއި، އަދިވެސް އެ ހުވަފެން ހަގީގަތަކަށް ހަދަން އޭނާ ބޭނުންވާ ކަމަށެވެ.

ވެރާޓީ ވަނީ ޕީއެސްޖީއާއެކު ހޭދަކުރި ފަސް ސީޒަނުގައި 201 މެޗު ކުޅެދީ ހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި އެއް ލަނޑު ކާމިޔާބުކޮށްފަ އެވެ. ވެރާޓީ ވަނީ ހަތަރު ލީގު ތަށި، ދެ ލީގް ކަޕް، ހަތަރު ފްރެންޗް ސުޕާކަޕް ކާމިޔާބުކޮށްފަ އެވެ. މީގެއިތުރުން އޭނާ ވަނީ ސެރީއާ ބީގެ ޕެސްކާރާއާ އެކުވެސް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު