Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓީސީ ސ.ކ

ޓީސީގެ ރޭންކަކީ އަދިވެސް ފަހަތުން ދެވަނަ: ނިޒާމްބެ

ޓީސީ އަކީ ލީގުގައި މާމޮޅު ޓީމެއް ނޫން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 12 މާރިޗު 2017 | އާދީއްތަ 16:58
ޓީސީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކްލަބުގެ ހެޑް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)

ޓީސީ ސްޕޯޓްސް ކްލަބުން ބޮޑު މުބާރާތެއްގެ ތަށި ހޯދި ނަމަވެސް ރާއްޖޭގައި ނަމަ އަދިވެސް އެ ކްލަބަކީ މާމޮޅު ޓީމެއް ނޫން ކަމަށާއި އެހެން ކަމުން އެޓީމުގެ ރޭންކަކީ ސީޒަނުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ފަހަތުގައިވާ ޓީމު ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ނިޒާމްބެ ބުނީ މިދިޔަ ސީޒަނަށް ބަލާއިރު ޓީސީއަކީ ހުރިހާ ގޮތަކުން ވެސް ދެވަނަ ޓީމު ކަމަށާއި އެގޮތަށް ޓީމުގެ ކުޅުންތެރިންނަށް ވެސް ވިސްނައިދެމުން އަންނަ ކަމަށެވެ.

ފާއިތުވި ސީޒަނާއި މި ސީޒަނުގައި ޓީސީގެ ކުޅުމުގެ ފެންވަރަށް ބަލާއިރު، އެތަށް ގޮތަކުން ތަފާތުތަކެއް އައިސްފައިވާ ފާހަގަކުރަމުން ނިޒާމްބެ ބުނީ އެއް އަހަރުން އަނެއް އަހަރަށް ޓީމުތައް ތައްޔާރުވާއިރު އެތަށް ގޮތަކުން އެޓީމުތަކަށް ބަދަލުތައް އަންނަމުންދާ ކަމަށާއި އެކަން ކޮންމެ އަހަރެއްގެ ވެސް ސީޒަން ނިމި އަނެއް ސީޒަނަށް ކުރިމަތިލާއިރު ފެންނަމުން އަންނަ ކަމަށެވެ.

ނިޒާމްބެ ބުނީ ބޭރު ގައުމެއްގައި ކުރިއަށްދިޔަ މުބާރާތަކުން ކިތަންމެ ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް ޓީސީއަކީ މާލޭގައި ލީގުގައި ވާދަކުރާ ޓީމުތަކާއި ދާދި އެއް ވަރަކަށް ޕާފޯމްކުރާ ޓީމެއް ކަމަށެވެ. އެގޮތުން ކޮންމެ ޓީމަކާ ދެކޮޅަށް ނުކުންނަން ޖެހުނަސް އެޓީމުގެ ފުލް ސްޓްރެންތް އެ މެޗެއްގައި ފެނިގެންދާނެ ކަމަށް ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ މި ސީޒަން ފެށުމަށްޓަކައި ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ކުޅޭ މެޗު ވެގެންދާނީ މުހިންމު މެޗަކަށް ކަމަށާއި އަދި އެ މެޗެއްގެ ތިން ޕޮއިންޓް ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.

ޓީސީ ވަނީ މާލޭ ލީގުގައި ކްލަބު ވެލެންސިޔާއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.

ޓީސީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންގާރަ ދުވަހު ހަވީރު ބައްދަލުކުރާނީ ފާއިތުވި ސީޒަންގެ ލީގުގެ ހަތަރުވަނަ ޔުނައިޓެޑް ވިކްޓްރީއާ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު