Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑް

ޔުނައިޓެޑުގެ ދަނޑު ބޭރުގައި ހަރުކޮށްފައި ހުރި ރޮނާލްޑޯގެ ޕޯސްޓަރުތައް ނައްޓާލައިފި

ޔުނައިޓެޑުގެ ދަނޑު ބޭރުގައި ހުރި ޕޯސްޓަރުގައި ފެންނަނީ ރޮނާލްޑޯގެ އިތުރުން އެ ކުލަބުގެ 7 ނަންބަރު ޖާޒީގައި ކުޅެފައިވާ ބައެެއް އެހެން ކުޅުންތެރިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 06:18
ޔުނައިޓެޑުގެ ދަނޑު ބޭރުގައި ހުރި ޕޯސްޓަރު ނަގަނީ

ޔުނައިޓެޑުގެ ދަނޑު ބޭރުގައި ހުރި ޕޯސްޓަރު ނަގަނީ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފެންނަ ގޮތަށް ހަރުކޮށްފައިވާ ޕޯސްޓަރުތައް ނައްޓާލައިފިއެވެ.

މި ޕޯސްޓަރުތައް ނައްޓާލާފައިވަނީ ދާދި ފަހުން ރޮނާލްޑޯ ޕިއަސް މޯގަން އަށް ދިން އިންޓަވިޔުއެއްގައި ޔުނައިޓެޑުގެ އިސްވެރިންނާއި، ކޯޗު އެރިކް ޓެން ހާގާއި، ޔުނައިޓެޑަށް ބަހުގެ ހަމަލާތަކެއް ފޮނުވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޔުނައިޓެޑުގެ ދަނޑު ބޭރުގައި ހުރި ޕޯސްޓަރުގައި ފެންނަނީ ރޮނާލްޑޯގެ އިތުރުން އެ ކުލަބުގެ ހަތް ނަންބަރު ޖާޒީގައި ކުޅެފައިވާ ބައެެއް އެހެން ކުޅުންތެރިންނެވެ. އެ ޕޯސްޓަރަކީ އެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ހަރުކޮށްފައިވާ ޕޯސްޓަރެކެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ޕޯސްޓަރުތައް ނައްޓާލުމުގެ މަސައްކަތްކޮށްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އަދި އެ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ޕޯސްޓަރުގައި ވަނީ ރޮނާލްޑޯގެ އިތުރުން ޑޭވިޑް ބެކަމް، ބްރަޔަން ރޮބްސަން އަދި އަންހެން ޓީމުގެ އެލާ ޓޫންއެވެ. އެ ވާހަކަ ގެނެސްދީ ސްކައި ސްޕޯޓްސް ނިއުސް އިން ކޮށްފައިވާ ޓުވީޓެއް ޕިއަސް މޯގަން އިން ވަނީ ރީޓުވީޓުކޮށް "ސޯ ޕްރިޓީ" ޖަހާފައެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ޕޯސްޓަރުތައް ނައްޓާލީ އެ ތަނުގައި ރަގްބީ ލީގު ވޯލްޑް ކަޕްގެ ޕޯސްޓަރުތައް ހަރުކުރުމަށެވެ. ރަގްބީ ލީގު ވޯލްޑް ކަޕްގެ އަންހެން އަދި ފިރިހެން ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ޔުނައިޓެޑުގެ ދަނޑުގައެވެ. މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެއީ އެ މުބާރާތް އޮންނަ ކޮންމެ ފަހަރަކު ވެސް ކަންތައް ކުރަމުން އަންނަ ގޮތް ކަމަށެވެ.

ރޮނާލްޑޯގެ އިންޓަވިޔުގެ ސަބަބުން ޔުނައިޓެޑުން ވަނީ ބަޔާނެއް ވެސް ނެރިފައެވެ.

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
11 މާރިޗު 2017

މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ

11 މާރިޗު 2017
މިއީ ބޭނުންވި ނަތީޖާއެއް ނޫން، ޓީމު ތެރޭގައި ކަންތައްތަކެއް އެބަހުރި: ފެސްކޯ
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު