Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

ގޮނޑި ޖެހުމުން އިތުރަށް ދަނޑު ތަރައްގީ ވެގެންދާނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2017 | އަންގާރަ 21:31
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ދަނޑަށް ގެންނަ ބަދަލުތަކާއެކު މުޅި ދަނޑުގައި ތިން ވައްތަރެއްގެ ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ. އެފްއޭއެމުން ބުނީ ގަލޮޅު ދަނޑަކީ ބެލުންތެރިންނަށް ހިތްހަމަ ޖެހިލައިގެން މެޗުތައް ބެލޭނެ ތަނަކަށް ހެދުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ އަހަރުގެ ސީޒަނުގައި ދަނޑު ފެނިގެންދާނީ މުޅިން ތަފާތުކޮށް ކަމަށެވެ. އެގޮތުން މުޅި ދަނޑުގައި ތިން ވައްތަރެއްގެ ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ބަޔަކާ ހަވާލުކުރަން ނިންމާ، އެކަން ކޮށްދޭނެ ރަނގަޅު ބަޔަކު ހޯދުމުގެ މަސައްކަތް ވެސް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެ އެވެ. ދަނޑުގެ އުތުރާއި ދެކުނު ފަޅީގައި އެއް ވައްތަރުގެ ގޮނޑި ޖަހާއިރު އެކޮމަޑޭޝަން ބްލޮކް ހިމެނޭ ފަޅި އާއި ރޮސްޓޮމްގެ ދެފަޅީގައި ޖަހާނީ އެއްވަރުގެ ގޮނޑި އެވެ. އަދި މީގެ އިތުރުން ވީއައިޕީ އޭރިޔާގައި ވެސް ތަފާތު ހިތް ގައިމު ގޮނޑިއެއް ޖެހުމަށް ވަނީ ނިންމާފަ އެވެ. ގައުމީ ސްޓޭޑިއަމްއަށް މިހާރު ވަދެވެނީ ގާތްގަޑަކަށް 8500 މީހުންނަށެވެ. އެހެން ކަމުން ދަނޑުގައި މުޅިން އާގޮނޑި ޖެހުމުން ދަނޑުގެ ޖާގައިގެ އަދަދު އުޅޭނީ ގާތް ގަޑަކަށް 6200 ގައެވެ. ބޮޑު ބަދަލުތަކަކާ އެކު މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗް އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ކުޅުމަށް އެފްއޭއެމްއިން ވަނީ ނިންމާފަ އެވެ. އެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެމެޗުގައި ބައްދަލުކުރާ ދެޓީމަކީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި އެފްއޭ ކަޕް ޗެމްޕިއަން ކްލަބް ވެލެންސިއާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

މޮލްޑޯވާ އިން ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނަ ގަތަރު ހިފަހައްޓައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު