Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެމިއާ ލީގު

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

ފަހު މެޗުތަކަށް ނުކުތުމުގެ ކުރިން ޗެލްސީއަށް މުހިއްމު މޮޅެއް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 19 މާރިޗު 2017 | އާދީއްތަ 11:43
ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ވިލިއަން

ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ވިލިއަން

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ސްޓޯކް ސިޓީ ބަލިކޮށް ޗެލްސީ އިން 13 ޕޮއިންޓްގެ ލީޑެއް ހޯދިއިރު، 11 މަސް ދުވަހަށް ފަހު ރަށުން ބޭރުގައި ރަށުން ބޭރުގައި ކުޅުނު މެޗަކުން ލެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ފަހު ވަގުތު ގެރީ ކަހިލްގެ ގޯލަކުން ރަށުން ބޭރުގައި ޗެލްސީން ސްޓޯކްގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ 13 ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ ލިބުނު ހިލޭ ޖެހުމަކުން ވިލިއަން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓޯކް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.

ސްޓޯކްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޖޮނަތަން ވޯލްޓާސް އެވެ. މި ޕެނަލްޓީއަކީ ސްޓޯކްގެ ވޯލްޓާސް އަށް ޗެލްސީގެ ކޭހިލް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ކޭހިލް ކުރި ފައުލަކާއި ގުޅިގެން ނަތީޖާ ހަމަހަމަވެގެން މެޗު ނިމެންދަނިކޮށް ޗެލްސީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކޭހިލް ޖަހާފައިވަނީ 87 ވަނަ މިނެޓުގައެވެ.

ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ޗެލްސީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑް ނުކުޅެއެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ނަތީޖާއާއެކު ޗެލްސީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ.

އެގާރަ މަސް ދުވަހަށްފަހު ރަށުން ބޭރުގައި ކުޅުނު މެޗަކުން ލެސްޓާ މޮޅުވެފައި މިވަނީ ވެސްޓް ހޭމް ޔުނައިޓެޑްގެ އަތުންނެވެ.

ލެސްޓާ އެންމެ ފަހުން ރަށުން ބޭރުގައި މޮޅުވީ މިދިޔަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހު ސަންޑަލެންޑް އަތުން 2-0 އިންނެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެސްޓްހަމް އަތުން ލެސްޓާ މޮޅުވީ 3-2 އިންނެވެ. މިމެޗުގެ ފުރަތަމަ ދެ ލަނޑު ފެނިފައިވަނީ ފުރަތަމަ ހާފުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައެވެ.

މި ދެލަނޑު ފެނިފައިވަނީ ރިޔާޒް މަހްރޭޒާއި ރޮބަޓް ހޫތުގެ ފަރާތުންނެވެ. ލެސްޓާއި ދެގޯލާއިއެކު އެޓީމުން ގޭމް ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް މެޗުގެ 20 ވަނަ މިނެޓުގައި ވެސްޓްހޭމް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ފުރަތަމަ ހާފްގެ 20 ވަނަ މިނެޓުގައި ވެސްޓްހޭމްއަށް ލަނޑު ޖަހައިދިނީ މެނުއަލް ލަންޒިނީއެވެ. ނަމަވެސް އޭގެ 18 މިނެޓު ފަހުން ޖެމީ ވާޑީ އެވެ.

ލެސްޓާގެ ތިން ވަނަ ލަނޑު 38 ވަނަ މިނެޓުގައި ފެނުނު އިރު، ވެސްޓްހަމް އިން އިތުރު ލަނޑެއް ޖަހާފައިވަނީ ފަހުހާފްގައެވެ. 63 ވަނަ މިނެޓުގައި މިލަނޑުޖެހީ އަންދްރޭ އަޔޫ އެވެ.

މިދިޔަ ސީޒަން ކާމިޔާބު ކުރިނަމަވެސް މިފަހަރު ރެލިގޭޝަންގެ ބިރާ ކުރިމަތިލާންޖެހުނު ލެސްޓާ މިހާރު އޮތީ 30 ޕޮއިންޓާއިއެކު ތާވަލްގެ 15 ވަނަގައެވެ.

މި ސީޒަނުގައި ލެސްޓާއިން ހޯދަމުންދިޔަ ދަށްނަތީޖާތަކުގެ ސަބަބުން އެކުލަބަށް މިދިޔަ ސީޒަން ކާމިޔާބުކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަނީ މަޤާމުން ވަކިކޮށްފައެވެ.

ރަނިއޭރީ ވަކިކުރުމަށްފަހު މިސީޒަންގެ ނިޔަލަށް ލެސްޓާގެ ކޯޗަކަށް ހަމަޖެއްސީ އެސިސްޓެންޓް ކޯޗު ޝޭކްސްޕިއާއެވެ. އޭގެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ލެސްޓާ ވަނީ މޮޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު