Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމެލޭޝިއާގެ ރަށްފުށަށް އުޖާލާކަން

މެލޭޝިއާގެ ތާރީޚު ނުދެކޭ ފަދަ ތަރައްޤީގެ ބިޔަ މަޝްރޫއާއެކު ރަށްފުށަށް އުޖާލާކަން

14 ނޮވެމްބަރު 2022 | ހޯމަ 02:48

ކުރިއަށް އޮތްތަނުގައި އިވެމުން ދާނީ ޤައުމުގެ އެންމެ ކުރިއަރާފައިވާ ސަރަޙައްދުތަކުން އަންނަ މީހުންނާއި މުދާ، ގަޑިއަކު 160 ކިލޯމީޓަރު ބާރުމިނުގައި އުފުލާ އަޑު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 14 ނޮވެމްބަރު 2022 | ހޯމަ 02:48
ކެލަންޓާންއަކީ، ޔުނިވަރސިޓީއިން ދަސްވެނިވެފައިވާ ނިކް ފިރުދައުސް ނިކް ދީން ފަދަ ޒުވާނުންނަށްވެސް ވަޒީފާ ލިބުން ތަކުލީފަކަށް ވެފައިވާ ސަރަޙައްދެއް

ކެލަންޓާންއަކީ، ޔުނިވަރސިޓީއިން ދަސްވެނިވެފައިވާ ނިކް ފިރުދައުސް ނިކް ދީން ފަދަ ޒުވާނުންނަށްވެސް ވަޒީފާ ލިބުން ތަކުލީފަކަށް ވެފައިވާ ސަރަޙައްދެއް

އެތައް ބިލިއަން ޑޮލަރެއްގެ އަގު ހުރި، 655 ކިލޯމީޓަރު ދިގު، އީސްޓްކޯސްޓް ރެއިލް ލިންކް (އީސީއާރްއެލް)އަކީ، މެލޭޝިއާގެ ތާރީޚު ދެކެފައި ނުވާ ވަރުގެ، ޢުމްރާނީ ތަރައްޤީގެ އެންމެ ބިޔަ މަޝްރޫއެވެ. މަޝްރޫއުގެ މޭސްތިރިއެއްގެ ގޮތުގައި އޮތީ ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ ނުވަތަ ސީ.ސީ.ސީ.ސީއެވެ.

އީސްޓްކޯސްޓް ރެއިލް ލިންކްއަކީ ތަރައްޤީގެ ފޮނިކަން އާރުލާފައިވާ މެލޭޝިއާގެ ވެރިކަން ކުރާ ސަރަޙައްދާއި ބަނދަރުތައް ހިމެނޭ ހުޅަނގާއި، އިރުމަތީ އައްސޭރިފަށުގެ ބަނދަރަކާއި ސިނާއީ ޕާކެއް ގުޅާލަދޭ މާސިންގާ މަގެކެވެ.

އީސްޓްކޯސްޓް ރެއިލް ލިންކު ތަރައްޤީ ކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމުގައި ވީ ނަމަވެސް، މިހާރުވެސް އެކަމުގެ ފައިދާ، މެލޭޝިއާގެ އެންމެ ދަށް ފަންތީގެ ސަރަޙައްދުތަކަށް ވަނީ ފޯރަން ފަށާފައެވެ. ވިޔަފާރިތައް މެކުހަށް ޖެހެމުން ދާއިރު، ވަޒީފާގެ ފުރުޞަތުގެ ނަޒަރިއްޔާއިން ބެލި ކަމުގައި ވީ ނަމަވެސް ފެންނަނީ އުޖާލާ ކަމެވެ.

މެލެޝިއާގެ އިރުއިތުރުގެ ސަރަޙައްދެއް ކަމަށް ވާ ކެލަންޓާންއަކީ މައިގަނޑު ގޮތެއްގައި ފަޤީރު، އަދި ރަށްފުށުގެ އާދައިގެ ދިރިއުޅުމެއް ފެތުރިފައިވާ ސަރަޙައްދަކަށް ވާއިރު، އެއީ މެލޭޝިއާގެ އެންމެ ފަޤީރު ސަރަޙައްދުތަކުގެ ތެރޭގައިވެސް ހިމެނޭ ސަރަޙައްދެކެވެ.

ނަމަވެސް، މިއަދު އެ ސަރަޙައްދުގައި ގުގުމުން ދަނީ އީސްޓްކޯސްޓް ރެއިލް ލިންކްގެ ތަރައްޤީގެ އަޑުފަށްގަނޑެވެ. ކުރިއަށް އޮތްތަނުގައި އިވެމުން ދާނީ ޤައުމުގެ އެންމެ ކުރިއަރާފައިވާ ސަރަޙައްދުތަކުން އަންނަ މީހުންނާއި މުދާ، ގަޑިއަކު 160 ކިލޯމީޓަރު ބާރުމިނުގައި އުފުލާ އަޑެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މެލޭޝިއާގެ ސަރުކާރަށް އެރި ގިނަ ލޮޅުންތަކާއި، ރޫޓު ބަދަލުވުމާއި، މޫސުމީ ކާރިޘާތަކާއި ވެއްޓަށް ކުރިމަތިވި ނޭދެވޭ ބަދަލުތަކުގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަން ފަދަ ގިނަ ގޮންޖެހުންތަކަކާއެކުގައިވެސް ސީ.ސީ.ސީ.ސީއިން ވަނީ އީސްޓްކޯސްޓް ރެއިލް ލިންކްގެ މަޝްރޫއު އަމާޒުން ކަސިޔާރު ވިޔަ ނުދީ ހިފަހައްޓާލާފައެވެ.

ކެލަންޓާންއަކީ ޔުނިވަރސިޓީއިން ދަސްވެނިވެފައިވާ ނިކް ފިރުދައުސް ނިކް ދީން ފަދަ ޒުވާނުންނަށްވެސް ވަޒީފާ ލިބުން ތަކުލީފަކަށް ވެފައިވާ ސަރަޙައްދެކެވެ.

ކަން މިހެން އޮތް ނަމަވެސް، އީސްޓްކޯސްޓް ރެއިލް ލިންކް މަޝްރޫއާއެކު، ކުދި ކުންފުނިތަކަށް ވަނީ، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށްދޭނެ މަގު ތަނަވަސްވެފައެވެ.

ސީ.ސީ.ސީ.ސީއިން ވަނީ މިދިޔަ އަހަރުތަކުގައި، ތަރައްޤީގެ ނަމުގައި މެލޭޝިއާގައި އިތުރު މަޝްރޫއުތަކެއްވެސް ހިންގާފައެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި، ބުރިޖާއި ހައިވޭތައް އެޅުމުގެއިތުރުން ރޭލު ދަތުރުފަތުރުގެ ނިޒާމް އަޕްގްރޭޑް ކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

އީސްޓްކޯސްޓް ރެއިލް ލިންކް (އީސީއާރްއެލް)ގެ މަސައްކަތް މުޅިން ނިންމާލަން ކަނޑައަޅާފައި ވަނީ 2026 ވަނަ އަހަރަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 މާރިޗު 2018

ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟

01 މާރިޗު 2018
ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟
27 ފެބުރުއަރީ 2018

ގަދަފަދަ ވިޔަސް ނިމުން އަންނާނެ!

27 ފެބުރުއަރީ 2018
ގަދަފަދަ ވިޔަސް ނިމުން އަންނާނެ!
24 ފެބުރުއަރީ 2018

ހަމަ އަޖައިބެއް ފަދަ ބައެއް....!

24 ފެބުރުއަރީ 2018
ހަމަ އަޖައިބެއް ފަދަ ބައެއް....!
25 ޖެނުއަރީ 2018

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

25 ޖެނުއަރީ 2018
ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް
01 ޖެނުއަރީ 2018

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

01 ޖެނުއަރީ 2018
ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ
30 ޑިސެމްބަރު 2017

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

30 ޑިސެމްބަރު 2017
2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!
02 އޮކްޓޯބަރު 2017

ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...

02 އޮކްޓޯބަރު 2017
ކޮންފަދަ ނަސީބެއްތޯއެ މީ ޔާމީން މިގައުމުގަ ލެއްވުމީ...
20 ޖޫން 2017

ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!

20 ޖޫން 2017
 ރޯޔަލް ޕްރޮޓޮކޯލް މުގުރާލައްވައި، ޕްރިންސް ވިލިއަމް މަންމާފުޅު ޑަޔާނާ ފަދަ ބޭފުޅަކަށް!
07 މާރިޗު 2017

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް