Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިލްސިލާ މުޒާހަރާ

ހަމަ އަޖައިބެއް ފަދަ ބައެއް....!

ކޮންމެ ރެއަކުވެސް މުޒާހަރާގެ ތެރެއިން އެތައް ބައެއްގެ ލޮލަށް ޕެޕަރ ސްޕރޭގެ އަސަރު ކުރޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2018 | ހޮނިހިރު 04:51
ގުޅިފައިވާ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން

ގުޅިފައިވާ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން

އުތީމު ތިންބެއިންގެ ވާހަކައާއި ދޮންބަންޑާރައިންގެ ވާހަކަ ދައްކަނީ އެބޭފުޅުން ޤައުމަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. އާކުރާން ޖެހޭ ފަޚުރުވެރި ޙިކުމަތު ޢަމަލީއެއް ބޭނުން ކުރައްވައިގެން ޤައުމު ސަލާމަތްކޮށް ދެއްވީތީއެވެ. އެކަމަށްޓަކައި އުފުލި ބުރަޔާއި ކުރިމަތިވި ގޮންޖެހުންތަކަށް ފަސްޖެހުމެއް ނެތި ކުރެއްވި އަގުހުރި ޖިހާދުގެ ސަބަބުންނެވެ. އެތައް ރެއެއްގެ ހަމަ ނިދި ނަގާލާ އަނގަމަތި މަސްއޮޑިއެއްގައި އެކުރެއްވި މިންނަތް މަސައްކަތުގެ ބުރަކަމުންނެވެ.

ރާއްޖެ މިވަނީ އަނެއްކާވެސް ނުބައި ފައްތަރެއްގައެވެ. ކޮރަޕްޝަނުން މުޅި ޤައުމު ފޯވެއްޖެއެވެ. ހައްލުކުރަން ދަތިވާހާ މިންވަރަށް ފަސާދަ ޢާއްމުވެއްޖެއެވެ. ދައުލަތް ބެހިފައިވާ ތިންބާރު އެއްބައެއްގެ އަތްމައްޗަށް އަރާ މުޅި ޤައުމު އަޅުވެތިވެއްޖެއެވެ. ހަމަޔާ އިންސާފް ނެތިގޮސް އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެއެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ މުޅި ދުސްތޫރަކީ ވަކިބަޔަކު ހިތުހުރިހާ ގޮތަކަށް މޮޑެން އޮތް ފުށްގަނޑަކަށްވެ ޤާނޫނުގެ ވެރިކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިހާލަތައް އައިއިރު ހިތްވަރުކޮށްފައި ޤައުމު ހަމަޔަކަށް އެޅުވޭތޯ ނުކުމެ އުޅޭ ފަހުލަވާނުންކޮޅެއް އަނެއްކާ ވެސް ފެންނަން ފަށައިފިއެވެ. މިއީކީ އާދައިގެ ބައެއް ނޫނެވެ. ހިތްވަރުގަދަ ބައެކެވެ. އަޖައިބުން ފުރިގެންވާ ބައެކެވެ.

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރު ތަންފީޒް ކުރުމަށް ގޮވާލާ ޝުޢޫރު ފާޅުކޮށް އިހުތިޖާޖަށް ނުކުމެ ދުލެއް ނުދީ އެއްވާމެއްގައި އެކަން ކުރާތާ މިހާރު ބަރާބަރު މަހަކާ ގާތްވީއެވެ. ކޮންމެރެއަކުވެސް އެވެރިން ނުކުންނަނީ އުފާވެރި މޫނަކައިގެންނެވެ. ހިނިތުންވުމާއެކުގައެވެ. ޖަހަމުންދާ ލަވަޔަށް ހެޔޮވަރު ވަރަކަށް ފައިހަމަކޮށް ހިސާބަކަށް ފަރި ހަރަކާތްތަކަކާވެސް އެކުގައެވެ. ދެމުންދާ ސްޕީޗްތަކުން ލިބޭ ހިތްވަރަށް މުޅި ހިސާބު ގުގުމާލާވަރަށް އަތްތިލަބަޑިވެސް ޖަހަމުންނެވެ.

ކިޔަމަންތެރިކަމާއެކު މަގުގެ ދެފަރާތާއި އެމްޑީޕީ ޖަގަހައިގެ ތެރޭގައި ތިބެގެން އެއަޑު އުފުލަމުން ދަނީ ސުލްހަވެރިކަމާއެކުގައެވެ. އިސާހިތަކު މަތިން އަންނަ އޯޑަރަށް އެވެރިންނާ ކުރިމަތިވަނީ އޮހެމުންދާ ވާރޭހެން ބުރުވާލެވޭ ލޯހުޅުވާލަން ނުކެރޭވަރުގެ ޕެޕަރ ސްޕްރޭއިންނެވެ. ދަރިންފަދަ ޒުވާން ކުދިންކޮޅެއްގެ އަނގައިން ބޭރުވާނެ ކަމަށް ހީވެސް ނުކުރާވަރުގެ ބަސްމަގަކާއެކު އެދައްކާލާ ގަދަބަދަވި ކަމަކާއެވެ. ހަރުކަށިކަމާއެކު ކޮއްޕާ ގަޅުވަމުން އަދި ނުވިތާކަށް އަތްއިސްކުރަމުން ހަމައެއް ލަމައެއް ނެތި ދެމުންދާ އަނިޔާތަކާއެވެ.

އެކަމަކު ރީތިވަނީ ދެން އެފެންނަ މަންޒަރުތަކުންނެވެ. ހިތްގައިމީ އެދައްކާލާ ކުލަވަރުތަކުންނެވެ. އެއިން ފުލުހަކާ ދެކޮޅަށް އަތްވެސް މަޅާ ނުލާތީއެވެ. ކޮންމެ ރެއަކުމެ އެއްގޮތަކަށް އެއަނިޔާ ލިބެމުންދާއިރުވެސް އެއިން ފުލުހަކަށް ހަމަލާދީ މާރާމާރީއެއް ހިންގާން ހިތަށް ވެސް ނާރާތީއެވެ. ހިސާބަކަށް ރުޅިގަދަވާ ކުދި ސޮރުމެންނާ ލޭމައްޗަށް ދާވަރުގެ ދުވަސްވީ މީހުންވެސް ކޮންޓްރޯލްކޮށް އަތްއިސްކުރިއަނުދީ ތަރުތީބު ދެމުން ދާތީއެވެ. މުޒާހަރާ ނިމުމާއެކު ވަކިވަކިން އޭގެ ފުލުހަކު ފެނުނަސް ހިތްބުރަ ކަމެއް ނުބާއްވާތީއެވެ. އަމުދުން އެހާޖާނުގެ ތެރޭގައި އުޅޭ ފުލުހަކު ވެއްޓި ކަމެއް ވިއަސް އެމީހުން ނަގާ ހޭހަން ކުރާ ބަޔަކަށް ހަމައެމުޒާހަރާކުރާމީހުން ވާތީއެވެ.

އަޖައިބުވެ އަންތަރީސް ވަނީ އަދި މުޅިން އެހެންކަމަކާ ހެދިއެވެ. ކޮންމެ ރެއަކުވެސް އުފަލުން ނަށަމުން އަންނަ މީހުން އެނބުރި އެދަނީ ކަރުނައިން ފޯވެގެންނެވެ. އެކަމަކު ދިމާވި ހިތްދަތިކަމަކުން ފައިބާ ކަރުނައަކުން ނޫނެވެ. ހައިކޮށްލުމެއް ނެތި ޖެހި ކަރުނަ ގޭހުގެ އަސަރުކޮށްގެންނެވެ. އެއްބަޔަކު ހޮސްޕިޓަލަށް ގޮސް ފަރުވާވެސް ލިބިގެން ނޫނީ ގެއަކަށް ނުދެވެއެވެ. އަތާފައި ބިނދި ބޮލުން ތަންގަނޑެއްވެސް ފަޅައިގެން ދަނީކީވެސް މަދެއްކަ ފަހަރަކު ނޫނެވެ.

އެކަމަކު ނިކަން ބައްލަވާށެވެ. ޖެހިގެން އަންނަރޭ އަނެއްކާވެސް ހަމަ އެނުކުންނަނީ އެމީހުންނެވެ. ހަމަ އެ ޖޯޝުގައެވެ. ނުގުޑާފަދަ އަޒުމާ އެހިތްވަރުގައެވެ. ހިސާބަކަށް މޭކަޕް ކޮށްލައިގެން ނުކުމެ އެދައްކާލާ ރީތި ހިނިތުންވުމާއެކުގައެވެ. ކުރީ ރޭ ހިނގައިދިޔަ އެއްވެސް ކަމެއްގެ ކުޑަވެސް އަސަރެއް އެއިން މީހެއްގެ މޫނުމަތިން ފާޅުވެސް ކޮށްނުލާ ތިބެގެންނެވެ.

ނޫނޭވާ މިއީކީ އާދައިގެ ބައެއް ނޫނެވެ. އަޖައިބުން ފުރިފައިވާ މިސާލެއްފަދަ ބައެކެވެ. ޤައުމަށްޓަކައި ޤައުމުގެ ކުރިމަގަށްޓަކައި އަދި އަންނާން އޮތް ޖީލުތަކަށްޓަކައި ކަށިން ހިތްވަރު ނެރެގެން ފަހަށް ނުޖެހި މަސައްކަތް ކުރާ ބައެކެވެ. އެވެރިން އެބުނަނީ ހަމަ އެންމެ ވާހަކައެކެވެ. އެވެރިންގެ އެޖޯޝާއި ފޯރި ކައްކުވާލާ އެލަވައިގާ އެބުނާ ވާހަކަ ތަކެވެ.

"ދުރަށް ދާންވީހޭ މުޅި ޤައުމު އެކީ ދީފައި. ބަލަން ތިބެންވީހޭ މިރާއްޖެ އެކީ ދީފައި"

ކޮމެންޓް

އިތުރަށް ކިޔާލަން

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު