Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސްޓޭޖް މަތިން ފެނުނީ ތަރައްޤީގެ އައު އުސްމިނަކަށް ގައުމު ގޮސްފައިވާ ތަނެވެ

ސަރުކާރުން ދީން ހިމާޔަތް ކުރާވަރު އައު އަހަރުގެ ޝޯވ އިން ފެނޭ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2018 | ހޯމަ 13:37
އައު އަަހަރުގެ ޝޯވ ޤައުމީ ޓީވީއިން ވަގުތުން ދައްކަމުންދިޔައިރު ނަގާފައިވާ ސްކްރީންޝޮޓެއް

އައު އަަހަރުގެ ޝޯވ ޤައުމީ ޓީވީއިން ވަގުތުން ދައްކަމުންދިޔައިރު ނަގާފައިވާ ސްކްރީންޝޮޓެއް

ސަރުކާރުގެ ދީންވެރިކަމާއިމެދު އަޅުގަނޑު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ދީނަށްޓަކައި، ގައުމަށްޓަކައި ފޫގަޅާލައިގެން މުޅި ސަރުކާރު އުޅޭވަރުން އަޅުގަނޑު ހުރީ މިވަރެއްނެތޭ ހީވެފައެވެ. ޖަލްސާއެއްގައި ވާހަކަ ދެއްކިޔަސް، ޓީވީ ޝޯވ އަކަށް އެރިޔަސް، ސަރުކާރުގެ ބޭފުޅުން ދައްކާތީ އިވެނީ ދީނުގެ ވާހަކައެވެ. ދީން ހިމާޔަތްކުރާ ވާހަކައެވެ. ސަރުކާރުގައި އުޅުއްވާ އަންހެން ބޭފުޅުން ދަރިފުޅަށް ގާތުން ދޭއިރުވެސް އެކުއްޖާ ކައިރީ ކިޔާތީ އިވެނީ ދަރިފުޅު ބުއް ނުބޮއެފިއްޔާ މިގައުމުން އިސްލާމްދީން ފޮހެވިގެން ހިނގައިދާނޭ ކިޔައި އަޑެވެ. ކުއްޖަކު ނުކެޔަސް ކިޔަނީ އެހެންނެވެ. މީހަކާ ހިތާވާންވިޔަސް އެމީހާ ކައިރީގައި ދައްކާތީ އިވެނީވެސް އެވާހަކައެވެ. މިހެން އުޅެނިކޮށް ނިއު އިޔަރ އަތުވެއްޖެ އެވެ.

އަލިމަސް ކާނިވަލުގައި މާބޮޑު ޝޯވ އެއް އޮންނަ ވާހަކަ އަޑުއިވިގެން އަޅުގަނޑުވެސް ޝޯވ ބަލަން އިށީނދެއްޖައީމެވެ. އޭރު ސިޓިންގރޫމުގައި އަޅުގަނޑުގެ މަންމައާއި ބައްޕަގެ އިތުރުން، އަންހެނުންނާއި މައިދައިތައާއި ބަފައިބެވެސް ތިއްބެވެ. ވަރަށް ރޮއެގެން ދަރިސޮރުވެސް ޝޯވ ބަލަން އިށީނދެއްޖެއެވެ. ޝޯވ ފަށައިފިއެވެ. ރައީސްގެ ދެކަނބަލުންވެސް ވަޑައިގެންފިއެވެ. ސަރުކާރުގެ ހަރުކުލައިގެ މީހުން ކުރީ ސަފުތައް ފުރާލައިފިއެވެ. ޝޯވ ދައްކަމުންދިޔައީ ދައުލަތުގެ މީޑިއާ އިންނެވެ. އައިޓަމްތައް ފެށުމާއެކު ސިޓިންގރޫމުގައި ތިބި މީހުންގެ ފޯރި ކެނޑެން ފަށައިފިއެވެ. ސްޓޭޖްމަތިން ފެންނަމުންދިޔަ މަންޒަރުތަކުން ބައެއް މީހުން ލަދުން އުޅޭހެން ހީވާން ފަށައިފިއެވެ. އައިޓަމްތަކަށް ނަށަން އަރަމުންދިޔައީ ރީތި ކުދިންނެވެ. އެއަށްވުރެ ރީތީ އެކުދިން އަޅައިގެންތިބި ހެދުމެވެ. އެކަމަކު އެތެރޭގައި ހުންނަންވާ ހުރިހާ އެއްޗެއް ހުރީ ބޭރުގައެވެ. ލޮލު ހާލަތު ހުރި ގޮތުންވެސް ކަންނޭނގެއެވެ. މަންމައާއި ބައްޕަ އަދި މައިދައިތައާއި ބަފައިބެ، ރުޅިއައިސްގެން ތެދުވެގެން ހިނގައްޖެއެވެ. އެމީހުންނަށް ހީވީ ނަށާކުދިންގެ ގައިގާ އެދޭތިކޮޅު ނޫން އެހެން އެއްޗެއް ނެތްހެންނެވެ. އެކަމަކު ރަނގަޅަށް ބަލައިލުމުން ހަނގަނޑު ކުލައިގެ ބާރު އެއްޗެއް އެމީހުންގެ ގަޔަށް މަހާފައި ހުއްޓެވެ. އަޅާފައިހުރި އެއްޗެހި އަޅާފައި ހުރީ އޭގެ މަތިންނެވެ.

ކުއްލިއަކަށް މިފެނުނު މަންޒަރުތަކުން ލިބުނު ހައިރާންކަމުގައި ޓީވީ ބަލަން ދަރިސޮރު އިން މަތިންވެސް ހަނދާން ނެތުނީއެވެ. އެސޮރު އެތަނުން ފޮނުވާލީ އަންހެނުންނެވެ. އޭރުވެސް ރައީސްގެ ދެކަނބަލުންނާއި ދައުލަތުގެ ބޮޑުން އެކުދިންގެ ހަރަކާތްތައް ބައްލަވަން ސްޓޭޖް ކުރިމަތީގައި ތިއްބެވިއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ރައީސް އެވިދާޅުވާ ތަރައްޤީއާއި ތަމައްދުން މިހިރަ ފެންނަނީތާއެވެ. ބޭރުން ގެންނަވާނެ ކަމަށް ވިދާޅުވި ބިޔަ ބޮޑެތި މަޝްރޫޢުތައް ކުރިމަތީގައި މިހިރަ އުފުލެނީތާއެވެ. ފެންނަމުންދިޔަ މަންޒަރުތަކުން އަޅުގަނޑަށްވެސް ބަލަން އިނދެވުނީއެވެ. ހޭވެރިކަންވީ އަންހެނުން ރުޅިއައުމުންނެވެ. ތީދެން ފުކެއް ބޮޑުވަރެކޭ، ފޯރިއެއް އެބަހުރިތާއޭ، ތީ އަދި މަ ހުންނަ ތަނުގައި ވާވަރޭ، މަ ނެތް ތަންތާނގައި އުޅޭނީ ކިހިނެއްހޭ ކިޔާފައި ގޮސް އަންހެނުން ކޮޓަރިއަށް ވަދެއްޖެއެވެ. ވިސްނައިލެވުނީ އެހާ ހިސާބުންނެވެ. އޭރުވެސް ލަވަޔަކަށްފަހު ލަވައެއް ކުރިއަށްދެއެވެ.

ކުއްލިއަކަށް ހަނދާނަށް އައީ ސަރުކާރުގެ ދީންވެރިކަމުގެ މަތިންނެވެ. މީހަކު ޓްވީޓެއް ކުރިއަސް، ފޭސްބުކްގައި ޕޯސްޓެއް ލިޔުނަސް ފުއްމައިގެން ނިކުންނަ ސަރުކާރުގެ ވެރިން އެތިބީ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ކުރިމަތީގައި އަނގަ ހުޅުވި، ތަލިން ކުޅު ހިކިފައެވެ. ވިންދުތައް އަވަސްވެ، ލޭގެ ހިނގުމަށްވެސް އަސަރުކޮށްފައެވެ. މިވާގޮތް ވިސްނުމުން އަޅުގަނޑު ޓީވީ ނިއްވާލައިފީމެވެ. އެކަމަކު ކޮޓަރިއަކަށް ނުވަދެވުނެވެ. ރުޅިއައިސްގެން ގޮސް އަންހެނުން ކޮޓަރި ތަޅުލީއެވެ.

ފޯން ހިފައިގެން އަޅުގަނޑު ނިކުތީ ބޭރަށެވެ. ދެން އަޅުގަނޑު ގުޅީ ރައްޓެހި ޝޭހަކަށެވެ. ސަރުކާރުގެ ބޭފުޅަކަށެވެ. އަޅުގަނޑަށް ގުޅާލެވުނުއިރު، ޝޯވގައި ނީނދެވިގެން އޭނާވެސް ނިކުތީއެވެ. ޝޯވ ކިހިނެތްހޭ، މިކަމާއިމެދު ބުނަނީ ކީކޭހޭ އަހާލުމުން އޭނާ ބުނީ، އޭނާ އަށްވީ މާދެރަގޮތެއް ކަމަށެވެ. ސްޓޭޖް މަތިން ފެންނަ މަންޒަރުތައް ނުބަލަންވެގެން އިސްޖަގައިގެން އިނދެފައި، އިސް އުފުލާލާ ކޮންމެ ފަހަރަކު ސްޓޭޖް މަތިން ފެންނަނީ ބޮޑެތި ގުއްބުތަކާއި މުންނާރުތައް ކަމަށެވެ. ވާނީވެސް އެހެންތާއެވެ. ކައިރީގައި ހުރީ މިސްކިތެކެވެ. އަނެއްކޮޅުން މިސަރުކާރަކީ ދީނީ ކަންކަމަށް އެހާ އިސްކަންދޭ ސަރުކާރެކެވެ. ކައިވަތަކުން ކައިވަތަކުން މިސްކިތް އަޅާ ކަމަށް ބުނެ ވާހަކަ ފަތުރާ ބަޔެކެވެ. ފަހަތުގައި އޮތީ މިސްކިތެއް އަޅަން ހުސްކޮށްފައިއޮތް ބިމެކެވެ. ފަންޑުވެސް އޮތީ ލިބިފައެވެ. އެހެންވީމާ، ބަލާލި ކޮންމެ ދިމާލަކުން ބޮޑެތި ގުއްބުތައް ނުފެންނާންވީ ސަބަބެއްނެތެވެ. މުންނާރުތައް ނުފެންނާންވީ ސަބަބެއްވެސް ނެތެވެ. އޭރު އަޅުގަނޑުގެ އެކުވެރިޔާ ހުރީ އަޅުގަނޑަށް ގުޅައިގެން ހުރިއިރުވެސް ރުޅިއައިސްފައެވެ. އޭނާ އަށް ގޯސްވީ އެކުދިންނެވެ. އެތެރޭގައި ހުންނަން ޖެހޭ އެއްޗެހި ބޭރުގައި ހުރީމައެވެ. އޭނާ އަޅުގަނޑު ކައިރީގައި ބުނީ، ވެރިމީހާގެ މައްސަލައެއް ނެތް ކަމުގައެވެ. ޝޯވ އިންތިޒާމްކުރީ އެހެން ބައެއް ކަމުގައެވެ. އެހެންވެ ވެރިމީހާއަށް އެކުދިން އަޅާނެ ހެދުމަކާއި، ގައިގޯޅި ވާނެ ވަރެއް ނޭނގޭނެ ކަމުގައެވެ. ދެން އެހެން ނޫނަސް އެކަހަލަ ތަނަކަށް ގޮސްފައި ޝޯވ ނުނިމެނިސް ނިކުމެގެން ދިޔުމަކީވެސް ނަށަން އަރާ ތިބި ކުދިންގެ ޝަރަފަށްޓަކައިވެސް ވެރިޔަކު ކުރައްވަން ރަނގަޅު ކަމެއް ނޫނޭވެސް އޭނާ ބުންޏެވެ.

އޭނާ ދެއްކި ވާހަކަތަކަށް ހިތްހަމަނުޖެހިގެން، ވިކިފައިތިއްބަސް ތީދެން ތަންކޮޅެއް ބޮޑުވަރޭ، ސަރުކާރުގެ ތަރައްގީގެ އުސްމިންތައް މިކަހަލަ ގޮތަކަށް ފެނިދާނެ ކަމަކަށް ކުރިޔަކުން ހިތަކަށްވެސް ނާރައޭ ބުނެފައި އަޅުގަނޑު ފޯނު ކަނޑާލައިފީމެވެ.

ޝޯވ ނިމެންދެން ބޭރުގައި ހުރެފައި ގެއަށްވަދެ އަނެއްކާވެސް ޓީވީ ހުޅުވާލައިފީމެވެ. އޭރު ދައްކަނީ ނުރަސްމީ ބައެވެ. ޒަމާނީ ކުދިން ބުނާ ގޮތުންނަމަ ޑީޖޭ އެކެވެ. އޭރު މުޅި ތަނަށް އެއްވެފައިއޮތްހާ މީހުން ނަށަނީއެވެ. އެކަކު އަނެކަކުގެ ގައިގާ އުނގުޅެނީއެވެ. އެސަރަހައްދު އޮތީ ކުރިއަށްވުރެ އަނދިރިކޮށެވެ. އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައީ ސަލާމަތީ ބާރުތަކުންނެވެ. އެމަންޒަރުތައްވެސް އެހެން ޗެނަލް އަކުން ލައިވް ކުރަމުންދިޔައެވެ. ބޮއެފައިހުރި ފުޅިތައްވެސް ބިންމަތިން ފެންނަމުންދެއެވެ. ހިތަށްއެރިއެވެ. ކުށަކަށް ވަނީ ލަންކާ އަށް ގޮސް ނައިޓް ކްލަބަކަށް ވަނުމުންނެވެ. އެއީ އެތަން ހިޔާކޮށް އުޑު ނުފެންނަ ގޮތަށް ހަދާފައި ހުންނާތީ ކަންނޭނގެއެވެ. މިފެންނަނީވެސް ނައިޓް ކްލަބެކެވެ. ތަފާތަކީ ހިޔާކޮށްފައި ނެތް ކަމެވެ. އުޑު ފެންނަ ގޮތަށް ހާމަޔަށް ތިބެގެން ނަށާކަމެވެ. ފުލުހުން ހިމާޔަތް ދޭ ކަމެވެ. ޗެނަލްތަކުން އެމަންޒަރުތައް ލައިވް ކުރާ ކަމެވެ.

ސަރުކާރަކަށް ދީންވެރި ވެވޭނީ މިވަރަކަށެވެ. އެއީ ދެން ޝައްކު ކުރާނެ ކަމެއް އޮތް ވާހަކަ އެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

އިންވެސްމަންޓް ފޯރަމްތަކަށް ހޭދަކުރި ބޭކާރު ފައިސާގެ މަތިން ހަނދާން ނައްތާލަންވީތޯ؟

29 ޖެނުއަރީ 2018
ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

ގަމު ހަވިއްތަ: ލޯ ކުރިމަތިން ގެއްލިދާނެ!

03 ޖެނުއަރީ 2018
މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

މަތިންދާބޯޓު އެކްސިޑެންޓްތައް: އިންޑަސްޓްރީ އޮތީ ބޮއްސުންލާފައި

24 ނޮވެމްބަރު 2017
އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން  ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

އާމްދަނީ ހޯދޭނެ އައު ކަންތައްތަކުން ސަރުކާރަށް ލިބުނީ"އީ" ގްރޭޑް

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު