Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބުރޫނާއީ

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

14 އޯގަސްޓު 2026 | ހުކުރު 13:54

ބްރޫނާއީގެ ރަސްގެފާނުގެ ދަރިކަލުން ޕްރިންސް އަބްދުލް މާލިކްގެ އަނބިކަނބަލުން ރާބިއަތުލް އަދަވިއްޔާގެ އުޅުއްވުން ހުރިގޮތުން، ޝާހީ އާއިލާގެ އަބުރަށް ގެއްލުންވާ ކަމަށް ބުނެ އެކަމަނާގެ ޝާހީ ލަގަބުތައް ރަސްގެފާނު ބާތިލުކުރައްވައިފި. މި ނިންމެވުމާއެކު އެކަމަނާގެ ލަގަބު ވަގުތުން އަތުލާފައިވީ ނަމަވެސް، ދެމަފިރިން ވަރިވިކަން ރަސްމީކޮށް އިއުލާނުކޮށްފައިނުވާތީ އެކަމަނާއަކީ އަދިވެސް ޝާހީ އާއިލާގެ މެންބަރެއް

ރާއްޖެ އެމްވީ | 14 އޯގަސްޓު 2026 | ހުކުރު 13:54
ބުރުނާއީގެ ޕްރިންސް އަބްދުލް މާލިކް އަދި ރާބިއަތުލް އަދަވިއްޔާ 2015 އޭޕްރިލް 12 ވަނަ ދުވަހު ބަންދަރު ސެރީ ބެގަވަންގައި ހުންނަ ނޫރުލް އީމާން ގަނޑުވަރުގައި އަލަތު ކައިވެނީގެ ހަފްލާގައި

ބުރުނާއީގެ ޕްރިންސް އަބްދުލް މާލިކް އަދި ރާބިއަތުލް އަދަވިއްޔާ 2015 އޭޕްރިލް 12 ވަނަ ދުވަހު ބަންދަރު ސެރީ ބެގަވަންގައި ހުންނަ ނޫރުލް އީމާން ގަނޑުވަރުގައި އަލަތު ކައިވެނީގެ ހަފްލާގައި | ރޮއިޓާސް

ބްރޫނާއީގެ ރަސްގެފާނުގެ އާއިލާގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ "އަދަބުވެރިކަން ނެތުމުގެ" ސަބަބުން، އެ ގައުމުގެ ރަސްގެފާނުގެ ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް އަތުލައްވައިފި އެވެ.

ބްރޫނާއީގެ ރަސްގެފާނު ސުލްޠާން ޙަސަނުލް ބުލްކިޔާގެ ދަރިކަލުންގެ އަނބިކަނބަލުންގެ އުޅުން ހުރިގޮތުން، އެކަމަނާއަކީ ޝާހީ އާއިލާގެ މެންބަރަކަށް ވުމަށް އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އެކަމަނާގެ ހުރިހާ ލަގަބުތަކެއް ރަސްގެފާނު ވަނީ އަތުލައްވާފަ އެވެ.

ބްރޫނާއީ ދާރުއްސަލާމްގެ އޮފީސް އޮފް ދަ ގްރޭންޑް ޗެމްބަލިންއިން މި މަހުގެ ކުރީކޮޅު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސުލްޠާން ޙަސަނުލް ބުލްކިޔާ ނެރުއްވި ގަރާރަކާ ގުޅިގެން އެ ލަގަބުތައް ވަނީ "ވަގުތުން އަމަލުކުރާ ގޮތަށް" ބާތިލުކުރައްވާފަ އެވެ.

ކުއާލަލަމްޕޫރުގައި 2025 އޮކްޓޫބަރު 26 ގައި ބޭއްވި އާސިއާން ސަމިޓުގައި ބްރޫނާއީގެ ސުލްޠާން ޙަސަނުލް ބުލްކިޔާ ބައިވެރިވެވަޑައިގަންނަވަނީ

ކުއާލަލަމްޕޫރުގައި 2025 އޮކްޓޫބަރު 26 ގައި ބޭއްވި އާސިއާން ސަމިޓުގައި ބްރޫނާއީގެ ސުލްޠާން ޙަސަނުލް ބުލްކިޔާ ބައިވެރިވެވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާބިއަތުލް އަދަވިއްޔާގެ ލަގަބުތައް އަތުލާފައިވަނީ ޝާހީ އާއިލާގެ މެންބަރެއްގެ އަނބިކަނބަލެއްގެ ކިބައިން ފެނިގެންނުވާނެ ފަދަ އުޅުމެއް އެކަމަނާގެ ކިބައިން ފެނިފައިވާތީ ކަމަށެވެ. އަދި އެކަމަނާގެ އަމަލުތަކުގެ ސަބަބުން ޝާހީ އާއިލާގެ އަބުރަށް ހުތުރުވެ، ސުލްޠާން ޙާޖީ ޙަސަނުލް ބުލްކިޔާއަށް އޮންނަންޖެހޭ އިހުތިރާމް ކުޑަވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

އުމުރުފުޅުން 33 އަހަރުގެ ރާބިއަތުލް އަދަވިއްޔާއަކީ، ބްރޫނާއީގެ ތަޚުތަށް އިސްކުރެވޭ ތަރުތީބުގެ ހަތަރުވަނައިގައި ހުންނެވި، އުމުރުފުޅުން 43 އަހަރުގެ ޕްރިންސް އަބްދުލް މާލިކްގެ އަނބިކަނބަލުންނެވެ.

އެކަމަނާ ކުރެއްވި ކަމެއްގެ ތަފްސީލު ހާމަކުރުމެއް ނެތި، އެ ގައުމުގެ ދައުލަތުގެ މީޑިއާ ކަމަށްވާ އާރް.ޓީ.ބީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާބިއަތުލް އަދަވިއްޔާގެ އަމަލުތަކުގެ ސަބަބުން ރަސްގެފާނަށް އޮންނަންޖެހޭ އިހުތިރާމް ކުޑަވެ، ޝާހީ އާއިލާގެ އަބުރަށް ވަނީ ގެއްލުން ލިބިފަ އެވެ.

އޮފީސް އޮފް ދަ ގްރޭންޑް ޗެމްބަލިންއިންވެސް އެކަމަނާގެ ފަރާތުން ފެނުނު "އެކަށީގެންނުވާ އުޅުމާ" ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ނިންމުމާއެކު، ރާބިއަތުލް އަދަވިއްޔާއަށް މީގެ ކުރިން އަރުވާފައިވާ "ޔަންގް އަމާތު މުލިއާ ޕެންގިރަން އަނަކް އިސްތެރީ" ގެ ލަގަބު މިހާރު ވަނީ ގެއްލިފަ އެވެ.

މިކަން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ރަސްގެފާނު ޝާހީ އާއިލާގެ މެންބަރެއްގެ ލަގަބު އަތުލެއްވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2003 ވަނަ އަހަރު، އެމަނިކުފާނުގެ ދެވަނަ އަނބިކަނބަލުން މަރިޔަމް އަބްދުލް އަޒީޒް ވަރިކުރެއްވުމަށްފަހު، އެކަމަނާގެ ޝާހީ ލަގަބުތައްވެސް ވަނީ އަތުލައްވާފަ އެވެ.

ހަމައެއާއެކު، 2010 ވަނަ އަހަރު އެމަނިކުފާނުގެ ތިންވަނަ އަނބިކަނބަލުން އަޒްރިނާޒް މަޒްހަރު ޙަކީމް ވަރިކުރެއްވުމަށްފަހުވެސް ރަސްގެފާނު ވަނީ ހަމަ އެފަދައިން އަމަލުކުރައްވާފަ އެވެ.

ނަމަވެސް، ރާބިއަތުލް އަދަވިއްޔާގެ މައްސަލަ މިއާ ތަފާތެވެ. އެކަމަނާއަކީ ރަސްގެފާނުގެ ދަރިކަލުންގެ އަނބިކަނބަލުން ކަމަށްވާތީ، އެކަމަނާއަކީ އަދިވެސް ޝާހީ އާއިލާގެ މެންބަރެކެވެ. އަދި އެ ދެމަފިރިން ވަރިވިކަމުގެ އެއްވެސް ރަސްމީ އިއުލާނެއް މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

ރާބިއަތުލް އަދަވިއްޔާ ޕްރިންސް އަބްދުލް މާލިކްއާ ކައިވެނި ބައްލަވައިގަތީ 2015 ވަނަ އަހަރު، ބްރޫނާއީގެ ވެރިރަށް ބަންދަރު ސެރީ ބެގަވަންގައި ހުންނަ ޝާހީ ގަނޑުވަރުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ދިހަ ދުވަހުގެ މުއްދަތަށް ދެމިގެންދިޔަ އެ ކައިވެނީގެ ހަފުލާތަކުގައި އެތައް ހާސް މެހުމާނުންނެއް ބައިވެރިވި އެވެ.

މި ދެމަފިރިންގެ ހަތަރު ބޭފުޅުން ތިއްބަވަ އެވެ. އެއީ އުމުރުފުޅުން 10 އަހަރުގެ ޕްރިންސަސް މުތީއާ، އަށް އަހަރުގެ ޕްރިންސަސް ފާތިއްޔާ، ހަ އަހަރުގެ ޕްރިންސަސް ޚާލިޝާ އަދި 16 މަހުގެ ޕްރިންސަސް ނަބީލާ އެވެ. ރިޕޯޓުތައް ބުނާގޮތުގައި މި ކުދިންގެ ޝާހީ ލަގަބުތަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ޕްރިންސް އަބްދުލް މާލިކަކީ ރަސްގެފާނުގެ ފުރަތަމަ އަނބިކަނބަލުން ރާނީ ސާލިހާގެ ބޭފުޅެކެވެ. އެމަނިކުފާނަކީ ތިން ކައިވެންޏަކުން ރަސްގެފާނަށް ލިބިވަޑައިގެންފައިވާ 12 ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ.

އުމުރުފުޅުން 80 އަހަރުގެ ސުލްޠާން ޙަސަނުލް ބުލްކިޔާއަކީ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުޑަ ގައުމެއް ކަމަށްވާ ބްރޫނާއީގެ އެންމެ މަތީ ވެރިޔާ އެވެ.

މިހާރު ދުނިޔޭގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ރަސްކަލަކީވެސް 1968 ވަނަ އަހަރު 29 ވަނަ ސުލްޠާނުގެ ގޮތުގައި ތަޚުތަށް އިސްވެވަޑައިގެންނެވި ޙަސަނުލް ބުލްކިޔާ އެވެ. އެމަނިކުފާނު ދިރިއުޅުއްވަނީ 1,788 ކޮޓަރި ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު ގަނޑުވަރު ކަމަށްވާ "އިސްތާނާ ނޫރުލް އީމާން" ގަ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ބްރޫނާއީ ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެ ތެރޭގައި ހިމެނި، އެ ގައުމުގެ އިގްތިސާދު ވަރުގަދަކޮށްފަ އެވެ.

ބްރޫނާއީސުލްޠާން ޙަސަނުލް ބުލްކިޔާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 ޖުލައި 2017

ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި

07 ޖުލައި 2017
ގަތަރު މައްސަލަ: ކޮށްފައިވާ ޑިމާންޑްތަކަށް އަމަލު ނުކުރުމުގެ ސަބަބުން އިތުރު ފިޔަވަޅުތައް ގަތަރާއި ދެކޮޅަށް އަޅާނެކަމަށް ގައުމުތަކުން ބުނެފި
26 ޖޫން 2017

ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ

26 ޖޫން 2017
ސްޕެއިންގެ ޖަންގަލީގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 1،500 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ޖެހިއްޖެ
20 ޖޫން 2017

ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ

20 ޖޫން 2017
ޕޯޗުގަލްގެ ޖަންގަލީގައި ރޯވުން: ގަދަވަޔާ ހޫނުގެ ސަބަބުން އަލިފާން އިތުރަށް ފެތުރިދާނެކަމުގެ ބިރުހީވެއްޖެ
25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
25 މާރިޗު 2017

ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ

25 މާރިޗު 2017
ހެލްތް ކެއަރ ބިލް ފެއިލްވީ ޑިމެކޮރޭޓުންގެ ސަބަބުން ކަމަށް އޮބާމާ ވިދާޅުވެއްޖެ
18 މާރިޗު 2017

ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ

18 މާރިޗު 2017
ކިމް ޖޮން ނަމްގެ ހަށިގަނޑު އިމްބާމް ކުރުމުގެ ސަބަބުން ހަލާކުނުވެ ތިން މަހަަށް އޮންނާނެ
03 މާރިޗު 2017

ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ

03 މާރިޗު 2017
ކިމް ޖޮން ނަމް މަރުވީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން: އުތުރު ކޮރެއާ
10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް