Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުތުރު ކޮރެއާ-މެލޭޝިއާ

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރުކޮރެއާގައި ތިބި މެލޭޝިއާގެ ރައްޔިތުން އެގައުމުން ފޭބުން ވަނީ އުތުރު ކޮރެއާ އިން މަނާކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 7 މާރިޗު 2017 | އަންގާރަ 15:43
 އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ގޯސްވާން ދިމާވީ، ކިމް ޖޮން ނާމްގެ މަރާ ގުޅިގެން

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ގޯސްވާން ދިމާވީ، ކިމް ޖޮން ނާމްގެ މަރާ ގުޅިގެން

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ރަސްމީގޮތުން ގުޅުން ގާއިމް ކުރީ 30 ޖޫން 1973 ގައެވެ.

މެލޭޝިއާގައި އުތުރު ކޮރެއާގެ އެމްބަސީ ހުޅުވުނީ، ވެރިރަށް ކުއަލަ ލަމްޕޫރުގައި 2003 ގައެވެ. އަދި ހަަމައެއާއި އެކު އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގްގައި މެލޭޝިއާގެ އެމްބަސީ ހުޅުވިގެން ދިޔައެވެ. އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ރަނގަޅުވަމުންގޮސް، 2009 ގައި ފެނިގެން ދިޔަ މަންޒަރަކީ އުުތުރު ކޮރެއާ އަށް ވިސާއާއި ނުލާ ދަތުރު ކުރެވޭ ހަމައެކަނި ގައުމުގެ ރައްޔިތުންނަށް މެލޭޝިއާ ރައްޔިތުންވެގެން ދިޔުމެވެ. އަދި 2013 ގައި ފެނުނު އެހެން މަންޒަރެއް އެބައޮތެވެ. އެއީ އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮން އުން އަށް މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީއިން އޮނޮރަރީ ޑޮކްޓަރޭޓް އެރުވުމެވެ.

އެހެން ނަމަވެސް އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މެލޭޝިއާގެ އެއާޕޯޓެއްގައި މީގެ ހަފްތާތަކެއް ކުރިން ކުއްލި ގޮތަކަށް މަރާލުމާ ގުޅިގެން، އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ގޯސްވުމުގެ ކޮޅުމަތި ފެންނަން ފެށިއެވެ. މިއަދާ ހަަމަޔަށް އައިއިރު ފެންނަނީ ކޮޅުމައްޗެއް ނޫނެވެ. މިހާރު ދެގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ. ވަރަށް ބޮޑަށް ގޯސްވެފައެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުން ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓައި ކިމް ޖޮން ނަމް މަރާލާފައިވަނީ ދެއަންހެނުން ވެެގެން ބާރުގަދަ ވިހައެއް ކިމް ޖޮން ނަމް ގައިގައި ހާކައިގެންނެވެ. މަރާލިތާ މަދު ދުވަސްތަކެއްގެ ތެރޭގައި އެނގިގެން ދިޔައީ ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ކަމަށްވާ "ވީއެކްސް ނާވް އެޖެންޓް" ބޭނުންކޮށްގެން ކަމެވެ. މެލޭޝިއާއިން ހެދި ޓޮކްސިކޮލޮޖީ ރިޕޯޓުތައް ދައްކާ ގޮތުން ކިމް ޖޮން ނަމް އަށް ހަމަލާ ދިފައިވާ ކެމިކަލް ހަތިޔާރު، "ވީއެކްސް ނާވް އެޖެންޓް" އަކީ އދ. އިން ވެޕަން އޮފް މާސް ޑިސްޓްރަކްޝަން ނުވަތަ ފަނާކުރަނިވި ހަތިޔާރުގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެކެވެ.

މެޑިކަލް ތަހުލީލުތަކުން، ކިމް ޖޮން ނަމް މަރުވީ ބާރުގަދަ ވިހައެއްގެ ސަބަބުން ކަމަށް ދެއްކިޔަސް މިކަމާ އުތުރު ކޮރެއާގެ ބަސް ތަފާތެވެ. އުތުރު ކޮރެއާ އިން ބުނެފައި ވަނީ ކިމް ޖޮން ނަމް މަރުވީ ވިހައެއްގެ ސަބަބުން ނޫން ކަމަށާއި އޭނާ މަރުވެފައިވަނީ ބެލެވޭ ގޮތުގައި ހާޓް އެޓޭކް އެއް ޖެހުމުގެ ސަބަބުން ކަމަށެވެ. ދާދިފަހުން މެލޭޝިއާ އަށް ވަޑައިގެންނެވި އުތުރު ކޮރެއާގެ ވަފުދުގެ ތަރުޖަމާނު މީޑިއާތަކަށް ވިދާޅުވީ، ކިމް ޖޮން ނަމް އަކީ ހިތުގެ ބަލީގެ ރިކޯޑު އޮތް މީހެއް ކަމަށާއި އެހެން ކަމުން އޭނާ މަރުވީ ހާޓް އެޓޭކެއްގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ކިމް ޖޮން ނަމް ދިޔައީ ހިތުގެ ބައްޔާއި ހަކުރު ބައްޔަށް ބޭސް ވެސް ބޭނުން ކުރަމުން ކަމަށެވެ. އުތުރު ކޮރެއާ އިން މެލޭޝިއާގެ އެއާޕޯޓުގައި މަރުވީ ކިމް ޖޮން ނަމް ކަމެއް އަދި ރަސްމީ ގޮތުން ގަބޫލުކޮށްފައެއް ނުވެއެވެ. އުތުރު ކޮރެއާ އިން ހަމައެކަނި ގަބޫލު ކުރާ މިންވަރަކީ މަރުވި މީހަކީ އުތުރު ކޮރެއާގެ ރައްޔިތެއް ކަމަށްވާ "ކިމް ޗޮލް" ނަމަކަށް ކިޔާ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހިފައިގެން ހުރި މީހެއް ކަމަށެވެ.

ބައެއް ފާރާތްތަކުން ތުހުމަތު ކުރާ ގޮތުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ އެއްބަފާ ބޭބެ ކިމް ޖޮން ނަމް މަރާލައިފައި ވަނީ އުތުރު ކޮރެއާ ސަރުކާރު އަޑީގައި އޮވެގެންނެވެ. އެހެން ނަމަވެސް އެކަން އުތުރު ކޮރެއާ ދޮގު ކުރެއެވެ. އުތުރު ކޮރެއާ އިން މެލޭޝިއާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ވިދާޅުވެފައި ވަނީ މެލޭޝިއާގެ ތަހުގީގު ކުރާ ފަރާތްތަކުން "ދުޝްމަނުންނާ" ގުޅިގެން ގެއްލުން ދޭން ރާވަމުންދާ ކަމަށެވެ. މިކަމަށް ރައްދު ދެއްވައި މެލޭޝިއާގެ ބޮޑު ވަޒީރު ވިދާޅުވީ އެމްބެސެޑަރުގެ ބަސްފުޅަކީ ޑިޕްލޮމެޓިކް ގޮތުން ބަލާއިރު ހަރުކަށި ބަސްފުޅެއް ކަމަށެވެ.

އުތުރު ކޮރެއާގެ ކުރީގެ ލީޑަރު ކިމް ޖޮން އިލް އަށް ފަހު، އެއްއިރެއްގައި ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ހީކުރެވުނު އެއް ފަރާތަކީ ކިމް ޖޮން ނަމް އެވެ. ނަމަވެސް ވެރިކަން ހޯދީ އެއްބަފާ ކޮއްކޮ ކިމް ޖޮން އުން އެވެ. އެ މައްސަލާގައި ކިމް ޖޮން ނަމް އާއި އާއިލާ އާ ދެމެދު އޮތް ގުޅުން ވަނީ ގޯސްވެފައެވެ.

ކިމް ޖޮން ނަމްގެ މަރާއި ގުޅިގެެން، މަރާލުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެ އަންހެނުންގެ މައްޗަށް މެލޭޝިއާ އިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފައެވެ. ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައިވާ ދެ އަންހެނުންނަކީ ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ޑޯން ތި ހުއޮންގް، 28، އާއި އިންޑޮނީޝިއާގެ ސިއްތި އައިޝާ، 25، އެވެ. މި މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަަމަ މަރުގެ ހުކުމް އަންނާނެއެވެ. ކިމް ޖޮން ނަމް މަރާލުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ދެއަންހެނުން ބުނެފައި ވަނީ އެމީހުން ހީކުރީ އެމީހުންނަށް ބައިވެރިވެވުނީ ޖޯކު ހައްދާ ޓީވީ ޕްރޮގްރާމެއްގައި ކަމަށެވެ. އެގޮތުން ސިއްތި އައިޝާ ބުނީ، އޭނާ އެކަން ކުރީ ބަޔަކު އޭނާއަށް އަޮޅުވާލުމުގެ ސަބަބުން ކަމަށާއި، ހަގީގަތުގައި އޭނާ އެކަން ކުރީ "400 މެލޭޝިއަން ރިންގިޓް (90 ޑަލަރު) ގެ އަގަކަށް މަޖަލަކަށް ކަމަށެވެ.

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ގޯސްވަމުުން ގޮސް އުތުރު ކޮރެއާ ރައްޔިތުންނަށް ވިސާއާ ނުލާ މެލޭޝިއާއަށް ވަދެވޭ ގޮތަށް އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. މީގެ ދެތިން ދުވަސް ކުރިން، އުތުރު ކޮރެއާ އިން މެލޭޝިއާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު މެލޭޝިއާ ދޫކޮށް ވަޑައިގަތުމަށް މެލޭޝިއާ ސަރުކާރުން ވަނީ އަންގާފައެވެ. ހަމައެއާއި އެކު އުތުރު ކޮރެއާ އިންވެސް މެލޭޝިއާ އިން ކަންކުރި ގޮތަށް ކުރިއެެވެ. އެގޮތުން، މެލޭޝިއާ އިން އުތުރު ކޮރެއާ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ގައުމު ދޫކޮށް ވަޑައިގަތުމަށް އުތުރު ކޮރެއާ އިން އެންގިއެވެ.

އެންމެ ފަހުން ލިބުނު ޚަބަރަކީ އުތުރުކޮރެއާގައި ތިބި މެލޭޝިއާގެ ރައްޔިތުން އެގައުމުން ފޭބުން މަނާކުރާ ކަމަށް އުތުރު ކޮރެއާއިން ބުނިވާހަކައެވެ. އެއީ "މެލޭޝިއާގައި ހިނގި ކަންކަން އެކީގައި ހައްލުވަންދެން" ނިންމި ނިންމުމެއްް ކަމަށް އުތުރު ކޮރެއާ އިން ބުނެއެވެ. މިހާރު މެލޭޝިއާއިން ވަނީ އެ ގައުމުގައި ހުރި އުތުރު ކޮރެއާގެ އެމްބަސީގެ މުވައްޒަފުން ފުރުން މަނާކޮށްފައެވެ.

ބަދަހިވެފައިވާ ދެ ގައުމުގެ ގުޅުން، މިދިމާވި ހާދިސާއާ ގުޅިގެން ރޫޅެމުން އަންނަނީ އަވަސް ބާރުމިނެއްގައެވެ. ސުވާލަކީ އެންމެ ފަހުން މިކަން ނިމިގެންދާނީ ކިހާ ހިސާބަކުން ބާވައެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު