Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެޑޮލްފް ހިޓްލަރު

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހި ރާއްޖެއަށް އެތައް ފިލާވަޅުތަކެއް

ތާރީޚުގައި ހިނގާފައިވާ ކަންކަމަކީ މިއަދުވެސް ތަކުރާރުކޮށް ހިނގަމުންދާ ކަންތައްތައް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2018 | ބުރާސްފަތި 03:22
ޖަރުމަނުގެ ކުރީގެ ޗާންސެލަ އެޑޮލްފް ހިޓްލަރު

ޖަރުމަނުގެ ކުރީގެ ޗާންސެލަ އެޑޮލްފް ހިޓްލަރު

ރޯމަން ޑިމޮކްރަސީގެ ރަންދުވަސްވަރުގެ ސެނެޓަރެއް ކަމަށްވާ ސިސޭރޯ 100 ބީސީގެ އަހަރުތަކުގައި ވިދާޅުވެފައިވަނީ ތާރީޚު ނޭނގޭ މީހަކީ ކިތަންމެ އުމުރުން ދުވަސް ވިޔަސް ކުޑަކުއްޖެއް ކަމަށެވެ. ސަބަބަކީ އުފަންވުމުގެ ކުރީގައި ހިނގައި ގޮސްފައި ހުރި އެއްވެސް ކަމެއް އެ މީހަކަށް ނޭނގޭނެތީއެވެ.

ތާރީޚުގައި ހިނގާފައިވާ ކަންކަމަކީ މިއަދުވެސް ތަކުރާރުކޮށް ހިނގަމުންދާ ކަންތައްތަކެވެ. މިޒަމާނުގައި އެއިރު ކަންތައްތައް ހިނގިގޮތް ތަކުރާރުވަނީ މިއަދުގެ ހާލަތާއި އެއްގޮތަށެވެ. ތަފާތު ވަނީ ޒަމާނާއި ވަސީލަތްތަކެވެ. ކަންތައްތައް ހިނގާގޮތް އެއިރެކޭ މިހާރެކޭ ތަފާތެއް ނެތެވެ.

އެޑޯލްފް ހިޓްލަރަކީ ނުބައިކަމުގެ ގޮތުން ތާރީޚުގައި ނަން ފަވާލެވިފައިވާ އަދި ތާރީޚު ލިޔުއްވާ ބޭފުޅުން އެންމެ ބޮޑަށް ދިރާސާ ކޮށްފައިވާ އެކަކެވެ. ހިޓްލަރުގެ ތާރީޚުގެ ބައެއް އުސްއަލިތަކަށް ބަލާލާނަމެވެ. ހިޓްލަރަކީ 1890 ގެ އަހަރުތަކުގައި އޮސްޓްރިއާއަށް އުފަންވި މީހެކެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ ސިފައިންގެ ތެރެއަށް ވަދެ ހަނގުރާމައިގައި ބައިވެރިވިއެވެ. އަދި ހަނގުރާމަ ނިމި ޖަރުމަނު ބަލި ގަބޫލުކޮށް، ވަރސަލީސް އެގްރީމެންޓާއި ދެކޮޅުވި ހިސާބުން ޖަރުމަނުގެ ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަނެވެ.

އެއިރު މުޅި ދުނިޔެއާއި ޖަރުމަނުގައިވެސް އޮތް އިގްތިސާދީ ހީނަރުކަމާއި ޖަރުމަނުގެ ރައްޔިތުންގެ އިހުސާސްތަކުގެ ފައިދާ ނަގައި ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ސިޔާސަތުތަކެއްގެ މައްޗަށް އެކުލަވާލާފައިވާ ނާޒީ ޕާޓީގެ މެންބަރަކަށްވިއެވެ. ހިޓްލަރަކީ ފޮތް ކިޔައި އިލްމު އުނގެނިފައިވާ، މޮޅަށް ތަގުރީރު ކުރާ މީހެކެެވެ. ނާޒީ ޕާޓީިއިން 1933 ވަނަ އަހަރުގެ އިންތިހާބުގައި ހެޔޮވަރުގެ ކާމިޔާބީއެއް ހޯދިއެވެ. ނަމަވެސް އެއްވެސް ބަޔަކަށް ފުރިހަމަ މެޖޯރިޓީއެއް ނުލިބޭތީ ތިން ބުރު ވޯޓްލިއެވެ. ޖަރުމަނުގެ ޗާންސަލަ ކަމަށް ހިޓްލަރު އިސްކުރެވުނީ ތިން ބުރު ވޯޓް ލައިގެންވެސް އެއްވެސް ބަޔަކަށް މެޖޯރިޓީ ނުލިބުމުންނެވެ.

ހިޓްލަރުގެ ވައުދަކީ ޖަރުމަނުގެ ހަގީގީ ރައްޔިތުންނަކީ ދޮން، އާރިޔަން ދަރިފަސްކޮޅު ކަމަށް ހަދަައި، އެބައިމީހުންނަށް ހުރިހާ ކަމެއް ފަހިކޮށްދިނުމާއި އެ ނޫން ބަޔަކު ޖަރުމަނުގައާއި ޖަރުމަނުގެ ބާރު ހިނގާ ތަނެއްގައިވެސް ނޫޅެވޭނެ ކަމުގެ ހައްދުފަހަނައަޅާފައިވާ ގައުމިއްޔަތެއް ޕްރޮމޯޓް ކުރުމެވެ. ހިޓްލަރަކީ ދީން ގަބޫލުނުކުރާ އޭތީސްޓަކަސް، ކްރިސްޓިއަނުންނާއި ޔަހޫދީންގެ ދީނީ ޚިޔާލުތަފާތުވުންތަކުގެ ފައިދާ ނެގިއެވެ. ޔަހޫދީންނަކީ ޖަރުމަނުގައި ކުޑަ އާބާދީއެއް ކަމުގައިވިޔަސް، މަތީ ފަންތީގެ ގިނަ ވަޒީފާތަކާއި ވިޔަފާރިއާއި އިލްމު އުނގެނުމުގައި ޔަހޫދީން ތިބީ ވަރަށް ކުރީގައެވެ. އެހެންވެ މި ހުރިހާ ކަމެއް އަނެއްކޮޅަށް ޖަހާލަން ގިނަ ވައުދުތަކެއްވިއެވެ.

ހިޓްލަރަށް ވެރިކަމަށް އާދެވުނީ އެތައް ޕާޓީތަކަކާއި އެކުގައި ހެދުނު އެއްބަސްވުންތަކެއްގެ ދަށުންނެވެ. ނަމަވެސް، ވެރިކަމަށް އާދެވުމާއެކު ހުރިހާ ބާރެއް އަމިއްލަ އަތަށް ނެގިއެވެ. ގާނޫނު ހަދާ މަޖިލީހުގައި އަލިފާނުގެ ހާދިސާއެއް ހިންގައި އެތަނުގެ ބާރުތައް އަތުލިއެވެ. ހިޓްލަރުގެ ފުރާނައަށް ނުރައްކާވާ ވަރުގެ ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ، އަމިއްލައަށް ބޮޑު ގެއްލުމެއް ނުލިބޭ ވަރުގެ ހަމަލާތައް ރާވައި ހިންގިއެވެ. ކޮރަޕްޓް ޖެނެރަލުން ބޭނުންކޮށްގެން ސަރުކާރާއި ސިޔާސީ އެތައް ވެރިންނެއްގެ ގެއާއި އޮފީސްތަކުގައި ބަޑިއާއި ބޮން ހަދާ ސާމާނު ޕްލާންޓުކޮށް އެމީހުން ފްރޭމްކޮށް، ޖަލަށްލައި ވެރިކަމަށް އައުމަށް އެހީވެދިން އެންމެން ކަހަލަ ގޮތަކަށް 'ދުއްވާލި' އެވެ.

ގައުމުގައި އެތައް ލާއިންސާނީ ޖަރީމާއެއް ހިންގިއެވެ. ސިޔާސީ ޚިޔާލު ތަފާތުވާ މީހުންނާއި ޔަހުދީންގެ އެތައް ބަޔަކު ވަކި ކޭމްޕުތަކެއްގައި ބަންދުކޮށްގެން އެމީހުން ލައްވައި އަޅު މަސައްކަތް ކުރުވައި، ވިހަ ގޭސް ޗެމްބަރުތަކުގައި އެތައް މިލިއަން ބަޔަކު މަރާލިއެވެ. ފަނޑިޔާރުންނާއި، ޕްރޮސިކިއުޓަރުންނާއި، ޑޮކްޓަރުންނާއި، ނަރުހުންނާއި، ފުލުހުންނާއި، ސިފައިންނެވެ. ގޭސް ޗެމްބަރުތައް ކޮންޓްރެކްޓަށް އަޅައިދިނީ ބޮޑެތި ވިޔަފާރިވެރިންނާއި އިންޖިނިއަރުންނެވެ. ދީނީ އިލްމުވެރިންވެސް މި ލާއިންސާނީ އަމަލުތަކަށް ހިތްވަރުދީ ބައިވެރިވިއެވެ.

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު ބަލިވެގެންދިޔައީ 1945 ގައި ގުޅިފައިވާ ގައުމުތަކުން އަރައި ބަރލިން ހިފުމުންނެވެ. އެތައް ހާސް އަހަރެއްގެ ތާރީޚަކާއި އަމިއްލަ ވެރިކަމެއް އޮތް މިނިވަން ގައުމު ފުނޑުފުނޑުވެ ވެއްޔަށް ވެގެން ދިޔައީ އެންމެ މީހެއްގެ ގޮތްދޫނުކުރުމާއި ޒާތީ ހަސަދައާއި ބަދަލުހިފުމުގެ ރޫހު އިސްކުރުމުންނެވެ. ތިމާ ނޫން އެހެން މީހެއްގެ ބަހަކީ އެއްވެސް އެއްޗެއް ނޫން ކަމަށް ދެކުމުންނެވެ.

އެންމެ ފަހުން ބަލިވިކަން ޔަގީންވުމުން ހިޓްލަރު އޯޑަރު ނެރުނީ ޖަރުމަނުގެ ހޮޓާތަކާއި ވިޔަފާރިތަކަށް ފުލުހުން ވައްދައި އެ ހުރިހާ ތަނަކާއި އިންޖީނުގެތަކާއި، ބަރލިން އަށް ވަދެ ނިކުމެވޭ ހުރިހާ ބްރިޖުތަކެއް ފުނޑާލުމަށެވެ. ނަމަވެސް، މި އޯރޑަރަށް ތަބާވާނެ ބަޔަކު ނުވިއެވެ. އެންމެ ފަހު ވަގުތު ހިޓްލަރު އަމިއްލައަށް މަރުވެ ދިޔައީއެވެ. ހުރިހާ ވޭނަކާއި ތަކުލީފެއް އުފުލަންޖެހުނީ ޖަރުމަނުގެ ނިކަމެތި ރައްޔިތުންނަށެވެ. ޖަރުމަނުގެ ނޫރަންބަރގްގައި ހިޓްލަރު އެތައް ލައްކަ މީހުންނެއް ޖަމާކޮށްގެން ސިޔާސީ ރެލީ ބޭއްވި މައިދާނުގައި، އޭނާގެ ޖަރީމާތަކުގައި ބައިވެރިވި އެތައް ބައެއްގެ މައްޗަށް ޝަރީއަތް ކުރެވި، ގިނަ ބަޔަކު ދަންޖެއްސުނެވެ.

ހިޓްލަރުގެ ތާރީޚުން އަދުގެ ދިވެހިރާއްޖޭގައި ހިނގަމުންދާ ކަންކަމާއި މެދު އަޅައި ކިޔާނެ އެތައް މިސާލެއްވެއެވެ. އެ މިސާލުތަކާއި މެދު ވިސްނައި، ފިލާވަޅު ލިބިގަނެ ގޮތް ނިންމާނީ ދިވެހި ރައްޔިތުންނެެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

ދިވެހި ވެލީގައި ގައުމީ އިހްސާސްވޭ ހެއްޔެވެ؟

10 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު