Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2017 ރިވިއު

2017 ގެ ސިޔާސީ މަޝްރަހު: ހީވެސް ނުކުރާފަދަ ކަންކަން، ގެއްލުން ވެސް ބޮޑު!

ރައީސް މައުމޫނާއި ނަޝީދު އެއްގަލަކަށް އަރައިވަޑައިގަންނަވާނެ ކަމަށް ކުރިން ގަބޫލެއް ނުކުރޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 30 ޑިސެމްބަރު 2017 | ހޮނިހިރު 19:27
އިދިކޮޅު އިއްތިހާދުގެ ލީޑަރުން: މިއީ 2017 ވަނަ އަހަރުގެ އެންމެ ބޮޑު އެއް ބަދަލު

އިދިކޮޅު އިއްތިހާދުގެ ލީޑަރުން: މިއީ 2017 ވަނަ އަހަރުގެ އެންމެ ބޮޑު އެއް ބަދަލު

ދެހާސް ސަތާރަ ވަނަ އަހަރު ވެގެން ދާނީ ސިޔާސީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް އައި އަހަރަށެވެ. ބައެއް ބަދަލުތަކަކީ ތެލާ ފެނާއި އެކުނުވާނެއޭ ބުނާ ފަދައިން ނުހިނގާނެ ކަމަށް ގަބޫލުކުރި ކަންކަމެވެ. އެފަދަ އެންމެ ބޮޑު އެއް ބަދަލަކީ ކުރީގެ ދެ ރައީސުން ކަމުގައިވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދު، އެއް މަގުސަދެއްގައި އިއްތިހާދުވެ، ޕްލެޓްފޯމެއްގައި މަސައްކަތް ކުރައްވަން ފެއްޓެވުމެވެ. މިއީ 2017 ވަނަ އަހަރުގެ އެންމެ ބޮޑު ބަދަލެވެ.

މި ބަދަލު ވެގެން ދިޔައީ މުޅި ސިޔާސީ މަސްރަހު ބަދަލުކޮށްލައި، ރައީސް އަބްދުﷲ ޔާމީނަށް ގޮންޖެހުންތައް ކުރިމަތކޮށް، ވެރިކަމުގެ ދިފާއުގައި ގާނޫނެއް ގަވާއިދެއް އުސޫލެއް ބެލުމެއް ނެތި އެތައް ކަމެއް ކުރަން ޖެހުނު ބަދަލަކަށެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދު: ސިޔާސީ ދެ ހަތުރުން މިހާރު އެއްގަލެއްގައި

ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނު ގޮތް އެންމެނަށް ވެސް އެނގެ އެވެ. ބޭބޭފުޅު، ކުރީގެ ރައީސް މައުމޫނުގެ ހިޔަނީގައި ވެރިކަމަށް ވަޑައިގެންނެވުނު ނަމަވެސް، އަދި އެއް ލެޔަށް ވިޔަސް ވެރިކަމަށް ވަޑައިގެންނެވުމާއެކު، ދެބޭންގެ ދެމެދުގައި ޖެހެމުންދިޔަ މައްސަލަތައް ގޯހުން ގޯހަށް ގޮސް، ކޮއްކޯފުޅަށް ކުރައްވަމުން ގެންދެވި ތާއިދު އަނބުރާ ގެންދެވި އެވެ. 2016 ވަނަ އަހަރުގެ ފަހުކޮޅު ރައީސް މައުމޫނު ނިންމެވި މި ނިންމެވުމުގެ ހިތިރަހަ އެ މަނިކުފާނުގެ އަރު ބުޑުގައި ލައްވާލުމުގެ ބޭނުމުގައި ކުރި ކަންކަން މި އަހަރު ވަނީ ފެނިގެން ގޮސްފަ އެވެ.

ބައްޕާފުޅާ ދިމާއަށް ހިތުހުރި އެއްޗެއް ގޮވަމުން ދިޔައިރު، ގައްސާނު މައުމޫނަށް ސަރުކާރު ދޫކޮށް ނުލެއްވި ހުންނަވަން ޖެހުނު ސަބަބުތަކާމެދު ސުވާލު އުފައްދަމުން ދިޔައިރު، ސަރުކާރު ދޫކުރައްވައި ނުކުމެވަޑައިގެންނެވި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަލުން ސަރުކާރާ ގުޅިވަޑައިގެންނެވީ "ހިތުން ރުހުމުން" ކަމަށް ބައެއް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ. ސިޔާސީ މައިދާނުގައި ފާރިސްގެ ނަން ވަރުގަދަވެ، އަލިގަދަވާން ފެށުމުން، ބޮޑުބޭބޭފުޅުގެ ހިތަށް ކެތް ނުކުރެވުނު މަންޒަރު ފެނިގެން ދިޔަ އެވެ. ނަތީޖާއަކަށްވީ ފާރިސަށް ޖަލު ގޮޅި ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތުމެވެ. ސިޔާސީ ކަންކަމުގައި ރަހުމެއް، ކުލެއް އަދި އަމިއްލަ ލެޔަށް ބެލުމެއް ނޯންނާނެކަން ދައްކާލި އަހަރަކަށް 2017 ވަނަ އަހަރު ވެގެން ދިޔަ އެވެ. މިވަރުގެ ކޮށްލިއިރު ވެސް، ރައީސް މައުމޫނު، އިއްތިހާދުގެ ކުރީ ސަފުގައި ހުންނަވައިގެން، މި ސަރުކާރު ބަލިކޮށް، ގާނޫނުގެ މަގަށް ކަންކަން ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދެވި އެވެ.

މައުމޫނާއި ނަޝީދުގެ ގުޅިވަޑައިގަތުމާއެކު އެހެން ބަދަލުތަކެއް ވެސް ފެނިގެންދިޔަ އެވެ. ކުރިން ބައެއް ބޭފުޅުން، މައުމޫނަށް ނިސްބަތްކޮށް ބޭނުންކުރި ބައެއް ނަންތައް ދޫކޮށްލައި، އެމްޑީޕީގެ ހަރުގެއިން "ތިޔައީ ޒައީމޭ" ލަވަ އަޑުއިވިގެން ދިޔަ އެވެ. މައުމޫނުގެ ސަޕޯޓަރުން، ރައީސް ނަޝީދަށް ނިސްބަތްކޮށް ބޭނުންކުރަމުން ދިޔަ ބައެއް ނަންތަކާއި ގޮވަމުންދިޔަ ފާޑުކިޔުން ހުއްޓުނެވެ. މިގޮތަށް މިކަން ވެގެން ހިނގައިދާނެ ކަމަށް، ގަބޫލުކުރާނެ މީހަކު ކުރިން ނުހުންނާނެ އެވެ. މިފަދަ ކަމެއް ވެދާނެ ކަމަށް ވެސް ހިތަށް ވެސް ނާރާނެ އެވެ.

ހަގީގަތުގައި ވެސް މި ބަދަލު ސަރުކާރަށް ހަޖަމެއް ނުކުރެވުނެވެ. ނަތީޖާއަކަށްވީ ސިޔާސީ މަގުސަދުގައި ގާސިމް އިބްރާހިމް އާއި ފާރިސް ހައްޔަރުކުރުމެވެ. އެ ވަރުން ވެސް އެ ބޭފުޅުން ގޮތް ދޫނުކުރެއްވުމުން، ގާސިމް ޖަލަށްލުމަށް ޣައިރު ހާޒިރުގައި ހުކުމް އިއްވި އެވެ. ފާރިސް ޖަލުގައި ތެޅުވި އެވެ.

އިއްތިހާދުގެ ގުޅުމަކީ ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުން ގެނުވާނެ ބާރެއްކަން ސަރުކާރަށް ރަނގަޅަށް އެނގިވަޑައިގަނަވާނެ އެވެ. އެހެން ނޫންނަމަ ގާނޫނާ އެއްގޮތަށް ހުށަހެޅި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނާ ހިލާފަށް މަޖިލީހުގެ ތަޅުމުން ބޭރުކޮށް، 12 މެމްބަރުންގެ ގޮނޑި ގެއްލުވައެއް ނުލާނެ އެވެ. ސަރުކާރުގެ އާރާއި ބާރު އޮއްވައި، އަދި ސަރުކާރުގެ ތެރެއިން ލިބެމުންދިޔަ ފަސޭހަތަކަށް ފުރަގަސް ދެއްވުމަށް ފަހު، ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް މަސީހު ދުރުކުރުމަށް ސޮއިކުރެއްވީ ރައީސް ޔާމީންގެ ސިޔާސަތުތައް ގަބޫލު ނުކުރައްވާތީ އެވެ. ބަރުލަމާނީ ނިޒާމަށާއި ސަރުއީ ނިޒާމަށް އަތްބޭނުން ބަލައިނުގަންނަކަން ހާމަކޮށް ދިނުމުގެ ގޮތުންނެވެ. ޕީޕީއެމްގެ މެމްބަރުންގެ މި ބަދަލު، ރައީސް ޔާމީން ސިފަކުރެއްވީ "ބަޣާވާތެއް"ގެ ގޮތުގަ އެވެ. ދިރިހުއްޓައި ކަފުންކުރާއިރު ބައްލަވަން ނުހުންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވީ، ހަތަރު ޕާޓީގެ އިއްތިހާދުގެ ފަހު ނަތީޖާ ނުކުންނާނެ ގޮތް އެނގިވަޑައިގަންނަވާތީ އެވެ. އިއްތިހާދުން ދެމުންދިޔަ ސިޔާސީ ހަމަލާތައް ބަލިކަށިކޮށްލުމަށް ކަންކަން ކުރައްވަމުން ދިޔައީ ގާނޫނާ ހިލާފަށެވެ.

މަޖިލީހުގައި ހަމަނުޖެހުން

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލުމަށް، ޝަރުއީ ނިޒާމު މެދުވެރިކޮށް ހިންގި ކަންކަމަކީ ހެޔޮ ވިސްނޭ މީހަކު އަންތަރީސް ވާނެ ކަންކަމެވެ. އެ ނިންމުންތަކަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ދައްކަމުން ދިޔަ ނަމަވެސް، ބައި އިލެކްޝަން ނުބާއްވައި ކުރިއަށް ގެންދިއުމަކީ މުޅި ދައުލަތް ގާނޫނާ ހިލާފުވުމެވެ. މިފަދަ ކަންކަމުން ދޭހަކޮށްދެނީ ރައީސް ޔާމީން ވެރިކަން ދެމެހެއްޓެވުމަށް ނުކުރައްވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެ ކަމެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ހުރަސް އެޅި އެވެ. ހައްގުތައް ހަނިކުރި އެވެ. މަޖިލީސް ހިސޯރުކުރި އެވެ.

ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު ގެއްލިގެންދިޔައިރު، މަޖިލީހުގެ މެމްބަރުންގެ ތާއިދު ނެތް ނަމަ ވެސް ރިޔާސަތުގެ ގޮނޑީގެ ދަހިވެތިކަމުގައި މަސީހު މަސައްކަތް ކުރައްވަމުން ގެންދެވި މަންޒަރު ފެނިގެންދިޔަ އެވެ. ގަދަރެއް ނެތް ހައިބަތެއް ދެއްކުމަށް ރިޔާސަތުގެ މޭޒު އުސްކޮށް، ބޮޑު ފާރެއްލި އެވެ. ނަމަވެސް މަޖިލީހުގެ ތެރެއިން ރުހުމެއް ނުލިބުނެވެ. އަދި ރައީސް ޔާމީނަކަށް ހަގީގީ ކާމިޔާބެއް 2017 ގައި ލިބިގެން ދިޔަ މަންޒަރެއް ވެސް ނުފެނެ އެވެ. ފެނިގެން ދިޔައީ ސަރުކާރުގެ އާރާއި ބާރު ހުރިކަން ދެއްކުމުގެ ގޮތުން ހަމައެއް ލަމައެއް ނެތި ކަންކަން ކުރަމުން ދިޔަ މަންޒަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު