Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީންގެ ވެރިކަން

ގަދަފަދަ ވިޔަސް ނިމުން އަންނާނެ!

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގިނަ ބަޔެއްގެ އެހީތެރިކަމާއެކު

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2018 | އަންގާރަ 20:10
ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

ދެހާސް ތޭރަ ވަނަ އަހަރު ވެގެންދިޔައީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފޯރިގަދަ އަހަރަކަށެވެ. ކުރީގެ ރައީސް ކެނެރީގޭ މުހައްމަދު ނަޝީދު ގިނިކަންޔާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރު ކުރީ އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓާއެކުއެވެ. އެހެން ނަމަވެސް އިދިކޮޅުން ކުރިމަތިލެއްވި ޔާމީން އަބްދުލް ޤައްޔޫމް، ދެން ބާކީ ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންގެ ތާއިދާއި މަދަދު ލިއްބަވައިގެން ކުޑަ ތަފާތަކާއެކީ ދެވަނަ ބުރުން އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. އަރިހުގައި ތިއްބެވި ބޭފުޅުންނަށް ވަރަށްވެސް ގިނަ ވައުދު ތަކެއް ވެލައްވައިގެންނެވެ. ރައްޔިތުން މީގެ ކުރިން ނުދެކޭފަދަ ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމުގެ ފޮނި ހުވަފެން ދައްކައިގެންނެވެ. ދިވެހިރާއްޖޭގައި ޤާނޫނަށް އެއްވެސް އިޙްތިރާމެއް ކުރުމެއް ނެތް އުސޫލާއި، ފަނޑިޔާރުންނަށް ބިރުދައްކައި ފަނޑިޔާރު ގެއަކީ ހާކިމާ ކުޅޭކުޅޭ އެއްޗަކަށް ހެދުމުގެ ވައްޓަފާޅި ހުއްޓުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި، ޕީޕީއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އާއި އަރިހުގައި ދެންވެސްތިއްބެވި ބޭފުޅުންގެ އެހީތެރިކަމާއެކީ ދިވެހިރާއްޖެ ނުދެކޭފަދަ ތަރައްޤީ ގެންނާނެ ކަމުގެ ހުވަފެން ދައްކަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން އެ މަނިކުފާނުގެ "ސިފަ" ބަދަލުވެއްޖެ އެވެ. ކާންދިން އަތުގައި މަނިކުފާނަށް ހަމަ ރަނގަޅަށް ވެސް ދައިގަނެވިއްޖެއެވެ. ގިނަ ޔާރުން ހަތުރުންނަށް ހަދާއި "ކަނޑިއާއި ކަނޑީގެ" ހަނގުރާމައަށް މަނިކުފާނު ނުކުމެވަޑައިގަތީއެވެ. މަނިކުފާނު އެ މަޤާމަށް ގެނައުމަށް އެންމެ އަޑުހަރުކޮށް ގޮވާލި ބޭފުޅުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ލެއްވީއެވެ. ހަމަ ހަގީގަތުގައިވެސް ރަހުމެއްގެ ކަންފުޅެއްވެސް ނެތީތާއެވެ.

އިދިކޮޅު ފަރާތްތުން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށް ކުރިން ވިދާޅުވެފައިވާކަން ހަނދުމަފުޅު ނެތި، އަރިހުގައި ތިއްބެވި ބޭފުޅުންގެ ބޮލުގައި ޓެރަރިޒަމާއި ސަރުކާރު ވައްޓާލަން އުޅުމުގެ އިލްޒާމު އަޅުވައި ބޮޑެތި އަދަބު ދީފި އެވެ. މިއަދު އަޅުގަނޑުމެން މި ތަޖުރިބާ ކުރަމުން ދަނީ 2013 ވަނަ އަހަރު ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ހެއްލުނު ހެއްލުމުގެ ނަތީޖާއެވެ. ވަގުތީ ފައިދާއަކަށް ފަސް އަހަރު ދުވަހުގެ ހައްގުތައް ވިއްކާލި ވިއްކާލުމުގެ ހިތި ނަތީޖާއެވެ. ވިސްނުމެއް ނެތި ދިން ވޯޓްގެ ނަތީޖާއެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ޤައުމެއް ޤައުމަކަށް ހަދަނީ އެ ޤައުމެއްގެ ރައްޔިތުން ކަމެވެ. ޤައުމު ދެކޭ ތަރައްޤީ އާއި ކޮންމެ ދަތިކަމެއްވެސް ތަޖުރިބާ ކުރަނީ ހަމަ އެ ރައްޔިތުންގެ ސަބަބުންނެވެ. އެކަމެއް ތަޖުރިބާ ކުރަނީ ވެސް ހަމަ އެ ރައްޔިތުންނެވެ. މިއަދު އަޅުގަނޑުމެން އަނިޔާ ތަހައްމަލު ކުރަން ޖެހިފައި މިވަނީ ހަމަ އަޅުގަނޑުމެންގެ ސަބަބުންނެވެ. އަމިއްލަ އަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ. ޔާރެއްގެ ކުލަ ދެއްކި، ބާރެއްގެ ދަހިވެތިކަމުގައި ހުންނެވި، އަނިޔާވެރިކަން އުފަލެއްގެ ގޮތުގައި ދެކޭ މީހަކު ވެރިކަމަށް ހޮވީމާ ދެން ތަޖުރިބާ ކުރަންޖެހޭނީ އަނިޔާ ނޫން ދެން ވަކި ކޯއްޗެއްތޯއެވެ؟

ރައްޔިތުންގެ ހައްގުތައް ފޭރިގަނެ، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ، ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށް ފަހު އަނެއްކާ ވެސް ފެނިގެން މިދަނީ ރައީސް ޔާމީން ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާ ތަނެވެ. ހެޔޮ ވެރިކަމެއް ކޮށްދޭނެކަމުގެ ހުވަފެން އެއްފަހަރު ދެއްކިޖެއެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމަށް ބުނެ މީހުންގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލާއިރު، އަމިއްލަ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އިޢުތިރާފުވެ ވަޑައިގެންއިރު އެ ފައިސާ ހޯދުމަށް އެނދު ތަންމަތީގެ އަޑި ބަލާ ހޯދުމުގެ ކުޅަދާނަކަން މަނިކުފާނު ކިބައިގައި ނެތީތޯއެވެ؟ އެ މައްސަލަތައް ބެލުމުގެ ކެރުމެއް ޕޮލިހުންގެ ވެސް ނެތެވެ. ބަދަލުގައި ބޭއިންސާފު ދަނީ އާންމުވަމުންނެވެ.

ޤައްދާރު ވެރިޔެއްގެ ދަށުގައި އެއްވެސް ޤައުމެއް ތާއަބަދަށް ދެމިއެއް ނޯންނާނެކަން ހަނދާންކުރަންޖެހެ އެވެ. ފިރިއައުނުގެ ގަދަފަދަ ވެރިކަން ވެސް ނިމިދިޔަ އެވެ. ރައްޔިތުންގެ ހައްގުތަކަށް ހަރާންކޯރުވަމުންދާއިރު، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން މިކަން ހަދާންކުރަންޖެހެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް

އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް

16 ނޮވެމްބަރު 2018
ހަޖަމް ނުވިޔަސް ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް، ޕީޕީއެމްގެ ޖަލްސާއަށްވުރެ ގިނަ މީހުން ދިޔަ!

ހަޖަމް ނުވިޔަސް ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއަށް، ޕީޕީއެމްގެ ޖަލްސާއަށްވުރެ ގިނަ މީހުން ދިޔަ!

09 ސެޕްޓެމްބަރު 2018
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.

28 ޖެނުއަރީ 2018
2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

01 ޖެނުއަރީ 2018
 ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

ބުނަން ބޭނުން ވިޔަސް، އަންހެނުން ނުބުނާ ބައެއް ކަންކަން!

26 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު