Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގާނޫނު އަސާސީ

ގާނޫނު ފުނޑާލަން ޖެހޭ ފަދަ ކޮޅިގަނޑެއް އައިސްދާނެ ތަ؟

ނުރައްކަލުގެ ހާލަތުގައި ކަން ކުރާނެ ގޮތްވެސް ގާނޫނު އަސާސީގައިވޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 1 މާރިޗު 2018 | ބުރާސްފަތި 10:51
ރައީސް ޔާމިން އާއި ޖެނަރަލް ޝިޔާމާއި އިތުރު ބޭފުޅުންތަކެއް ރަސްމިޔާތެއްގެ ތެރެއިން

ރައީސް ޔާމިން އާއި ޖެނަރަލް ޝިޔާމާއި އިތުރު ބޭފުޅުންތަކެއް ރަސްމިޔާތެއްގެ ތެރެއިން

ގައުމެއްގެ ހަޔާތުގައި ބޮޑެތި އަދި ކުދި ކަންތައްތަކާ ދިމާވާނެ އެވެ. އެހެން ގޮތައްކަށް ބުނާނަމަ ކަނޑުގައި ދުއްވާފައިދާ އޮޑިއަކަށް ބޮޑެތި ކޮޅިގަނޑުތަކާ ދިމާވާ ފަހަރުތައް ވެސް އަންނާނެ އެވެ. ސުވާލަކީ ގައުމަށްދިމާވާ ބޮޑެތި ކަންތައްކުގައި ގާނޫނު އަސާސީ ފުނޑާލާފައި ނުވަތަ އޭގައި އޮތް އެއްޗެއް ނުބަލާ ކުރިއަށްދާން ޖެހޭ ފަދަ ވަގުތެއް އަންނާނެތޯ އެވެ.

ރާއްޖޭގެ ދުސްތޫރީ ނިޒާމް ފަރުވާކުރެވިފައިވާ ގޮތުން ދައުލަތް ހިންގުމުގެ އެންމެ އިސް ފަރާތަކަށް ހުންނަވަނީ ރައީސުލް ޖުމްހޫރިއްޔާ އެވެ. ރައީސުލް ޖުމްހޫރިއްޔާ އަކީ ސިފައިންގެ އެންމެ މަތީ ވެރިޔާ އެވެ. އަދި މި ވަގުތު އެ މަގާމުގައި ހުންނެވީ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ވާހަކަފުޅުން ސިފައިންނާއި ފުލުހުން ވެސް ގާނޫނު އަސާސީއަށް ބެލުމެއް ނެތި ކަންކަން ކުރަން ޖެހޭ ވަގުތު އަންނާނެ އެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ފުލުހުންނާއި ސިފައިންނަށް ލިބިދީފައިވާ ބާރުތަކާއި އިހްތިޔާރުތަކުގެ ބޭނުން ކުރި ބައެއް މީހުންނަކީ ގައުމަށް ގައްދާރުވި ބައެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

އެހެން ނަމަވެސް ގައުމަށް ކިތަންމެ ބޮޑު ކަމެއް ދިމާވި ނަމަވެސް އަމަލު ކުރަން ޖެހެނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިންނެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވެސް ގައުމަށްދިމާވާ ބޮޑެތި ނުރައްކާތެރި ހާލަތްތަކުގައި އަމަލު ކުރަން ޖެހޭ ގޮތް އޮތީ ލިޔެފަ އެވެ. ފުލުހުންނާއި ސިފައިންނަށް އޮތީ ވަކި ގާނޫނެއް ވުޖޫދުވެފަ އެވެ.

ގައުމެއްގެ ހަޔާތުގައި އަންނާނެ އެންމެ ނުރައްކާތެރި އެއް ހާލަތަކަށްވާނީ އެ ގައުމެއްގެ އިސްތިގުލާށާއި މިނިވަން ކަމަށް ބުރޫ އަރާފަދަ ކަމެއް އައުމެވެ. އަދި ގައުމުގައި ބަލި މަޑުކަމެއް ފެތުރި ނުވަތަ އިގުތިސާދު އިނދަޖެހޭ ފަދަ ކަމެއް އައުމަކީ ވެސް ގައުމެއްގެ ހަޔާތުގައި އަންނަ "ބޮޑެތި ކޮޅިގަނޑުތައް" ގޮތުގައި ބުނެވިދާނެ އެވެ. ނަމަވެސް އެ ފަދަ ހާލަތްތަކުގައި ވެސް ރައީސުލް ޖުމްޙޫރިއްޔާއަށް އޮންނަނީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށް އެ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރެއްވުމެވެ. އަދި އެ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓޭނެ ހައްގުތައް ވެސް ވަކި ވަކިން އޮތީ ބަޔާންކޮށްފަ އެވެ. އެހެން ކަމުން ބޮޑެތި ކޮޅިގަނޑުތަކުގައި ވެސް ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ހައްދެއް ނެތް މިންވަރަށް ބާރުތައް ލިބިދީފައި ނުވާކަން ގާނޫނު އަސާސީން އެބަ ބުނެދެ އެވެ.

ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނަށް ރައްދު ހަމަލާދޭން ޖެހޭ ވަގުތު އެކަން ކުރަން ފެނޭތޯ ވޯޓަކަށް އަހަން ނުޖެހޭ ކަމަށް ވިދާޅުވެ ރާއްޖޭގެ ގާނޫނު އަސާސީއަށް ބަލަން ނުޖެހޭ ހާލަތްތައް ވެސް އަންނާނެ ކަމަށް ވިދާޅުވުމަކީ ގާނޫނު އަސާސީގައި އޮތް އެއްޗެއް އޮޅުވާލުމަށް ދެކެވޭ ވާހަކައެއް ކަމަށް ތުހްމަތު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި އެއީ ނުބައި ތަސައްވަރެއް ފުލުހުންނާއި ސިފައިންގެ ތެރޭގައި އަށަގެންނެވުމަށް ދެކެވޭ ވާހަކައެއް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި މުތުލަގަށް ބަޔާންކޮށްފައިވާ އެއްކަމަކީ އަދުލު އިންސާފު ގާއިމު ކުރުމަކީ ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ބާރެއް ކަމެވެ. އަދި ކޯޓުތަކުގެ އެންމެ ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ބުނެފައިވެ އެވެ. މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމުގެ އެންމެ ބޮޑު މައްސޫލިއްޔަތެއް އޮތީވެސް ފުލުހުންނަށެވެ. ކޯޓުން އަމުރެއް ނެރުނީމަ ފުލުހުންނާއި ސިފައިން އެއީ ގާނޫނު އަސާސީއާ އެއްގޮތަށް ނެރުނު އަމުރެއްތޯ ބަލަން ޖެހޭ ކަމަށް ރައީސް ޔާމިން ވިދާޅުވުމަކީ އަނެއްކާ ވެސް ވިދާޅުވެވޭ ގޯހެކެވެ. ސަބަބަކީ ގާނޫނު އަސާސީގައި ފުލުހުންނާއި ސިފައިންނަށް ވެސް އަމުރުކޮށްފައިވަނީ ކޯޓުން ނެރޭ އަމުރުތަކަށް ތަބާވުމަށެވެ. ސުޕްރީމް ކޯޓުން ނެރޭ އަމުރު މާނަކުރުމަށް ރައީސް އޮފީހުގައި އިންނަވާ އާޒިމާ ޝުކޫރު ކިޔާ ކަނބަލެއް ކައިރިއަށްދާކަށް ނުޖެހޭނެ އެވެ. ރައީސް ވިދާޅުވިއެއް ކަމަކު އެ އަމުރު ތަންފީޒުކުރަން ކޮޅު ކޮޅުމައްޗަށް ދުއްވައިގަންނަ ފުލުހުންނާއި ސިފައިން ޖެހެނީ ގާނޫނު އަސާސީގައި އެހެން ލިޔެފައި އޮތީމަ އެވެ.

ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރާ އެއްގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބޭފުޅުން ދޫކޮށްލަން އޭރުގެ ޕޮލިސް ކޮމިޝަނަރުގެ އަހްމަދު އަރީފުގެ ނިންމެވުމާގުޅިގެން ދެން ފުލުހުން ކުރި ކަންކަމަކީ ގައުމަށް ގައްދާރުވުން ކަމަށް އާންމުންނަށް ވިސްނަދޭން ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމިން މަސައްކަތް ކުރެއްވުމަކީ ގާނޫނު އަސާސީއަށް އިހާނެތިކޮށް ހިތުން ކަމަށް ނޫނީ ވާނެ ހެއްޔެވެ. ފުލުހުންނާއި ސިފައިންގެ ގާނޫނުގައި ބުނަނީ ޢައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަކީ ކޮންމެ މީހަކަށް ވެސް ލިބިދީ އޮންނަ ބާރެކެވެ. އެއީ ކުށެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާގެ އެންގެވުމަކަށްވެސް ކޯޓު އަމުރަށް ތަބާނުވުމަކީ ކުށެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު