Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިސެބިލިޓީ ސެކްޓަރު ކުރިއެރުވުން

ޑިސެބިލިޓީ ސެކްޓަރު ކުރިއަރުވަން މި ވަރަށް މަސައްކަތް ކުރި ސަރުކާރެއް ނުދެކެން: އިފްހާމް

7 ނޮވެމްބަރު 2022 | ހޯމަ 02:41

މި ސަރުކާރުން ދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ތެރަޕީގެ ޚިދުމަތްތަކާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން ހިމެނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ނޮވެމްބަރު 2022 | ހޯމަ 02:41
ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން

ޑިސެބިލިޓީ ސެކްޓަރު ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ދިނުމުގައި މި ސަރުކާރުން ކުރަމުން އަންނަ ވަރަށް މަސައްކަތް ކުރި ސަރުކާރެއް މިހާތަނަށް ފެނިވަޑައިނުގަންނަވާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި އިފްހާމް ވިދާޅުވީ އޭނާ މި ދާއިރާގައި މަސައްކަތް ކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެއްވެސް ސަރުކާރަކުން ޑިސެބިލިޓީ ސެކްޓަރު ކުރިއަރުވަން މަސައްކަތް ނުކުރާވަރަށް މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރު އައި ފަހުން ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކުރީ ސަރުކާރުތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މެދު ކަންކަން ކުރަމުން އައި ގޮތް ކިޔައިދެއްވަމުން އިފްހާމް ވިދާޅުވީ އިންތިޚާބުތަކާ ދިމާކޮށް އެކި ގެތަކަށް ދާން ދައުވަތު ދޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ އެގޮތަށް ނޫން ކަމަށާއި ކުރިން ނުލިބޭ އެތައް ޚިދުމަތެއް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުން އަންނަ ޚިދުމަތްތަކުގެ ތެރޭގައި ތެރަޕީގެ ޚިދުމަތްތަކާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މި ޕްރޮގްރާމުގައި ޖެންޑަރ މިނިސްޓްރީއާ އެކު މަސައްކަތް ކުރާ ސްޓޭކްހޯލްޑަރުން ތަމްރީންކޮށް، އެ ފަރާތްތައް މެދުވެރިކޮށް، ރަށްރަށުގައި ތިބޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރާނެއެވެ. މީގެ ސަަބަބުން އެފަދަ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފަސޭހަ ކުރެވެން އޮންނަ ގޮތްތައް ހޯދައިދިނުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އިފްހާމް ވިދާޅުވިއެވެ.

އިފްހާމް ވިދާޅުވި ގޮތުގައި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ހަތަރު އަތޮޅެއްގައި 205 ފަރާތެއް ވަނީ ތަމްރީނުކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެސް މި ސަރުކާރުން ގިނަ ކަންކަން ކޮށްދެމުން އަންނަ ކަން އިފްހާމް ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ފަރާތްތަކުގެ ދަފްތަރެއް ހަދައި އެ ފަރާތްތަކުގެ ހާލު ބަލަމުންގެންދާ ކަމަށާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނަމަ އެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖެންޑަރ މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
04 އޮކްޓޯބަރު 2024

މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''

04 އޮކްޓޯބަރު 2024
މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''
24 ޖުލައި 2024

އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟

24 ޖުލައި 2024
އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟
30 ނޮވެމްބަރު 2023

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވޭ: އާއިލީ ވުޒާރާ

30 ނޮވެމްބަރު 2023
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވޭ: އާއިލީ ވުޒާރާ
15 ނޮވެމްބަރު 2023

ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި

15 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި
14 ސެޕްޓެމްބަރު 2023

ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި

14 ސެޕްޓެމްބަރު 2023
ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް