Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވޭ: އާއިލީ ވުޒާރާ

30 ނޮވެމްބަރު 2023 | ބުރާސްފަތި 07:17

ޖިސްމާނީ އަނިޔާގެ 19 މައްސަލަ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލަ ހުށަހަޅާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ނޮވެމްބަރު 2023 | ބުރާސްފަތި 07:17
ކުޑަކުދިންނަށް ކުރާ އަނިޔާ

ކުޑަކުދިންނަށް ކުރާ އަނިޔާ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އާއިލީ ވުޒާރާއިން ބުނީ އޮކްޓޫބަރު 2023 ގައި ޖުމްލަ 205 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އާއިލީ ވުޒާރާއިން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ އޮކްޓޫބަރު މަހު ވަނީ ރިޕޯޓުކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 25 މައްސަލައެއް ވަނީ އެ ވުޒާރާއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، ޖިސްމާނީ އަނިޔާގެ 19 މައްސަލަ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާކަން ފާހަގަކޮށް، އާއިލީ ވުޒާރާއިން ބުނީ މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ މައްސަލަ ކަމަށެވެ. މިބާވަތުގެ 16 މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. މީގެ އިތުރުން ޖިސްމާނީ އަނިޔާ ކުރުމުގެ 15 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 3 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 1 މައްސަލަ ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން އާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލައެއް އޮކްޓޫބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ، ހަޟާނާތުގެ 5 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކުގެ 5 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނޭ ކަމަށް އާއިލީ ވުޒާރާއިން ބުނެއެވެ.

އާއިލީ ވުޒާރާއިން ބުނީ އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 21 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 14 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 3 މައްސަލަ ހިމެނެއެވެ.

ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 2 މައްސަލައެއް، ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 15 މައްސަލައެއް އޮކްޓޫބަރު މަހު ވަނީ ހުށަހަޅާފައެވެ. އެގޮތުން ރުޅިގަދަވުން ނުވަތަ ރުޅި އިސްކުރުމުގެ 5 މައްސަލަ، ސްކޫލަށް ދާން ބޭނުން ނުވުމުގެ 4 މައްސަލަ، އެހެން ކުދިންނަށް އިންޓަރނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ 3 މައްސަލަ އަދި ސުލޫކީ މައްސަލައިގެ 3 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އާއިލީ ވުޒާރާއިން ބުނެއެވެ.

އާއިލީ ވުޒާރާއިން ބުނީ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 164 އެއް ކަމަށެވެ. އަދި އޮކްޓޫބަރު މަހުގައި ދައުލަތަށް އަލަށް 4 ކުއްޖަކު ނެގިފައިވާއިރު، 3 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޮސްޓަރކުރެވިފައިވާ ކަމަށް އާއިލީ ވުޒާއިން ބުނެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާޖެންޑަރ މިނިސްޓްރީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
04 އޮކްޓޯބަރު 2024

މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''

04 އޮކްޓޯބަރު 2024
މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''
24 ޖުލައި 2024

އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟

24 ޖުލައި 2024
އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟
15 ނޮވެމްބަރު 2023

ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި

15 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި
14 ސެޕްޓެމްބަރު 2023

ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި

14 ސެޕްޓެމްބަރު 2023
ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި
10 އޯގަސްޓު 2023

ގެވެށި އަނިޔާގެ ކުށްތަކުގައި ޖަލުގައިތިބި ޤައިދީންނަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

10 އޯގަސްޓު 2023
ގެވެށި އަނިޔާގެ ކުށްތަކުގައި ޖަލުގައިތިބި ޤައިދީންނަށް ޚާއްސަ ޕްރޮގްރާމެއް ހިންގުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް