Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލުން

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ސާޖިދާ މުހައްމަދުގެ ފަރާތުން ނެރުނު ނޫސް ބަޔާން މީޑިއާ އާއި ހިއްސާކުރައްވާފައި ވަނީ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު، އެ ނޫސް ބަޔާނުގައި ކުޑަކުއްޖެއްގެ ނަމާއި އުމުރު ފަދަ ޒާތީ މައުލޫމާތު ވަނީ ހާމަކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 މާރިޗު 2025 | އަންގާރަ 09:40
އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - 18.03.2025

އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ - 18.03.2025

ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުއްޖާގެ ނަމާއި މައުލޫމަތު ހާމަކޮށްފައިވާތީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި އޭނާގެ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރުގެ މައްސަލަ ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ނިންމައިފިއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވީ އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް (އެފްސީޕީޑީ) އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ސާޖިދާ ވަނީ ނިންމަވާފައެވެ.

15 މާރޗް ވީ ހޮނިހިރު ދުވަހު ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ނެރުނު ނޫސް ބަޔާން މީޑިއާ އާއި ހިއްސާކުރައްވާފައި ވަނީ ޤާނޫނީ ވަކީލް އާޒިމާ ޝަކޫރެވެ. އެ ނޫސް ބަޔާނުގައި ކުޑަކުއްޖެއްގެ ނަމާއި އުމުރު ފަދަ ޒާތީ މައުލޫމާތު ވަނީ ހާމަކޮށްފައެވެ.

އެކަން ފެށިގެން އައީ މުޒާހަރާ އެއްގައި ދެއްކި ވާހަކަ އާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ އިޝާރާތްކުރާ މުޒާހަރާގައި އެއްވެސް ކުޑަކުއްޖެގެ ނަމާއި ކުއްޖާ އާއި ގުޅޭ ޒާތީ މައުލޫމާތު ހާމަކޮށްފައި ނުވާކަން މައުރޫފް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ކުއްޖާގެ ވަނަވަރު ހާމަ ކުރީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އާއި ޤާނޫނީ ވަކީލް އާޒިމާ ޝަކޫރު ކަމަށް ވެސް މައުރޫފް ވަނީ ފާހަގަކުރައްވާފައެވެ. ސާޖިދާގެ ޤާނޫނީ ވަކީލްގެ ގޮތުގައި އާޒިމާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫންކަމަށް ފާހަގަކޮށް އެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަށާއި އެފްސީޕީޑީ އަށް ހުށަހަޅަން އެމްޑީޕީން ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ މީގެ ކުރިން ވެސް ސިޔާސީ ގޮތުން އޭނާ އަށް ތަފާތު ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް ސިޔާސީ ފާޑުކިޔުންތަކާއި މެދު އެއްޗެއް ބުނެ ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އެހެންނަމަވެސް ސާޖިދާގެ 18 އަހަރު ނުފުރޭ ކުޑަ ކުދިންގެ އަބުރު ގެއްލޭ ގޮތަށް ފަހަކަށް އައިސް ސިޔާސީ ހަރަކާތްތަކުގައި ވާހަކަދައްކަމުންދާތީ އެކަމާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

ސާޖިދާ މުހައްމަދުއާޒިމާ ޝަކޫރުޑރ. މުޙައްމަދު މުޢިއްޒުމަރިޔަމް ޒުބައިރުއެމްޑީޕީފައްޔާޒް އިސްމާއިލްއެފްސީޕީޑީޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު