Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ދަތިކުރުން

މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''

ޖެންޑާ މިނިސްޓަރު ބާރާއި ނުފޫޒު ބޭނުންކޮށް، ސިވިލް މުވައްޒަފުންނަށް މިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ. ބައެއް މުވައްޒަފުން އެކިއެކި މުއައްސަސާތަކަށް ބަދަލުކޮށް، މަސްއޫލިއްޔަތުން ވަނީ އެކަހެރިކޮށްފައެވެ. ޖެންޑަރ މިނިސްޓްރީގައި 17 އަހަރު ދުވަހު ޚިދުމަތް ކުރި ސޯޝަލް ސަރވިސް ކޯޑިނޭޓަރު އައިޝަތު ޝޫޒާ ހެލްތް މިނިސްޓްރީ ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓަށް ބަދަލުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތިއެވެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2024 | ހުކުރު 07:30
ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، އަނިޔާ ލިބުނު ސޯޝަލް ސަރވިސް ކޯޑިނޭޓަރު އައިޝަތު ޝޫޒާ

ޖެންޑާ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، އަނިޔާ ލިބުނު ސޯޝަލް ސަރވިސް ކޯޑިނޭޓަރު އައިޝަތު ޝޫޒާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމް އެ މަގާމުގައި ހުންނަވައިގެން މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ގިނަ ދުވަހު ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދިޔަ ޓީޗަރުން މަގާމުން ދުރުކޮށް، އެއްސުކޫލުން އަނެއް ސުކޫލަށް ބަދަލުކޮށް ހެދިއެވެ. މިކަމުގެ ކަންބޮޑުވުން ބެލެނިވެރިންނާއި، ދަރިވަރުން އުފުލި ނަމަވެސް ފަރުވާލެއް ނެތި އެކަމަނާ އެދުވަހު ދިޔައީ ބާރާއި ނުފޫޒު ދައްކަމުންނެވެ. އޭގެ ފަސް އަހަރު ފަހުން އަނެއްކާ ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް (ކުރީގެ ޖެންޑާ މިނިސްޓްރީ)ގެ މިނިސްޓަރަކަށް ޑރ.އައިޝަތު ޝިހާމް ހަމަޖެއްސެވިއެވެ. އެކަމަނާ އެ މިނިސްޓްރީއާ ހަވާލުވެ އަހަރު ދުވަސް ނުވަނީސް މިނިސްޓްރީގެ އުފާވެރި ވަޒީފާގެ މާހައުލު މި ވަނީ ނަގާލާފައެވެ.

ބާރާއި ނުފޫޒު ބޭނުންކޮށް، ސިވިލް މުވައްޒަފުންނަށް މިވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންފަށާފައެވެ. ބައެއް މުވައްޒަފުން އެކިއެކި މުއައްސަސާތަކަށް ބަދަލުކޮށް، މަސްއޫލިއްޔަތުން ވަނީ އެކަހެރިކޮށްފައެވެ. އެ މިނިސްޓްރީގައި 17 އަހަރު ދުވަހު ޚިދުމަތް ކުރި ސޯޝަލް ސަރވިސް ކޯޑިނޭޓަރު އައިޝަތު ޝޫޒާ ހެލްތް މިނިސްޓްރީ ނޭޝަނަލް މެންޓަލް ހެލްތް ޑިޕާޓްމަންޓަށް ބަދަލުކޮށްފައިވަނީ އެއްވެސް ސަބަބެއް ނެތިއެވެ.

ޝޫޒާ އެހެން އިދާރާއަކަށް ބަދަލުކުރުމާއި ގުޅިގެން ބޭއްވި ފެއަރވަލްގައި ޝޫޒާ ވަނީ އަސަރު ގަދަ މެސެޖެއް ދީފައެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، އޭނާ ބުނެފައިވަނީ މިނިސްޓްރީން ކުރިމަތިވެފައިވަނީ ކެއްނުކުރެވޭ ވަރުގެ ނަފްސާނީ އަނިޔާ ކަމަށެވެ. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދޭން އައި މިނިސްޓްރީން އަންހެނެއްގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ޝޫޒާ ބުނެފައިވެއެވެ.

މީގެ އިތުރުން ޝޫޒާ ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެއްވެސް މަގުބޫލު އުޒުރެއް ނެތި، ކުރަމުން އައި ހުރިހާ މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށާއި، އެޗްއޯޑީގެ މަގާމުން ދުރުކޮށް، ކޮމެޓީތަކުން ބޭރުކޮށް، އިސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާ ކުރި ކަމަށެވެ. އަދި އާދައިގެ ކޭސް ވޯކަރެއްގެ މަސްއޫލިއްޔަތު ހަވާލުކުރިކަން އޭނާ ފާހަގަކުރިއެވެ.

ހުރިހާ ކަމަކުން އެކަހެރިކުރުމާއެކު، ވީގޮތް ސާފުކުރަން ބޭނުންވާތީ މިނިސްޓަރު އައިޝަތު ޝިހާމްއާއި ބައްދަލުކުރުމަށް އެޕޮއެންޓްމަންޓަކަށް އެދުނުކަން ފާހަގަކޮށް ޝޫޒާ ބުނެފައިވަނީ މިއަދާ ހަމައަށް ދިމާވީ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށާއި، އެޕޮއެންޓްމަންޓް ވެސް ލިބިފައިނުވާ ކަމަށެވެ.

ސޯޝަލް މީޑިއާއިން އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތެއްގައި ގިނަ މުވައްޒަފުން މިފެއަރވަލްގައި ބައިވެރިވެފައިވެއެވެ. އަދި ގިނަ މުވައްޒަފުންގެ މޫނުމަތިން މާޔޫސްކަން ފެނިފައިވާއިރު، ގިނަ މުވައްޒަފުން ތިބީ ފެންކަޅިވެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މުވައްޒަފުން ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށެވެ. މިނިސްޓަރު އައިޝަތު ޝިހާމްއަކީ ވަރަށް ޒާތީވާ ބޭފުޅެއްކަން ފާހަގަކޮށް މުވައްޒަފުން ބުނެފައިވަނީ ޝޫޒާއަކީ ވަރަށް ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފެއް ކަމަށެވެ. ނަމަވެސް ނުރަނގަޅު ކަންކަމުގައި ބަސް ބުނާ މުވައްޒަފެއް ކަމަށާއި، ބޮޑެތި ބައްދަލުވުންތަކުގައި ވެސް ހަގީގަތަށް ޝޫޒާ ވާހަކަދައްކާކަން މުވައްޒަފުން ފާހަގަކުރިއެވެ. އެކަމާއި މިނިސްޓަރު ޝިހާމް ޝޫޒާއަށް އެހައި ހިތްހަމަ ނުޖެހޭކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މުވައްޒަފުން ބުނެފައިވަނީ މިނިސްޓްރީގެ ކަންކަން ތަންފީޒު ކުރަމުންދާއިރު، ކަމާގުޅުންހުރި ސިވިލް މުވައްޒަފުންނަށް އެއްވެސް ކަމެއް ނޭނގޭ ކަމަށެވެ. މިނިސްޓްރީގެ އެޗްއާރްގައި ގިނަ ދުވަސްތަކެއް ވަންދެންހުރި މުވައްޒަފު އެއްވެސް ސަބަބެއް ނެތި ފިޔަވައްޗަށް ބަދަލުކޮށްފައިވާ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ. އަދި ސިވިލް މުވައްޒަފުން އެކަހެރިކުރަމުންދާއިރު، ބޮޑެތި މުސާރަތަކުގައި ޕޯސްޓްތަކަށް ސިޔާސީ މީހުން ގެންނަ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ހާލަތު މިހެން އޮތްއިރު، އެ މިނިސްޓްރީއަކީ މުޅި މުޖުތަމައުއަށް އުފާވެރިކަން ގެނެސްދިނުމަށް މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ އެއް މިނިސްޓްރީއެވެ. އެމިނިސްޓްރީގެ މުވައްޒަފުންނަށް ނިކަމެތި ކުރަމުންދާއިރު، މުޖުތަމައައު ގެނެސްދެވޭނެ އުފާވެރިކަމެއް ނޯންނާނެއެވެ. އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނިކަމެތިންގެ ހައްގުތައް ހޯދައިދިނުމަށް އެ މިނިސްޓްރީގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނީ ވެސް އެމިނިސްޓްރީގައި އެފަދަ މާހައުލެއް ގާއިމްކުރެވިގެންނެވެ. މާޒީގައި ވެސް ކަންކަން ހިންގާފައިވާ ގޮތަށް ބަލާއިރު، މިނިސްޓަރު އައިޝަތު ޝިހާމްއަށް އެމަސައްކަތް ކުރެވޭނެ ކަމާމެދު ސުވާލު އުފެދެއެވެ.

ޑރ.އާއިޝަތު ޝިހާމް ޖެންޑަރ މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު