Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންނާ ގުޅުންހުރި މައްސަލަ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

ކުޑަކުދިންނަށް އިހުމާލުވުމުގެ 26 މައްސަލައެއް ރިޕޯޓުކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 ސެޕްޓެމްބަރު 2025 | އާދީއްތަ 07:43
ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ބެެލެނެވެރިންނާއި އެކު ކޮތަރު ބަލަން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަނީ

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އާދިއްތަ ދުވަހު އެވުޒާރާއިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

Advertisement - newsAdvertisement

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަ ކަމަށެވެ. އެގޮތުން މި ބާވަތުގެ 26 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 11 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 15 މައްސަލައެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 14 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 09 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 05 މައްސަލައެކެވެ.

މީގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 09 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 08 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 05 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން - ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ، ކުދިން ދޫކޮށްލާފައި ދިޔުމުގެ 01 މައްސަލަ އަދި ކުދިން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ ހިމެނޭ ކަމަށް އެވުޒާރާއިން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންނާއި ގުޅުންހުރި މައްސަލަތައްކަން ފާހަގަކޮށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ، އޭގެތެރޭގައި ހިމެނެނީ، އަންހެން ކުދިންގެ 44 މައްސަލައަކާއި ފިރިހެން ކުދިންގެ 40 މައްސަލައެއް ކަމަށެވެ.

މީގެ އިތުރުން މިދިޔަމަހު ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 17 މައްސަލައެއް، ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި 04 މައްސަލައެއް، އާއިލީ މައްސަލަތަކާ ގުޅޭ 22 މައްސަލައެއް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 45 މައްސަލައެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ 08 މައްސަލައެއް، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 04 މައްސަލައެއް އަދި ހެލްޕްލައިންއަށް ޖުމްލަ 2592 ކޯލު ލިބިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ގިނަ މައްސަލަތަކެއް ކޮންމެ މަހަކު ވެސް އެވުޒާރާއަށް ހުށަހެޅި ނަމަވެސް އެކަށީގެންވާ ގޮތުގައި މައްސަލަތައް ބަލައި، އެ ރައްކާތެރިކަން ކަށަވަރު ކޮށްނުދެވޭ ކަމަށް ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. މިފަހުން ޓިކްޓޮކްގައި ދިވެހި ކުޑަ ކުއްޖަކު ވިއްކުމަށް ގޮވާލި މައްސަލާގައި އެ ކުއްޖާގެ މަންމަ ތަކުރާރުކޮށް އެކަމުގެ ކަންބޮޑުވުންފާޅު ކުރިނަމަވެސް އެވުޒާރާގެ އެއްބާރުލުން ނުލިބޭ ކަމަށް އެއާއިލާއިން ބުނެފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެވެށި އަނިޔާކުޑަކުދިންގެ ރައްކާތެރިކަންޖިންސީ ގޯނާކުއްޖާ އަވަށްޓެރިޖެންޑަރ މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް
02 ޑިސެމްބަރު 2025

ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު

02 ޑިސެމްބަރު 2025
ފިލައިގެން ފުރަން ގޮސް ހުއްޓާ ސަނީ އުމަރު އެއަރޕޯޓުން އަތުލައިގަތް ނަމަވެސް ހައްޔަރު ނުކުރާ ކަން ހާމަވެއްޖެ، ހައްޔަރު ކުރީ މިއަދު
01 ޑިސެމްބަރު 2025

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

01 ޑިސެމްބަރު 2025
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ޑރ.ސަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
01 ޑިސެމްބަރު 2025

ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން

01 ޑިސެމްބަރު 2025
ރާއްޖެ އައުމާއެކު ސަނީ އުމަރު ހައްޔަރުނުކޮށް ގެންދިޔައީ ފުލުހުންގެ ކާރުގައި ސުވާލުކުރަން
01 ޑިސެމްބަރު 2025

"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"

01 ޑިސެމްބަރު 2025
"2020ގެ ތަފާސްހިސާބަށް ބަލާ ނަމަ އިންޓަރނެޓް ބޭނުންކޮށްގެން އެކި ކަހަލަ އަނިޔާ ކޮށްފައިވާ މިންވަރު މައްޗަށް ދިޔަ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު