Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ޕީކޭގެ ބަދަލުގަ ބާސެލޯނާ އިން އެހެން ކުޅުންތެރިޔަކު ހޯދާނެ

ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އިން އެންމެ އިސްކަމެއް ދޭނީ އެކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2022 | ހޮނިހިރު 00:03
ބާސެލޯނާގެ ކޯޗު ޒަވީ އަދި ޕީކޭ

ބާސެލޯނާގެ ކޯޗު ޒަވީ އަދި ޕީކޭ

ޖެރާޑް ޕީކޭގެ ބަދަލުގަ ބާސެލޯނާ އިން އެހެން ކުޅުންތެރިޔަކު ހޯދާނެ ކަމަށް އެ ކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

އުމުރުން 35 އަހަރުގެ ޑިފެންޑަރު ވަނީ އޭނާ ފުޓުބޯޅަ ކުޅުމުން ރިޓަޔާ ކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ. ބާސެލޯނާގައި ޕީކޭގެ ފަހު މެޗަކަށް ވާނީ ހޮނިހިރު ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި އެ ޓީމު ކުޅޭ މެޗެވެ. ޕީކޭ ވަނީ ބާސެލޯނާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ޓާމިނޭޓު ކުރުމަށް ވެސް ނިންމާފައެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ޕީކޭ ކުޅުން ހުއްޓާލަށް ނިންމުމާއެކު، ބާސެލޯނާ އިން އެހެން ޑިފެންޑަރަކު ހޯދާނެ ކަމަށެވެ. އަދި އެކަމަށް އަންނަ ޖެނުއަރީ ޓްރާންސްފާގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޒަވީ ބުންޏެވެ. އޭނާ ބުނީ ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާ އިން އެންމެ އިސްކަމެއް ދޭނީ އެކަމަށް ކަމަށެވެ. ކުޅުން ހުއްޓާލުމަށް ޕީކޭ ނިންމިއިރު، އޭނާ އަކީ ބާސެލޯނާގައި އިސް ދައުރެއް އަދާ ކުރި ކުޅުންތެރިޔެކެވެ. މީގެ އިތުރުން ޕީކޭ ވަނީ ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބާސެލޯނާއިން ހޯދަން ބޭނުންވާ ޑިފެންޑަރުންގެ ތެރޭގައި އެތުލެޓިކް ބިލްބާއޯ އަށް ކުޅެމުން އަންނަ އިނިގޯ މާޓިނޭޒް ހިމެނެއެވެ. މާޓިނޭޒްގެ އިތުރުން އެހެން ކުޅުންތެރިން ވެސް އެ ލިސްޓުގައި ހިމެނޭއިރު. އެކަމުގެ މަސައްކަތް އެ ކުލަބުން ކުރާނީ މި މަހު އޮންނަ ފީފާ ވޯލްޑް ކަޕަށް ފަހު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބާސެލޯނާޖެރާޑް ޕީކޭޒަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު