Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑިޔާގެ ގެރިތަކަށް ބައްޔެއް ޖެހުން

އިންޑިޔާގެ ގެރިތަކަށް ގޮތްނޭނގޭ ބައްޔެއް ޖެހި ގިނަ އަދަދެއްގެ ގެރި މަރުވަނީ

"ލަމްޕީ ސްކިން ޑިޒީޒް" 2.4 މިލިއަން ގެރިޔަށް ޖެހިފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2022 | ހުކުރު 18:40
އިންޑިޔާގައި "ލަމްޕީ ސްކިން ޑިޒީޒް" ޖެހިފައިވާ ގެރިއެއް

އިންޑިޔާގައި "ލަމްޕީ ސްކިން ޑިޒީޒް" ޖެހިފައިވާ ގެރިއެއް

އިންޑިޔާގެ ގެރިތަކަށް ގޮތްނޭނގޭ ބައްޔެއް ޖެހެމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ. ވައިރަހަކުން ޖެހޭ "ލަމްޕީ ސްކިން ޑިޒީޒް" ޖެހުމުން ގެރީގެ މުޅި ހަންގަނޑުގެ ދަށުން ތަންތަން އުފުލިފައި ހުރެއެވެ. އިންޑިޔާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާ ދީ ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިބަލި މިހާތަނަށް 2.4 މިލިއަން ގެރިޔަށް ޖެހިފައިވެއެވެ. އަދި 110،000 ހާސް ގެރި ބަލީގެ ސަބަބުން މަރުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.

ނަމަވެސް މި ބައްޔާ ބެހޭގޮތުން ސޯޝަލް މީޑިޔާގައި ސައްޙަ ނޫން މައުލޫމާތު ފަތުރަމުންދާކަމަށް ވެސް މި ރިޕޯޓުގައި ބުނެފައިވެއެވެ.

އިންޑިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ގެރި ކިރު އުފައްދާ ގައުމެވެ. އަދި ގެރީގެ އެންމެ ބޮޑު އާބާދީ އޮންނަނީ ވެސް އިންޑިޔާގައެވެ. އެހެންކަމާ އެކު ކިރާއި އެއްގަމު މަހުގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އާމްދަނީ އަށް ވަނީ މިބަލީގެ ސަބަބުން ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރަން ފަށާފައެވެ.

ވައިރަލްވެފައިވާ ބައެއް ސޯޝަލް މީޑިއާ ޕޯސްޓުތައް ބުނާ ގޮތުން ބަލިޖެހިފައިވާ ގެރީގެ ކިރު ބުއިމުން އިންސާނުންނަށް ވެސް އެފަދަ ބައްޔެއް ޖެހެއެވެ. އެހެން ކަމުން ބުއިމަށް ރައްކާތެރިއެއް ނޫނެވެ. މިފަދަ ޕޯސްޓުތަކުގައި ބަލިޖެހިފައިވާކަމަށް ބުނާ ބައެއް މީހުންގެ ފޮޓޯ ވެސް ހިމަނާފައި ހުރެއެވެ.

ނަމަވެސް ބީބީސީގެ ރިޕޯޓުގައިވާ ގޮތުން ކިރުގެ ޒަރީއާއިން އިންސާނުންނަށް މިބަލި ނާރައެވެ. މި އައުލޫމާތު ދީފައިވަނީ ހަރިޔާނާ ސްޓޭޓުގައި ގާއިމުކޮށްފައިވާ، ގެރި ގެންގުޅޭ 6،000 އަށް ވުރެ ގިނަ ފަރާތްތަކުގެ އެސޯސިއޭޝަނެއްގެ ސެކްރެޓަރީ ޖެނެރަލް ޕޯރަސް މެހްލާއެވެ.

ސޯޝަލް މީޑިޔާގައި ފަށާފައިވާ އެންޓި ކެމްޕެއިންގެ ސަބަބުން ގިނަ ބަޔަކު އެވާހަކަ ޤަބޫލުކޮށް ގިނަ އަދަދެއްގެ ކިރު އުކާލަމުންދާކަމަށް ވެސް ރާޖަސްތާނުގައި ގެރި މަހާއި ކިރުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އިސްފަރާތަކުން ބުނެފައިވެއެވެ. އަދި "ލަމްޕީ ސްކިން ޑިޒީޒް" ގެ ސަބަބުން ގިނަ އަދަދެއްގެ ގެރި މަރުވުމުގެ ސަބަބުން ގެއްލުންވި ފަރާތަކަށް ކިރު ވިއްކޭގޮތް ނުވުމުން ވެސް އިތުރު ދައްޗާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ގޫގަލް ޓްރެންޑްގެ ޑާޓާ ދައްކާގޮތުން މިބަލި ޖެހިފައިވާ ގެރީގެ ކިރު ބުއިން ރައްކާތެރިތޯ ބެލުމަށް ގޫގްލް ކުރި މީހުންގެ އަދަދު، ފާއިތުވި 30 ދުވަހުގެ ތެރޭގައި 5،000 އިންސައްތަ އިތުރު ވެފައިވެއެވެ.

"ލަމްޕީ ސްކިން ޑިޒީޒް" އަކީ ޒޫނޮޓިކް ޑިޒީޒެއް ނޫން ކަމަށް ވެއެވެ. މާނަޔަކީ ޖަނަވާރުންގެ ގައިން އިންސާނުންނަށް ނާރާނެއެވެ. 2017 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެއްގައި އދގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ވެސް ވަނީ ލަމްޕީ ސްކިން ޑިޒީޒް އިންސާނުން ގަޔަށް ނާރާނެ ކަމަށް ބުނެފައެވެ. މިކަން ވަނީ އިންޑިއަން ވެޓެރިނަރީ ރިސަރޗް އިންސްޓިޓިއުޓް (އައިވީއާރުއައި) އިން ވެސް ޔަގީންކޮށްދީފައެވެ.  އައިވީއާރުއައިގެ ޖޮއިންޓު ޑައިރެކްޓަރު ޑރ. ކޭޕީ ސިންގ ބީބީސީ އަށް ވިދާޅުވި ގޮތުގައި ޖަނަވާރުންގެ ގައިން މިބަލި އެރި ކަމުގެ ހެތްކެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް ބަލިޖެހިފައިވާ ގެރިއެއްގެ ކިރު ބޯ ޅަގެރި ނުވަތަ ބަކަރިއަށް ބަލި ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލަމްޕީ ސްކިން ޑިޒީޒް" އާބެހޭ ގޮތުން ފަތުރަމުންދާ އަނެއް ދޮގު ޚަބަރަކީ އެބަލި އެތެރެވީ ޕާކިސްތާނުން ކަމަށް ބުނެ ފަތުރާ ޚަބަރެވެ.

ހަގީގަތަކީ އެބަލި ފުރަތަމަ ފެނިފައިވަނީ 1929 ވަނަ އަހަރު ޒެމްބިޔާއިން ކަމެވެ. ފުރަތަމަ ކޮޅު ސަބްސަހާރާ އެފްރިކާގެ ގައުމުތަކުން އެކަނި ފެނުނު ނަމަވެސް ފަހުން ވަނީ އުތުރު އެފްރިކާ، މެދުއިރުމަތި، ޔޫރަޕް އަދި އޭޝިޔާގެ ބައެއް ގައުމުތަކަށް ބަލި ފެތުރިފައެވެ.

އޭޝިޔާގެ ގައުމުތަކުގެ ތެރެއިން "ލަމްޕީ ސްކިން ޑިޒީޒް" ފުރަތަމަ ފެނިފައިވަނީ 2019 ވަނަ އަހަރު ބަންގްލާދޭޝް، ޗައިނާ އަދި އިންޑިޔާއިން ކަމަށް 2020 ވަނަ އަހަރު އެފްއޭއޯ އިން ނެރުނު ރިޕޯޓެއްގައިވެއެވެ. މި ރިޕޯޓު ނެރުނު އިރު އަދި ޕާކިސްތާނުން ބަލި ނުފެންނަ ކަމަށް ވެއެވެ.

ގެރިތައް މަރުވަނީ ސަރުކާރުން ދޭ ވެކްސިނެއްގެ ސަބަބުން ކަމަށް ބުނެ ފަތުރަނީ ވެސް ދޮގު ޚަބަރެއް ކަމަށް ވެއެވެ.

"ލަމްޕީ ސްކިން ޑިޒީޒް" ޖެހި ގެރިތައް މަރުވަމުންދާތީ ސަރުކާރުން ޚާއްސަ ވެކްސިން ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ވެއެވެ. މިގޮތުން އިންޑިޔާގެ އެތައް ސްޓޭޓެއްގައި މިވަގުތު ގެރިތަކަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ކުރިޔަށް އެބަގެންދެއެވެ. މިގޮތުން ދެވެނީ ގޯޓްޕޮކްސް ވެކްސިން ކަމަށް ވެއެވެ. މި ވެކްސިން ޖެހުމުން "ލަމްޕީ ސްކިން ޑިޒީޒް" ޖެހުމުން 70-80 އިންސައްތަ ދިފާއު ކޮށްދޭ ކަމަށާއި މިހާރު ވެސް އެތައް މިލިއަން ގެރިއަކަށް ވެކްސިން ދެވި ގަދަވެފައިވާ ކަމަށް އިންޑިޔާގެ އޮފިޝަލުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނެއެވެ.

މައުލޫމާތު: ބީބީސީ ރިޕޯޓު    

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

ދެ ފަހަރު ސަތަރި ބަދަލުކުރަންޖެހި، ފުޑް ކޯޓްތައް ނުހުޅުވި ދެ އަހަރު

12 ނޮވެމްބަރު 2017
ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

ޔަަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން ހުއްޓުމަކަށް!

11 އޮކްޓޯބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017
މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

މިނިވަންދުވަސް: ނުފޫޒުތައް ނައްތާލައި އިންސާފުގެ ދަރުބާރު މިނިވަންކުރަން ޖެހިފަ!

26 ޖުލައި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު