Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސްގެ ހަސަދަވެރިކަން

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

ހަސަދަވެރިވެގެން މަޤްބޫލުކަމެއް ނުލިބޭނެ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 31 މާރިޗު 2017 | ހުކުރު 13:37
އެމްޑީއޭގެ ޖަލްސާއެއްގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ

އެމްޑީއޭގެ ޖަލްސާއެއްގައި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަނީ

ރައީސް ޔާމީން މިއަދު މިޤައުމުގެ ވަލިއްޔުލް އަމުރެވެ. ދިވެހިންގެ ޙާކިމާއެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެކަމަށް ދޭންޖެހޭ އިޙްތިރާމް ދެމެވެ. މާނައަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކާމިނީގޭ އަބްދުﷲ ޔާމިންއަކަށް ނޫނެވެ. ޔާމިންގެ ވެރިކަމަށް ތިން އަހަރުވީ އިރު މުޅިން ފެންނަނީ ވާދަވެރި ހުރަގެއަށް ލަމުންދާތަނެވެ. ހަސަވެރިކަމުގެ ރޫހުގައި ހިނގާކަމެއްގެ ގޮތުގައި ސިފަވާ ހެނެވެ. ހުރިހާ ކަމެއް ހިނގަނީ ނަމުން ޗާޓުގެ އެތެރެއިންނެވެ. ކަން ދެއްކުމަށް އެކަންކުރަނީ ޝަރުޢީ މަރުޙަލާގެ ތެރެއިންނެވެ. ނަމަވެސް ޝަރުޢީ ދާއިރާއަކީ ފާލުންނެއްޓި، ޗާޓުން ބޭރުވެފައިވާ ދާއިރާއެއްކަން ނުދަންނަ އެކަކު ވެސް ނެތެވެ. ފެންނަ ފެނުމަށް މިހުރިހާ ކަމެއް ސިފަކުރެވެނީ ހަސަދަވެރިކަމެއް ފިލުވާލަން ކުރެވޭ ކަންތައްތަކެއްގެ ގޮތުގައެވެ.

ރައީސް ޔާމިންއަށް ފަހަރުގައި އެނގިވަޑައި ނުގަތަސް ހަސަދަވެރިކަމަކީ ވަރަށް ވެސް ނުބައި ބައްޔެކެވެ. އެކަމުން ތިމާ މީހުންނާ ދުރުކޮށް އެންމެ ފަހު ވަގުތު އެކަނިވެރިކޮށްލާ ކަމެކެވެ. ކިތަންމެ އާރާބާރެއް މިހާރު ލިބިފައި ވިޔަސް ހަސަދަވެރިކަމުން ހާސިލް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެއެވެ. ވަކި މީހަކަށް ނުވަތަ ބަޔަކާ މެދު ހަސަވެރިވެގެން ތިމާ އަމިއްލައަށް ހަލާކުވުން ނޫން ކަމެއް ނުވާނެއެވެ. މީހަކަށް ހަސަދަވެރި ވެގެން އެހެން ބަޔެއްގެ ފަރާތުން ލިބޭނެ ލޯތްބެއް އިހުތިރާމެއް ވެސް ނޯންނާނެކަން ހަނދުމަކުރަންޖެހެއެވެ. ހަސަދަވެރިވެގެން އުޅޭ ނަމަ އާޚިރުގައި ރައީސް ޔާމިން ވާނީ އެކަންޏެވެ. ސަނާ ކިޔަން ވަށައިގެން އެނބުރޭ ޕަރުވާނާކޮޅު ވެސް ދަނޑިވަޅު ބަލާފައި ފިލާނެއެވެ.

ތިބާއަށްވުރެ އަނެކާ މޮޅުވެދާނެއެވެ. ތިބާ ލިބުމަށް އެދޭ ސިފައެއް ތިބާއަށް ނުލިބި އެހެން މީހަކަށް ލިބިދާނެއެވެ. ދުނިޔޭގެ އާދައަކީ މިއީއެވެ. ތިމާއަށް ނުކުރާ ގަދަރެއް ރައްޔިތުން އެހެން މީހަކަށް ކޮށްފާނެއެވެ. އެވަރަށް ލޯބިވެދާނެއެވެ. މިއީ ދުނިޔޭގެ ޠަބީއަތާއި ދުނިޔެ ދައްކާ ޙަޤީޤަތެވެ. މި ޙަޤީޤަތާ އިންކާރު ކުރުމަކީ ހަސަދަވެރިކަމެވެ. އެކަން އަމިއްލައަށް ވެސް ޤަބޫލުކުރަންޖެހެއެވެ. ރައީސް ޔާމިންގެ ފަރާތްޕުޅުން ހަސަދަވެރިކަމުގެ ސިފަތައް ފެންނަކަމަށް ބުނަނީ ރައްޔިތުންނެވެ. މިނިވަން ޚިޔާލެއް ފާޅުކުރެވޭ ކޮންމެ ތަނެއްގައި އެވާހަކަ ދެކެވެއެވެ. ފަހަރުގައި ކަންހިނގާފައިވާ ގޮތުން އެހެން ވެދާނެއެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް މައުމޫނާއި، ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމްގެ މަޤްބޫލުކަން އިތުރުވުމަކީ އެބޭފުޅުންގެ ކުށެއް ނޫނެވެ. އަދި ކިއެއްތަ އެއީ އެބޭފުޅުން ދެކެ ހަސަދަވެރި ވާންވީވަރުގެ ކަމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި އެ މަޤަބޫލުކަމާއި އިހުތިރާމް ހޯދުމަށް މަސައްކަތް ކުރަންވީއެވެ. ބަދަލުގައި ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް އަލުން އުފުލައިގެންވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ހަމަ އެގޮތަށް ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ކޯޓު އަމުރެއްގެ ދަށުން ތަޅުއެޅުވުމަކީ ޙައްލެއް ނޫނެވެ. ސިޔާސީ ޕާޓީއެއްގެ މަސައްކަތް ޕީޕީއެމްގެ ރައީސް މައުމޫނު ކުރެއްވިޔަ ނުދޭން ހުރަސް އަޅައިގެން ރައީސް ޔާމިން އަށް ލިބޭނެ ގަދަރަކާއި އިއްޒަތެއް ނޯންނާނެއެވެ. ރައްޔިތުންގެ ތެރޭގައި މަޤްބޫލުކަން ގެއްލެމުންދާތީ ޤާސިމްގެ މުދާ ހިފަހައްޓާ ދެއިރު ދެދަޅައަށް ފުލުސް އޮފީހަށް ގެންދިޔުމަކުން ރައީސް ޔާމިންގެ މަޤްބޫލުކަމެއް ކުރިއަކަށް ނާރައެވެ. ކަންހިނގަނީ ދިމާ އިދިކޮޅަށެވެ.

ނަޝީދުގެ މައްޗަށްވެ ސް ތިޔަ ދައުވާ އުފުއްލެވީ އެމްޑީޕީގެ ވެރިކަމުގައި "މިހާރުގެ ރައީސް" އަބްދުﷲ ޔާމީން ސިފައިންގެ ބެލުމުގެ ދަށުން ކ. އާރަށުގައި "ބަންގަލޯ" އެއްގައި ބަހައްޓައިގެންނެވެ. އާއިލާއާ ބައިނަލްއަޤްވާމީ ދުނިޔޭގެ ފަރާތްތަކާއި މުޢާމަލާތް ކުރެވުނެވެ. ހުރިހާ އިނާޔަތްތަކެއް ދިނެވެ. ދެން މިހާރު މިފެންނަނީ ހަސަދަވެރިކަން ނޫން ކޮންކަމެއްތޯ ރައްޔިތުން ސުވާލު އުފައްދަނީ އެހެންވެގެނެވެ. ނަޝީދުގެ މައްޗަށް ކިތަންމެ ދަޢުވާއެއް އުފުލިޔަސް ރައްޔިތުންގެ ހިތުގައި ނަޝީދަށް ދެވިފައިވާ ޤަދަރާ އިޙްތިރާމަކަށް ކުޑަވެސް ބަދަލެއް ނާންނާނެއެވެ. ހަމަ ގިނިކަންޏާ ހުންނަވަންޖެހޭ ހަސަދަވެރިކަން ހިތުއަޅައި ލޮލަށް ނިދިނައިސްގެން އުޅޭ ބަޔެކެވެ.

ވަރަށް ވެސް މަޖައެވެ. ރައްޔިތުން ވެސް ހެނީއެވެ. މަޖާކަމެއް ސަރުކާރަކުން ކުރާތީއެވެ. ސަރުކާރުގައި ހުރި މައްސަލަތައް ހުރިގޮތަށް ބަހައްޓާފަައި އެހެންމީހުން ފަހަތުން ދުވާތީއެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ކަންކަމުގައެވެ. އަނެކާއާ މެދު ލައިގަނެގެން އުޅޭ ހަސަވެރިކަމެއް ބާލާލާލުމަށް އުޅޭތީއެވެ. ޤައުމެއްގެ ވަލިއްޔުލް އަމުރަކަށް ހުންވާ ބޭފުޅަކު މި ޒާތުގެ ތާކުންތާކުން ނުޖެހޭ ކަންކަން ކުރެއްވުމަކީ ލަދު ކަމެކެވެ. ނަޝީދު ވެރިކަމުގައި ރައީސް ޔާމީން އާރަށުގައި އަރާމުގައި އެއަރކޯން ކޮޓަރީގައި ފޯނުގެ ހިދުމަތް ލިބޭ ގޮތަށް އާއިލާއާ ބައްދަލުވެވޭ ގޮތަށް ބެހެއްޓުމުން އޭގެ ބަދަލުގައި މި އުފުލީ ޓެރަޓެރަރިޒަމްގެ ދައުވާއެވެ. ސަރުކާރާއި ދެކޮޅަށް ޤާސިމް އެއްޗެއް ބުނުމުން ދަމަން ފެށީ ފުލުހުންގެ އިދާރާއަށެވެ. މިހުންނަނީ ޑިމޮކްރަސީއެއްގައި ލަދުވެތި ކަންކަމެވެ.

ޚިޔާލު ތަފާތުވި ހިސާބުން އެއްބަފާ ބޭބޭފުޅު އެކަހެރިކޮށްލެއްވީއެވެ. ރައީސް މައުމޫންގެ ތާޢީދު ރައްޔިތުންގެ މެދުގައި ބޮޑުވުމަކީ އެމަކާ މެދު ހަސަދަވެރިވާންވީ ކަމެއް ނޫނެވެ. ތަބަކަކަށް ލައިގެން ވެރިކަން ޙަވާލުކޮށްދެއްވީ ކޯޓްތައް މެދުވެރިކޮށް ކަމަށް ވިދާޅުވީ އަމިއްލަ ދޫފުޅުންނެވެ. އެހިސާބަށް ދިޔުމަށް މަގު ކޮށްޓަވައިދެއްވީ މައުމޫނެވެ. ޕާޓީއެއްގެ އާންމު މެންބަރުން ގައުމީ ޖަލްސާއަކުން އިންތިޚާބުކޮށްފައިވާ ރައީސަކު ބޭރުކޮށް ކުރަމުން ގެންދިޔަ މަސައްކަތް ހުއްޓުވުމަކީ ހަސަދަވެރިކަމުގެ ލާމަސީލު މިސާލެކެވެ. އެވަރުގެ ތާޢީދެއް ނެތުމުން އެފަދަ އިހުސާސްތައް ކުރެވުމަކީ އިންސާނީ ތޮބީއަތެވެ. ތިމާއަށް ވުރެ ބޮޑަށް އަނެކާއަށް ކުރިއެރުމެއް ނޫނީ އެހެން ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބޭނަމަ ބޭއިޚްތިޔާރުގައި ވެސް ހަސަދަވެރިވެވޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު