Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްބަސްވުމެއް ނެތި މަސް ވިއްކުން

ކުރީ ސަރުކާރުގައި މިފްކޯއިން އެއްބަސްވުމެއް ނުހަދާ 144 މިލިއަން ރުފިޔާގެ މަސް ވިއްކާފައިވޭ - އޮޑިޓް

މަސް ވިއްކުމުގެ ވިޔަފާރީގެ ބޮޑެތި މުއާމަލާތްކޮށްފައިވާ އިރު، ލިޔުމުން އެއްބަސްވުން ހަދަމުން ގެންގޮސްފައިނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އޮކްޓޯބަރު 2022 | އަންގާރަ 09:33
ކޫއްޑޫއަށް މަސްދޯނިތަކުން މަސް ކިރުވަނީ

ކޫއްޑޫއަށް މަސްދޯނިތަކުން މަސް ކިރުވަނީ

މަސްގަންނަ ފަރާތާއި މިފްކޯއާއި ދެމެދު އެއްބަސްވުމެއް ނެތި 144 މިލިއަން ރުފިޔާގެ ފިނިކުރި އައިސް މަސް، މިފްކޯއިން ވިއްކާފައިވާ ކަަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މިފްކޯގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މިފްކޯގެ ސޭލްސް އެންޑް މާކެޓިން ޕްރޮސީޖަރުގައި އެކްސްޕޯޓްކުރާ ކޮންމެ މަހުގެ ބާވަތަކަށް އެއްބަސްވުން ހަދާ، ސޭލްސް އެންޑް މާކެޓިން ޑިޕާޓްމަންޓުގެ ވެރިޔާ ސޮއިކޮށް، އެއްބަސްވުމުގެ އަސްލު ކޮޕީ ޑިޕާޓްމަންޓުގައި ފައިލްކޮށް، އަދި ދެވަނަ ކޮޕީ ފައިނޭންސް އެންޑް އެކައުންޓިންގ އަދި ޕްރޮޑަކްޝަން ސައިޓަށް ފޮނުވަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިފްކޯއިން ފިނިކުރި އައިސް މަސް ވިއްކުމުގެ ބައެއް ބޮޑެތި މުއާމަލާތް ކުރަމުން އަންނަނީ މަސް ގަންނަ ފަރާތްތަކާއެކު އެއްބަސްވުން ނުހަދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެއްބަސްވުން ނުހަދާ ޖުމްލަ 144 މިލިއަން ރުފިޔާގެ މަސް ވިއްކާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އެއްބަސްވުމެއް ނެތި މަސް ވިއްކުމުގެ ބޮޑެތި މުއާމަލާތްތައް ކުރާނަމަ، ވިއްކާ މަހުގެ ބާވަތާއި ވިއްކާ މަހުގެ އަދަދާއި، މަހުގެ ޖުމްލަ އަގާއި، ފައިސާ ދައްކާނެ ގޮތާއި، އަދި ފައިސާ ނުދައްކައިފިނަމަ އަމަލުކުރާނެ އުސޫލު ފަދަ ކަންކަމާއި މެދު ދެފަރާތުން އެއްބަސްވާގޮތް ކުރި ކަނޑައެޅިފައި ނުވާނެކަމަށް ބުނެފައިވެއެވެ.

މަސް ވިއްކުމުގެ ވިޔަފާރީގެ ބޮޑެތި މުއާމަލާތްކޮށްފައިވާ އިރު، ލިޔުމުން އެއްބަސްވުން ހަދަމުން ގެންގޮސްފައިނުވާ މައިގަނޑު އެއް ސަބަބަކީ މަސް ވިއްކުމުގައި އާންމުގޮތެއްގައި ހަދަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް ތަންފީޒުކުރަމުންދާކަން މެނޭޖްމަންޓުން ކަށަވަރުކޮށް އެކަމާ ދޭތެރޭ ފިޔަވަޅު އަޅަމުން ގެންގޮސްފައި ނެތުމުން ކަމަށް ބުނެފައިވެއެވެ.

މި މައްސަލައިގެ އިތުރުން ފިނިކުރި އައިސްމަސް އެއަރފްރައިޓްކޮށް ވިއްކުމުގައި މަސް ގަންނަ ފަރާތާއި މިފްކޯއާ ދެމެދު މުއާމަލާތް ކުރާ އިރު މިފްކޯއިން މަސް ގަންނަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅަނީ ކޮން ފަރާތަކުން ކަން ލިޔެކިޔުމުން އެނެގެން ނެތް ކަމަށެވެ. މިގޮތުން މަސް ވިއްކަނީ މިފްކޯގެ މަސް ފެކްޓްރީގައި އިސްކޮށް ހުންނަ ފަރާތުން މަސް ގަންނަ ފަރާތްތަކާ ފޯނުން ގުޅާ މުއާމަލާތްކުރުމަށްފަހުގައި ކަމަށް ވެސް އޮޑިޓްގައި ބުނެފައިވެއެވެ.

އެހެންކަމުން މަސް ގަންނަން ހުށަހަޅާ އެކިއެކި ފަތާތްތަކުން މަސްގަތުމަށް ހުށަހަޅާ އަގާއި އަދި މަސް ވިއްކުމަށް ކަނޑައެޅުނު ފަރާތް އިހްތިޔާރު ކުރެވުނު ގޮތް މިފްކޯގެ ލިޔެކިޔުންތަކުން އެނގެން ނުހުންނަކަން ފާހަގަކޮށްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ފިނިކުރި އައިސް މަސް އެއަރފްރައިޓްކޮށް ވިއްކާފައިވަނީ މިފްކޯއަށް އެންމެ ފައިދާ ބޮޑުގޮތެއްގައިކަން ޔަގީންކުރެވެން ނެތްކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.

މިފްކޯމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރފިނޭންސް މިނިސްޓްރީއޮޑިޓް ރިޕޯޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
19 ނޮވެމްބަރު 2025

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި
13 ނޮވެމްބަރު 2025

ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!

13 ނޮވެމްބަރު 2025
ބަޖެޓް 2026: ފިނޭންސް މިނިސްޓްރީގެ ވަރުގަދަ އިންޒާރު މުއިއްޒު ސަރުކާރަށް - މުސާރައިގެ ހޭދަ މައްޗަށް ދާނަމަ ޚަރަދު ނުހިފެހެއްޓޭ ހިސާބަށް ދާނެ!
06 ނޮވެމްބަރު 2025

ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި

06 ނޮވެމްބަރު 2025
ފިނޭންސް އިން އަންގައިގެން ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ދިވެހި ފައިސާގެ ނޫޓު ބަލައިގަތުން މެދުކަނޑާލައިފި
05 ނޮވެމްބަރު 2025

މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު

05 ނޮވެމްބަރު 2025
މުއިއްޒު ބޭނުންވާ އަމިއްލަ ކުންފުނިތަކަކަށް ޕޮރޮޖެކްޓްތައް ބަހާލުން ބުރާސްފަތި ދުވަހު
05 ނޮވެމްބަރު 2025

ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި

05 ނޮވެމްބަރު 2025
ފަޒުލްގެ ކުންފުނިން ލޯންޗު ގަތުމަށް ސަރުކާރުން އިއުލާނު ކޮށްފި
30 އޮކްޓޯބަރު 2025

މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް

30 އޮކްޓޯބަރު 2025
މި އަހަރުގެ ބަޖެޓަށް 7.7 ބިލިއަން ރުފިޔާ އިތުރުކޮށް އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު