Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑޯ އެވޯޑު

ބެންޒެމާގެ ވަގުތު ޖެހިއްޖެ، ޝަރަފުވެރި ބެލެންޑޯ އެވޯޑު އުފުލާލައިފި

މިއީ ބެންޒެމާ ބެލެންޑޯ އެވޯޑު ހޯދި ފުރަތަމަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2022 | އަންގާރަ 00:48
ބެލެންޑޯ އެވޯޑާއެކު ބެންޒެމާ

ބެލެންޑޯ އެވޯޑާއެކު ބެންޒެމާ

ދުނިޔޭގެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑު ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ އުފުލާލައިފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިސްގައި ހޯމަ ދުވަހުގެ ރޭ އޮތް ޝަރަފުވެރި ޙަފްލާގައި އުމުރުން 34 އަހަރުގެ ބެންޒެމާ އެވޯޑު އުފުލާލީ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ އާއި މެންޗެސްޓަރ ސިޓީގެ ކެވިން ޑިބްރޭނާ އާއި ބާސެލޯނާގެ ރޮބާޓް ލެވަންޑޯސްކީއާ ވާދަކޮށެވެ. މިއީ ބެންޒެމާ ބެލެންޑޯ އެވޯޑު ކާމިޔާބުކުރި ފުރަތަމަ ފަހަަރެވެ. ބެންޒެމާ އަށް އެވޯޑު ހަވާލުކޮށްފައިވަނީ ކުރިން ރެއާލާއެކު އެތައް ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު ޒިނެދިން ޒިދާންއެވެ.

ނިމުނު ސީޒަންގައި ބެންޒެމާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެއާއެކު މިފަހަރުގެ ބެލެންޑޯ އޭނާ އަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ވެސް ކުރިއެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ތަޖުރިބާކާރުންނާއި، ގިނަ ކުޅުންތެރިން ވެސް ވަނީ ބެންޒެމާ އަށް އެވޯޑު ޙައްގުކަމަށް ބުނެފައެވެ.

ރެއާލާއެކު ބެންޒެމާ ވަނީ ކާމިޔާބު ސީޒަނެއް ނިންމާލާފައެވެ. އޭނާ ވަނީ ނިމުނު ސީޒަންގައި އެ ޓީމަށް ކުޅެދިން 46 މެޗުން 44 ލަނޑު ޖަހާފައެވެ. މީގެ އިތުރުން ބެންޒެމާ ވަނީ ނިމުނު ސީޒަންގެ ސްޕެނިޝް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި، ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. ބެންޒެމާ ވަނީ ރެއާލާއެކު ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ރެއާލުން މިދިޔަ ސީޒަންގައި ހޯދި ކާމިޔާބީތަކުގެ އެންމެ އިސް ދައުރެއް އަަދާކުރީ ވެސް ބެންޒެމާއެވެ. ޔުއެފާ އިން ދޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ވަނީ ހޯދާފައެވެ.

މި ސީޒަންގައި ވެސް ބެންޒެމާ އަންނަނީ އޭނާގެ މޮޅު ކުޅުން ދައްކަމުންނެވެ. މި ސީޒަންގެ މިހާތަނަށް ބެންޒެމާ ވަނީ ރެއާލަށް ކުޅެދިން 10 މެޗުން ފަސް ލަނޑު ޖަހާފައެވެ. މި ސީޒަންގެ ޗެމްޕިއަންސް ލީގާއި، ސްޕެނިޝް ލީގުގައި ރެއާލުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާގައި ބެންޒެމާގެ ދައުރު ވަރަށް ބޮޑެވެ.

މިއީ 2008 ވަނަ އަހަރުގެ ފަހުން ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނޫން ކުޅުންތެރިޔަކު ބެލެންޑޯ އެވޯޑު ހޯދި ދެ ވަނަ ފަހަރެވެ. އެ ދެ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު އެންމެ ފުރަތަމަ ބެލެންޑޯ ހޯދީ ރެއާލްގެ މެޑްރިޑުގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗްއެވެ.

މީގެ އިތުރުން އެ ޙަފްލާގައި ވަނީ އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާ ވެސް ހޮވާފައެވެ. އަންހެން ބެލެންޑޯ އެވޯޑު ކާމިޔާބުކުރީ ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ އަލެކްސިއާ ޕުޓޭޔާސްއެވެ. މިއީ އޭނާ މި އެވޯޑު ހޯދި ދެ ވަނަ ފަހަރެވެ. އެންމެ ފަހުން 2021 ވަނަ އަހަރު ވެސް ބެލެންޑޯ ހޯދީ އަލެކްސިއާއެވެ. ނިމުނު ސީޒަންގައި އޭނާ ވަނީ ބާސެލޯނާއާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.

ފްރާންސް ފުޓުބޯޅަބަލޮންޑޯ އެވޯޑްކަރިމް ބެންޒެމާ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
30 އޮކްޓޯބަރު 2024

ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

30 އޮކްޓޯބަރު 2024
ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!
30 އޮކްޓޯބަރު 2024

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

30 އޮކްޓޯބަރު 2024
ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!
30 އޮކްޓޯބަރު 2024

ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

30 އޮކްޓޯބަރު 2024
ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން
29 އޮކްޓޯބަރު 2024

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

29 އޮކްޓޯބަރު 2024
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު