Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

އޭގެ އިތުރުން ބައެއް އެހެން ކުޅުންތެރިން ވެސް ވަނީ މިއަހަރުގެ ބެލެންޑިއޯ އެވޯޑު ދިން ގޮތާ މެދު ސުވާލު އުފައްދައި، ފާޑު ކިޔައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2024 | ބުދަ 03:34
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް ވާހަކަ ދައްކައިފި އެވެ.

އޭނާގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް ވާހަކަ ދައްކާފައި ވަނީ، ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ލިބުން ޙައްޤީ ވިނީޝިއުސް އަށް ކަަމަށް ބުނެ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ އޮތް އެވޯޑު ހަފުލާގައި ބެލެންޑިއޯ އެވޯޑު ދީފައި ވަނީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ އަށެވެ. ވިނީޝިއުސް އަށް ބެލެންޑިއޯ އެވޯޑު ނުލިބޭކަން އެނގުމާއެކު، ރެއާލް އިން ވެސް ވަނީ އެވޯޑު ހަފުލާ އަށް ނުދާން ނިންމައިފަ އެވެ. އެހެންވެ އެ ކުލަބުގެ އެއްވެސް މީހަކު އެވޯޑު ހަފުލާގައި ބައިވެރިނުވެ އެވެ.

އޭގެ ފަހުން ގިނަ ކުޅުންތެރިންތަކެއް ވަނީ ވިނީޝިއުސްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އެގޮތުން ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޑާ މިލިޓާއޯ ބުނެފައި ވަނީ، ވިނީޝިއުސް އަކީ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އެއްވެސް މީހަކަށް އޭނާ އަތުން އެކަން އަތު ނުލެވޭނެ ކަމަށެވެ. ވިނީޝިއުސް އާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރުމަށްފަހު ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ރޮޑްރީގޯ ބުނީ، ދުނިޔެ ކުރިއަށް ދާނެ ކަމަށާއި، އެމީހުން ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ. އަދި ވިނީޝިއުސް ދެކެ އެންމެން ވެސް ލޯބިވާ ކަމުގައި ރޮޑްރީގޯ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ރެއާލަށް ކުޅެމުން އަންނަ އުރުގުއޭގެ ފެޑެރިކޯ ވަލްވާޑޭ ބުނެފައި ވަނީ ވިނީޝިއުސްގެ މޮޅުކަން ސާބިތު ކުރަން އެވޯޑެއް ބޭނުން ނުވާ ކަމަށެވެ. ވަލްވާާޑޭ ބުނީ އޭނާ ފާހަގަ ކުރަން ބޭނުން ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑު މަތީގައި ވިނީޝިއުސް ދައްކަމުން އަންނަ ކުޅުމާއި، ދަނޑު ބޭރުގައި ވިނީޝިއުސް ކުރަމުން އަންނަ ކަންކަމުގެ ވާހަކަ ކަމަށެވެ.

ޓޮޓެންހަމަށް ކުޅެމުން އަންނަ ބްރެޒިލްގެ ރިޗާލިސަން ބުނީ ރޮޑްރީ އަކީ ވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށެވެ. އެހެން ނަމަވެސް، މިފަހަރުގެ ބެލެންޑިއޯ އެވޯޑު ވިނީޝިއުސް އަށް ނުލިބުމަކީ ހައިރާންވާ ކަމެއް ކަމަށާއި، މިއީ ފުޓުބޯޅަ އަށް ގެއްލުމެއް ދިނުން ކަހަލަ ކަމެއް ކަމަށް އޭނާ ބުންޏެވެ. ބްރެޒިލްގެ ޤައުމީ ޓީމު އަބަދު ވެސް ވިނީޝިއުސްގެ ފަހަތުގައި އޮންނަ ދުވަހެއް ދެކެން ބޭނުންވާ ވާހަކަ ވިނީޝިއުސް އަބަދު ދައްކާ ކަމަށާއި، މިއަދަކީ އެ ދުވަސް ކަމަށް ރިޗާލިސަން ފާހަގަ ކުރި އެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ ވިނީޝިއުސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އެވޯޑަކުން އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ވިނީީޝިއުސްގެ ފޮޓޯއެއް ހިއްސާ ކުރުމަށްފަހު، އާސެނަލްގެ ޑިފެންޑަރު ގެބްރިއެލް މަގާޅެސް ބުނެފައި ވަނީ ވިނީޝިއުސް އަކީ ދުނިޔޭގައި ހުރި އެންްމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. ޔުވެންޓަސް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑައުލަޒް ލުއިޒް ބުނީ، ވިނީޝިއުސް އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އޭނާ އަށް އިޙުތިރާމް ކުރަން ޖެހޭ ކަމަށެވެ. އަދި ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ކާކަށް ކަން އެންމެނަށް ވެސް އިނގޭ ކަމުގައި އޭނާ ބުންޏެވެ. އެންމެން ވެސް ތިބީ ވިނީޝިއުސް އާއެކުކަން ފާހަގަކުރަކުން އޭނާ ބުނީ، ވިނީޝިއުސް އަށް ބެލެންޑިއޯ ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

މީގެ އިތުރުން ރެއާލަށް ކުޅެމުން އަންނަ އައުރެލިއަން ޗުއަމެނީ އަދި އެޑުއާޑޯ ކަމަވިންގާ ވެސް ވަނީ ވިނީޝިއުސްގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް އެހެން ކުޅުންތެރިން ވެސް ވަނީ މިއަހަރުގެ ބެލެންޑިއޯ އެވޯޑު ދިން ގޮތާ މެދު ސުވާލު އުފައްދައި، ފާޑު ކިޔައިފަ އެވެ.

ބަލޮންޑޯ އެވޯޑްރެއާލް މެޑްރިޑްވިނީޝިއުސް ޖޫނިއަރ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު