Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމަކީ އޭނާގެ ވިސްނުމުގައި އަދި އޭނާގެ އަމާޒުގައި އޮތް ކަމެއް ކަމަށް ވެސް ޔަމާލް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 އޮކްޓޯބަރު 2024 | ބުދަ 03:25
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލް

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމަކީ އޭނާގެ އުންމީދެއް ކަމަށް، ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ބުނެފި އެވެ.

އޭނާ މިހެން ބުނީ ހޯމަ ދުވަހުގެ ރޭ ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮތް ބެލެންޑިއޯ އެވޯޑު ޙަފުލާ އަށް ފަހު މީޑިއާއަކާ ވާހަކަ ދައްކަމުންނެވެ. މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް ނޮމިނޭޓުވި 30 ކުޅުންތެރިންގެ ތެރޭގައި ޔަމާލް ހިމެނުނެވެ. އެވޯޑު ޙަފުލާގައި އެވޯޑުގެ ރޭންކިންގ އިއުލާން ކޮށްފައިވާއިރު، ޔަމާލް ހިމެނުނީ އަށް ވަނައިގަ އެވެ.

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ޙަފުލާގައި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް ދޭ ކޮޕާ އެވޯޑު ކާމިޔާބު ކުރީ ޔަމާލް އެވެ. ކޮޕާ އެވޯޑު ޔަމާލް ކާމިޔާބު ކުރީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އާޑާ ގުލާ، މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ކޮބީ މައިނޫ، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސަވީނިއޯ އަދި ބާސެލޯނާ އަށް ކުޅެމުން އަންނަ ޕައު ސުބާސީއާ ވާދަކޮށެވެ. ބާސެލޯނާގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ޔަމާލް ވަނީ ސްޕެއިން އާއެކު މިއަހަރު އޮތް ޔޫރޯ ފުުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ވެސް ޔަމާލް އެވެ.

އެވޯޑު ޙަފުލާ އަށް ފަހު މީޑިއާއަކާ ވާހަކަ ދައްކަމުން ޔަމާލް ބުނީ، އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ވީ އެންމެ އަވަހަކަށް ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ. އަދި ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމަކީ އޭނާގެ ވިސްނުމުގައި އަދި އޭނާގެ އަމާޒުގައި އޮތް ކަމެއް ކަމަށް ވެސް ޔަމާލް ބުންޏެވެ. އެހެންކަމުން އެކަން ޙާސިލު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ވެސް ޔަމާލް ވަނީ ބުނެފަ އެވެ. އަދި މިއަހަރުގެ ކޮޕާ އެވޯޑު ލިބުމުން އުފާވެފައި ހުރި ކަމަށް ވެސް ޔަމާލް ބުންޏެވެ.

އުމުރުން 17 އަހަރުގެ ޔަމާލް އަންނަނީ ބާސެލޯނާ އަދި ސްޕެއިންގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ބާސެލޯނާގެ ސީނިއާ ޓީމުން ޔަމާލް އަށް ފުރުސަތު ލިބުނީ 2023 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 65 މެޗުގައި 13 ލަނޑު ޖަހައިފަ އެވެ. ހަމަ އެ އަހަރު ޔަމާލް އަށް ވަނީ ސްޕެއިން ޤައުމީ ޓީމުން ވެސް ޖާގަ ލިބިފަ އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 17 މެޗު ކުޅެދީ ތިން ލަނޑު ޖަހައިފަ އެވެ.

ބާސެލޯނާބަލޮންޑޯ އެވޯޑްލަމިން ޔަމާލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު