Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ބެލެންޑިއޯ އިންސާފުވެރި ނޫން، ލިބެން ޖެހޭނީ ވިނީޝިއުސް އަށް: ރޮނާލްޑޯ

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އޭނާގެ ނަޒަރުގައި މިއަހަރުގެ ބެލެންޑިއޯ އެވޯޑު އިންސާފުވެރި ނޫން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޑިސެމްބަރު 2024 | އާދީއްތަ 06:22
ގްލޯބް ސޮކާ އެވޯޑު ހަފުލުގާއި ރޮނާލްޑޯ ބައިވެރި ވަނީ

ގްލޯބް ސޮކާ އެވޯޑު ހަފުލުގާއި ރޮނާލްޑޯ ބައިވެރި ވަނީ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅޫ ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު، މިއަހަރު ހައްގީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަށް ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ މިހެން ބުނީ ގްލޯބް ސޮކާ އެވޯޑު ހަފުލާގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. މިއަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީ އެވެ. ނަމަވެސް، ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރާނީ ވިނީޝިއުސް ކަމަށެވެ. ވިނީޝިއުސް އަށް ބެލެންޑިއޯ އެވޯޑު ނުލިބޭކަން އިނގުމުން، ރެއާލް މެޑްރިޑުން ވަނީ އެވޯޑު ހަފުލާ ބޮއިކޮޓް ވެސް ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އޭނާގެ ނަޒަރުގައި މިއަހަރުގެ ބެލެންޑިއޯ އެވޯޑު އިންސާފުވެރި ނޫން ކަމަށެވެ. ގްލޯބް ސޮކާ އެވޯޑަކީ ވަރަށް ރަނގަޅަށް، އިންސާފުވެރިކަމާ އެކު ދޭ އެވޯޑެއްކަން ފާހަގަ ކުރަމުން ރޮނާލްޑޯ ބުނީ، ގްލޯބް ސޮކާ އެވޯޑު އޭނާ އަށް ބަލައި ގަނެވެނީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ ފްރާންސް ފުޓުބޯޅަ އިން މިއަހަރުގެ ބެލެންޑިއޯ ދިނީ ރޮޑްރީ އަށް ކަމަށާއި، ނަމަވެސް އޭނާގެ ނަޒަރުގައި އެވޯޑު ލިބެން ޖެހޭނީ ވިނީޝިއުސް އަށް ކަމަށެވެ. ސަބަބަކީ ވިނީޝިއުސް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި، މުބާރާތުގެ ފައިނަލްގައި ލަނޑު ޖެހުން ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.

މިއަހަރުގެ ގްލޯބް ސޮކާ އެވޯޑުގެ އެންމެ މޮޅު ފޮވާޑުގެ އެވޯޑުގެ އިތުރުން، އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ކާމިޔާބު ކުރީ ވިނީޝިއުސް އެވެ. ބެލެންޑިއޯ އެވޯޑުގެ ފަހުން އޮތް، ފީފާ ބެސްޓު އެވޯޑު ކާމިޔާބު ކުރީ ވިނީޝިއުސް އެވެ. ވިނީޝިއުސް އަށް މިއަހަރުގެ ބެލެންޑިއޯ އެވޯޑު ނުލިބުމުން، ގިނަ ކުޅުންތެރިންނާއި ކޯޗުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ.

ރޮނާލްޑޯ އަކީ ބެލެންޑިއޯ އެވޯޑު ދެ ވަނަ އަށް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޖުމުލަ ފަސް ފަހަރެއްގެ މަތިން ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ. އެއީ 2008، 2014، 2015، 2016، 2017 އަދި 2020 ވަނަ އަހަރު އެވެ. އެންމެ ގިނަ ފަހަރު ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފައި ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. މެސީ ވަނީ އަށް ފަހަރެއްގެ މަތިން ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ

09 މާރިޗު 2017
ޓީސީ އޮތް ފޯމާ ދޭތެރޭ ބެލުން މުހިންމެއް ނޫން: ފެސްކޯ
08 މާރިޗު 2017

ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް

08 މާރިޗު 2017
ސްކޫލް މުބާރާތުގައި ރެފްރީކަން ކުރާނީ ވޮލަންޓިއަރުން، މުސާރައަކަށް ނޫން: ލަތީފް
04 މާރިޗު 2017

މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ

04 މާރިޗު 2017
މިއަހަރުގެ މޮޅުކުޅުންތެރިޔާ އިބްރަހިމޮވިޗްއަށް ލިބެންވާނެ: މޮރީނިއޯ
02 މާރިޗު 2017

ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން

02 މާރިޗު 2017
ޓީމު އޮތީ މުބާރާތަކަށް ވާންޖެހޭ ވަރަށް ތައްޔާރުވެފައެއް ނޫން: ސުޒޭން
26 ފެބުރުއަރީ 2017

މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން

26 ފެބުރުއަރީ 2017
މިދިޔައީ އުނދަގޫ ހާލަތަކަށް، ވިކްޓްރީ އަށް އަދި މިއީ ނިމުނީއެއް ނޫން: ސުޒޭން
25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
25 ޖެނުއަރީ 2017

ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ

25 ޖެނުއަރީ 2017
ރާއްޖެއައީ ފަތުރުވެރިންގެ ގޮތުގައެއް ނޫން، މިއައީ މޮޅު ކުޅުމެއް ދައްކަން: މަޖްދާ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު