Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ރޮޑްރީގެ ބެލެންޑިއޯ ޚާއްސަ ކުރީ ބައްޕަ އަށް!

ހިތްވަރާ އެކު ކުރިއަށް ދިޔުމަށް ބައްޕަ ނަސޭހަތް ދިން ކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމަށް ބައްޕަ ބާރުއެޅި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2024 | ބުދަ 03:38
ބެލެންޑިއޯ އެވޯޑާ އެކު ރޮޑްރީ

ބެލެންޑިއޯ އެވޯޑާ އެކު ރޮޑްރީ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ރޮޑްރީ، އެ އެވޯޑު ޚާއްސަ ކުރަން ބޭނުން ވަނީ އޭނާގެ ބައްޕަ އަށް ކަމަށް ބުނެފި އެވެ.

ފްރާންސްގެ ވެރި ރަށް ޕެރިހުގައި އޮތް ބެލެންޑިއޯ އެވޯޑު ހަފުލާާގައި ރޮޑްރީ ބެލެންޑިއޯ ކާމިޔާބު ކުރީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަދި އިންގްލެންޑުގެ ޖޫޑް ބެލިންހަމާ ވާދަކޮށެވެ. ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ މިއަހަރުގެ ބެލެންޑިއޯ އެވޯޑު ލިބޭނީ ވިނީޝިއުސް އަށް ކަަމަށެވެ. ނަމަވެސް ރޮޑްރީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރިއިރު، އެކަން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެއް ކަމަށެވެ.

ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުމަށްފަހު ވާހަކަ ދައްކަމުން ރޮޑްރީ ބުނީ، ފުޓުބޯޅަ ކުޅުން ހުއްޓާލަން ބޭނުންވާ ވާހަކަ އަދި އޭނާގެ ހުވަފެންތަކަށް ނިމުމެއް އައި ވާހަކަ ބައްޕަ ގާތު ބުނެފައިވާނެ ކަމަށެވެ. ނަމަވެސް، އެކަން އެހެން ނުކުރުމަށާއި، އެއީ ރަނގަޅު ގޮތެެއް ނޫން ކަމަށް އެ ދުވަހު ބައްޕަ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ހިތްވަރާ އެކު ކުރިއަށް ދިޔުމަށް ބައްޕަ ނަސޭހަތް ދިން ކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމަށް ބައްޕަ ބާރުއެޅި ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން އޭނާ އަށް މިއަހަރުގެ ބެލެންޑިއޯ އެވޯޑު ލިބުމުން ވަރަށް އުފާވެ، ފަޚުރުވެރިވާ ކަމަށާއި، އެކަން ޚާއްސަ ކުރަން ބޭނުން ވަނީ ބައްޕަ އަށް ކަމަށް ވެސް ރޮޑްރީ ބުންޏެވެ.

މީގެ އިތުރުން ރޮޑްރީ ބުނީ ބެލެންޑިއޯ އެވޯޑު ލިބުނު ވަގުތަކީ އޭނާ އަށް ވަރަށް ޚާއްސަ ވަގުތެއް ކަމަށާއި، އެއީ އޭނާގެ ގާތް މީހުންނަށް ވެސް ޚާއްސަ ވަގުތެއް ކަމަށެވެ. އެހެންކަމުން އެކަމުގައި އޭނާ އަށް އެެހީތެރިކަން ދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށާއި، ޚާއްސަކޮށް ކުލަބާއި ޤައުމީ ޓީމުގައި އޭނާ އާއެކު ކުޅޭ ކުޅުންތެރިންގެ އިތުރުން، ކޯޗިން އޮފިޝަލުންނަށް ވެސް ޝުކުރު އަދާ ކުރާ ކަމަށް ރޮޑްރީ ބުންޏެވެ.

ބެލެންޑިއޯ އެވޯޑް ކާމިޔާބު ކުރި ރޮޑްރީ ވަނީ ކުލަބުގެ އިތުރުން ޤައުމީ ޓީމާ އެކު ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ މެންޗެސްޓަރ ސިޓީ އާއެކު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ރޮޑްރީ ވަނީ ސްޕެއިން އާއެކު ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި ރޮޑްރީ މޮޅު ކުޅުމެއް ދެއްކިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރިއިރު، މިވަގުތު ރޮޑްރީ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ރޮޑްރީ ކާާމިޔާބު ކުރުމާއެކު، އޭނާ ވެގެން ގޮސްފައި ވަނީ އެތައް އަހަރަކަށް ފަހު ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރި ސްޕެއިންގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ރޮޑްރީގެ ކުރިން ސްޕެއިންގެ ކުޅުންތެރިޔަކަށް ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރެވުނީ 1960 ވަނަ އަހަރު އެވެ. އެ އަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރީ ސްޕެއިން އަދި ބާސެލޯނާގެ ލުއިސް ސުއަރޭޒް އެވެ.

ބަލޮންޑޯ އެވޯޑްރޮޑްރީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
21 ނޮވެމްބަރު 2024

އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ؛ ރޮޑްރީ

21 ނޮވެމްބަރު 2024
އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ؛ ރޮޑްރީ
30 އޮކްޓޯބަރު 2024

ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!

30 އޮކްޓޯބަރު 2024
ވިނީޝިއުސްގެ ދިފާއުގައި ގިނަ ކުޅުންތެރިންތަކެއް!
30 އޮކްޓޯބަރު 2024

ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން

30 އޮކްޓޯބަރު 2024
ޔަމާލްގެ އުންމީދަކީ ބެލެންޑިއޯ އެވޯޑު ކާމިޔާބު ކުރުން
29 އޮކްޓޯބަރު 2024

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

29 އޮކްޓޯބަރު 2024
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު