Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

"އަމިއްލަ ދަނޑުގައި އިންޓަ ބަލިނުކުރެވޭ ނަމަ، ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިޔުން ހައްގެން ނޫން"

13 އޮކްޓޯބަރު 2022 | ބުރާސްފަތި 03:30

އޭނާ ބުނީ، މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ބައިވަރު ގޯސްތަކެއް ހެދުނު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 އޮކްޓޯބަރު 2022 | ބުރާސްފަތި 03:30
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

އަމިއްލަ ދަނޑުގައި އިންޓަ މިލާން ބަލި ނުކުރެވޭނަމަ، ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުރިއަށް ދިޔުން ހައްގު ނޫން ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މި ފަދައިން ބުނީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބާސެލޯނާގެ އަމިއްލަ ދަނޑުގައި އިންޓައާ އެއްވަރުވުމުންނެވެ. މެޗު އެއްވަރުވުމުން ބާސެލޯނާ އަށް ވަނީ ދެ ވަނަ ބުރުން ޖާގަ ހޯދުމަށް އުނދަގޫ ޙާލަތަކަށް ވެއްޓިފައެވެ.

މެޗަށްފަހު ޒަވީ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ހުރެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ، މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ބައިވަރު ގޯސްތަކެއް ހެދުނު ކަމަށެވެ. ޒަވީ ބުނީ އިންޓައިން ނަތީޖާ ހަމަހަމަ ކުރި ގޯލަކީ ވަރަށް ސާފުކޮށް ޑިފެންސް ލައިންގައި ހެދި ގޯހަކުން ޖެހި ލަނޑެއް ކަމަށެވެ. އޭނާ ބުނީ އެ ވާހަކަތައް ދައްކާފައި ވެސް ވާނެ ކަމަށެވެ.

ޒަވީ ބުނީ ފުޓުބޯޅައަކީ ގޯސްތަކާ އެކުވެގެން އަންނަ ކުޅިވަރެއް ކަމަށާއި، ހުރިހާ ވެސް ކަމަކީ ގޯސްތައް މަދު ކުރުން ކަމަށެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި އިންޓައާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމަށް ކުރީ ބާސެލޯނާގެ ޑިފެންސުން ހެދި ސީރިއަސް ގޯސްތަކެއްގެ އަސަރެވެ. އިތުރަށް ޒަވީ ބުނީ ޗެމްޕިއަންސް ލީގުގައި އުނދަގޫ ހާލަތަކަށް އައިސްފައިވާ ކަަމަށާއި، ސްޕެނިޝް ލީގާ މެދު ވިސްނަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އެކަމުގެ އަސަރު އިންޓަ އަށް ވެސް ކުރިކަން ފާހަގަކޮށް އޭނާ ބުނީ، ފުރަތަމަ ހާފުގައި މެދު ތެރެއިން ވެސް ކުޅުނީ ވަރަށް ރަނގަޅަށް ކަމަށެވެ. ޒަވީ ބުނީ މިއީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި، މިކަމުން އަރައި ގަނެ، ސެންތިއާގޯ ބާނެބައުގައި ރެއާލް މެޑްރިޑު ބަލި ކުރަން ޖެހޭ ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ހުރީ ވަރަށް ދެރަވެސް ވެފައި އަދި ރުޅި ވެސް އައިސްފައި ކަމަށެވެ.

ބާސެލޯނާ އަށް ދެން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ސްޕެނިޝް ލީގުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗެވެ.

ޗެމްޕިއަންސް ލީގުބާސެލޯނާޒަވީ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް

25 ޑިސެމްބަރު 2025
ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތް
25 ޑިސެމްބަރު 2025

ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން

25 ޑިސެމްބަރު 2025
ރަޝްފޯޑު ބޭނުން ވަނީ ބާސެލޯނާގައި ހުންނަން
22 ޑިސެމްބަރު 2025

ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

22 ޑިސެމްބަރު 2025
ވިޔަރެއާލް ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް